ނޭޝަނަލް ޑައިބެޓީސް ސެންޓަރ ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ނޭޝަނަލް ޑައިބެޓީސް ސެންޓަރ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ހަކުރުބައްޔާއި ގުޅުންހުރި ގިނަ ޙިދުމަތްތަކެއް އެއްތާކުން ލިބެން ހުންނަ މިސެންޓަރ ހުޅުވީ މިއަދެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ބުރީގައި ހުޅުވި މި ސެންޓަރުން ހަކުރު ބައްޔާ ގުޅުން ހުރި ހުރިހާ ޙިދުމަތެއް ފަސޭހަކަމާއި އެކު ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި ހަކުރު ބަލީގެ ފަރުވާ ދިނުމަށް ހަދަންޖެހޭ ތަފާތު ޓެސްޓުތަށް ހެދުން ހިމެނެއެވެ. އަދި ހަކުރު ބަލީގެ މީހުންގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައެޓީޝަނުންގެ ލަފާ ވެސް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ފޮލޯ-އަޕްގެ ކަންތައްތައް ވެސް ފަސޭހައިން އެ ސެންޓަރުން ހަމަޖައްސައިދޭނެއެވެ. އަދި ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސް ކައިރިވާން ފެށުމުން އެކަން ހަނދާންކޮށްދިނުމުގެ ޙިދުމަތްވެސް ކުރިއަށް އޮތް ތަނުގައި ތަޢާރަފްކުރާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

މީގެ އިތުރުން ޓެލެ-މެޑިސިންގެ ޙިދުމަތް ތަޢާރަފުކޮށް އަތޮޅުތަކުގައި އުޅޭ މީހުންނަށް ވެސް ހަކުރުބައްޔާއި ގުޅޭ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން ނިންމާފައިވެ އެވެ. ބައްޔަށް ސްކްރީން ކުރުމާއި ހަކުރު ބައްޔާއި ގުޅޭ ތަމްރީން އަދި ބަލި ދިރާސާކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

.

މި ސެންޓަރުގެ ޙިދުމަތް އެހެން ރަށްރަށުން ވެސް ލިބޭނެ ގޮތް ހަމަޖައްސުމަށް އެއް

ވިއުގަ އަކުން ވަރަށް ކައިރި މުސްތަގްބަލެއްގައި ގުޅާލާނެ އެވެ.

 

ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުން ރާއްޖޭގައި ވަރަށް ގިނައެވެ. މި ބަލީގެ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް