ޝަހީބް އިބްރާހިމް ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ގއ. ވިލިގިލީ ޝަހީބް އިބްރާހިމް 42،  ދޫކޮށްލަން އިއްޔެ ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ ޝަހީބްގެ ބަންދަށް ފުރަތަމަ މުއްދަތު ޖެހީވެސް އެމައްސަލައާ ގުޅިގެން ހުށައެޅި ހެކިތަކަށް ބެލުމަށް ފަހުކަމަށެވެ. އަދި އިއްޔެ އޭނާ ދޫކޮށްލީވެސް ކުރީގައި ހުށަހެޅި ހެކިތަކާއި އިތުރު ހެކިތައްވެސް ހުށަހަޅާފައި ވަނިކޮށްކަމަށެވެ.

ޕޮރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ މި މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމާ އިސްތިއުނާފް ކުރުމަށް ކުރަނަޖެހޭ މަސައްކަތްތައް މިހާރު ކުރަމުން ދާ ކަމަށެވެ.

އޭނާ އަކީ ކަނޑުމަގުން ރާއްޖެ އެތެރެކުރި މި މަސްތުވާތަކެތި އެތެރެކުރުމުގެ އެއްމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތު ކުރި ދެ މީހުންގެ ތެރެއިން އެކަކެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި އިސްކޮށްހަރަކާތްތެރިވާ ދެ މީހުންކަމަށް ޝައްކުކުރާ ދެ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެއީ ޝަހީބްގެ އިތުރުން ހޯރަފުށީ އަހްމަދު މޫސާ 48، އެވެ.

އަހުމަދު މޫސާ އަށް ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް މުއްދަތު އިތުރުކޮށްފަ އެވެ.

ޝަހީބް އަކީ 2019 ވަނައަހަރު އީރާނު ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ވެސް ގުޅުން ހުރި ފަރާތެއްކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯނިން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކުރިއެވެ. މި ހަތްމީހުންގެ ތެރެއިން ހިމެނެނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 25 އަހަރާއި 48 އަހަރުގެ މީހުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް