ކޯވިޑް19: އިއްޔެ އިތުރު 27 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 27 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 18 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 09 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 16 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 11 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,643 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 820 އެކްޓިވް ކޭސް ހިމެނޭއިރު، 54 […]

ބާރުގަދަ ބިންހެލުމަކުން ތުރުކީގެ އަތިރި މަތީގެ ސަރަހައްދުތަކާއި ގުރީކުގެ ރަށްތައް ގުޑައިފި

އީޖިއަން ކަނޑަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ތުރުކީގެ އިޒްމީރު ސިޓީގައި ހުރި ބިލްޑިންގުތައް ވެއްޓި، ގުރީކުގެ ރަށްތަކަށް ބޮޑު އުދަ އަރައިފިއެވެ. މި ބިންހެލުމުގެ ސަބަބުން މަދުވެގެން 6 މީހުން މަރުވެ، 202 މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހުކުރު ދުވަހު މެންދުރުފަހު ތުރުކީގެ ގަޑިން 2.51 ގައި 7.0 މެގުނިޓިއުޑުގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން 6 މީހަކު މރުވެފައިވާކަމަށް ތުރުކީގެ ޑިސާސްޓަރ މެނޭޖުމަންޓު އޮތޯރިޓީން ވަނީ ބުނެފައެވެ. މަރުވި މީހުންގެ […]

ފުރާންސުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ހުއްޓާލަންޖެހޭ: އާދަމް ޝަރީފް

ފުރާންސުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޖޯކު ޖަހައިފައިވާތީ، އެޤައުމުގެ އުފެއްދުންތަށް ރާއްޖެ އެތެރެކުރުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބައެއް ޤައުމުތަކުން އިސްލާމްދީނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރަމުންދާ ކަމަށާއި އެ ޤައުމުތަކާއި މެދު ދިވެހި ސަރުކާރުން އެއްވެސް ބަހެއް ނުބުނާ ކަމަށެވެ. އެއީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫން […]

ނޮވެމްބަރ މަހުން ފެށިގެން ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދޭން ފަށަނީ

ކޮވިޑް19އާއި ގުޅިގެން ހަމައެކަނި ރަސްމީ ގަޑިތަކުގައި ކައިވެނި ކޮށްދޭގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ނުރަސްމީ ގަޑި ތަކުގައިވެސް ކައިވެނި ކޮށްދިނުމަށް ނިންމަވައިފިއެވެ. ފެމެލީ ކޯޓުން ބުނެފައިވަނީ މިފެށޭ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ނުރަސްމީ ގަޑީގައިވެސް ކައިވެނި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އޮގޮތަށް ނިންމަވާފައވަނީ މި އޮކްޓޯބަރ މަހުގެ 20ވަނަ ދުވަހު ބޭއްވުނު ފެމިލީ ކޯޓުގެ ޤާޒީންގެ ޢާންމު މަޖިލީހުންނެވެ. ފެމިލީ ކޯޓުން ވިދާޅުވެފައިވަނީ މިބަދަލު ގެނައީ ކޮވިޑް19ގެ ޙާލަތާއި […]

ޝަހީބް އިބްރާހިމް ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަނީ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ގއ. ވިލިގިލީ ޝަހީބް އިބްރާހިމް 42،  ދޫކޮށްލަން އިއްޔެ ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ނިންމައިފި އެވެ. ފުލުހުން ބުނީ ޝަހީބްގެ ބަންދަށް ފުރަތަމަ މުއްދަތު ޖެހީވެސް އެމައްސަލައާ ގުޅިގެން ހުށައެޅި ހެކިތަކަށް ބެލުމަށް ފަހުކަމަށެވެ. އަދި އިއްޔެ އޭނާ ދޫކޮށްލީވެސް ކުރީގައި ހުށަހެޅި ހެކިތަކާއި އިތުރު ހެކިތައްވެސް ހުށަހަޅާފައި ވަނިކޮށްކަމަށެވެ. ޕޮރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ މި […]

ބޮޑު ތަފާތަކުން ޔުނައިޓެޑުން ލެއިޕްޒިގް ބަލިކޮށްފި!

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި، ލެއިޕްޒިގް ބައްދަލުކުރި މެޗް 5-0 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. މިމެޗްގެ ފުރަތަމަ ހާފްގެ 21 ވަނަ މިނިޓުގައި ޔުނައިޓެޑަށް ގޯލް ހުޅުވާލަދިނީ ގްރީންވުޑް އެވެ. މިގޯލަށްފަހު ފުރަތަމަ ހާފްގައި ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗްގެ ދެވަނަ ހާފްގައި މެޗްގެ އޮއެވަރު ބަދަލުކޮށްލީ ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑެވެ. އޭނާވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެޓީމަށް ތިން ގޯލް ކާމިޔާބު ކޮށްދީފައެވެ. އޭނާގެ […]

ޖުވެންޓަސް އަތުން ބާސާއަށް ފަސޭހަ މޮޅެއް!

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖުވެންޓަސްއާއި ބާސެލޯނާ ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއިން ބާސާ ކާމިޔާބު ކޮށްފިއެވެ. މިއީ މި ސީޒަނުގައި މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މިމެޗުގައި ޖުވެންޓަސްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ، ކޯވިޑް19 އަށް ފައްސިވުމުގެ ސަބަބުން ކުޅެވޭގޮތް ނުވެފައެވެ. މެޗްގެ ފުރަތަމަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ، މެޗްގެ 14 ވަނަ މިނިޓުގައި ފުރަތަމަ ލީޑްނެގީ ބާސާއިންނެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އޮސްމާން ޑެމްބެލޭއެވެ. މި ގޯލް […]

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ދޫކޮށްލައިފި

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން  ގއ.ވިލިގިލީ ޝަހީބް އިބްރާހިމް 42،  ދޫކޮށްލައިފި އެވެ. ޝަހީބް އަކީ މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ އެއްމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތު ކުރި މީހާއެވެ. ޝަހީބް ދޫކޮށްލާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލަން ނިންމުމުންނެވެ. ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯނިން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކުރިއެވެ. މި […]

ކޯވިޑް19: އިއްޔެ އިތުރު 24 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 24 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 22 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 02 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 20 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 04 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,591 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 862 އެކްޓިވް ކޭސް ހިމެނޭއިރު، 52 […]

ޕޮމްޕެއޯގެ އޭޝިއާ ދަތުރުފުޅަކީ ޗައިނާއާއި ދެކޮޅު، އެމެރިކާގެ އެކުވެރިންނަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް

އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓު މައިކް ޕޮމްޕެއޯވަނީ މިއަންނަ ހަފްތާގައި އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައެވެ. މިދަތުރުފުޅުގެ ބޭނުމަކީ، އެމެރިޔާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބެއިޖިން އާއި ދެކޮޅަށް ވޮޝިންޓަނުން ފެށި ކެމްޕޭން ބާރުގަދަކުރުމުގެ ގޮތުން ، މިލިޓަރީ ރޮނގުން ޗައިނާއާއި ވާދަވެރި ގައުމުތަކާއި އިތުރަށް ސްޓްރަޓީޖިކް ގުޅުން ބަދަހި ކުރުމެވެ.  އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓު އިންޑިއާ ކަނޑުގެ އިތުރު ދެަގައުމުކަމަށްވާ ސްރީލަންކާއަށާއި ދިވެހިރާއްޖެއަށްވެސް ދަތުރު ކުރެއްވުމަށްފަހު، ދަތުރު ނިންމަވާނީ އިންޑޮނޭޝިއާއިންނެވެ. އިންޑޮނޭޝިއާ އަކީވެސް ސަރަހައްދީ […]