ބްރިޓީޝް އެއާވޭޒް އިން މިމަހު އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށަނީ

Loading

Facebook
Twitter
WhatsApp

ބްރިޓިޝް އެއާވޭޒްއިން އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖައްސައިފި އެވެ.

ބްރިޓިޝް އެއާވޭޒް އިން ފިނި މޫސުމުގައި ކުރާ ސީދާ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންއިން މާލެއަށް ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ އެއާލައިނުން ވަނީ ހާމަކޮށްފަ އެވެ.

އެ އެއާލައިނުގެ ވެބްސައިޓުގައިވާ ގޮތުންނަމަ އޮކްޓޯބަރު މަހު ފަށާ ދަތުރުތަކުގައި އިކޮނޮމީ ކުލާހުގެ ޓިކެޓެއްގެ އަގު އުޅެނީ 100 ޔޫރޯ އާއި 935 ޔޫރޯއާއި ދެމެދުގަ އެވެ.

ބްރިޓިޝް އެއާވޭޒްގެ ވެބްސައިޓުގައިވާ ގޮތުންނަމަ މި ދަތުރުތައް އޮންނާނީ ކޮންމެ އާދީއްތަ، ބުދަ އަދި ހުކުރު ދުވަހަކު އެވެ. އަދި ކޮންމެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު މާލެ އާއި ލަންޑަނާއި ދެމެދު އެ އެއާލައިނުން ސީދާ ދަތުރުތައް ކުރާނެ އެވެ.

ދަތުރުތައް އަލުން ފަށާއިރު ބްރިޓިޝް އެއާވޭޒްއިން ދަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ދަތުރު މަތީގައި ފަސެންޖަރުން މާސްކް އަޅަން މަޖުބޫރުވާއިރު، ދިގު ދަތުރުތަކުގައި ކޮންމެ ހަތަރު ގަޑިއިރަކުން ބަދަލުކުރެވޭވަރަށް މާސްކް ގެނައުމަށްވެސް އެ އެއާލައިނުން ވަނީ އިރުޝާދު ދީފަ އެވެ.

މިއީ ބްރިޓިޝް އެއާވޭޒް އިން ކޮންމެ އަހަރަކުވެސް ފިނި މޫސުމަށް އަމާޒުކޮށް ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެވެ. މި ދަތުރުތަކަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ދިމާކޮށް ކުރާ ދަތުރުތަކެކެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް