ބޮޑު ތަފާތަކުން ޔުނައިޓެޑުން ލެއިޕްޒިގް ބަލިކޮށްފި!

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި، ލެއިޕްޒިގް ބައްދަލުކުރި މެޗް 5-0 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މިމެޗްގެ ފުރަތަމަ ހާފްގެ 21 ވަނަ މިނިޓުގައި ޔުނައިޓެޑަށް ގޯލް ހުޅުވާލަދިނީ ގްރީންވުޑް އެވެ. މިގޯލަށްފަހު ފުރަތަމަ ހާފްގައި ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗްގެ ދެވަނަ ހާފްގައި މެޗްގެ އޮއެވަރު ބަދަލުކޮށްލީ ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑެވެ. އޭނާވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެޓީމަށް ތިން ގޯލް ކާމިޔާބު ކޮށްދީފައެވެ. އޭނާގެ ގޯލްތައް ކާމިޔާބު ކޮށްދިނީ 74،78 އަދި 92 ވަނަ މިނިޓުގައެވެ. މީގެ އިތުރުން 87 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މާޝިއަލް ވެސް ވަނީ ގޯލެއް ކާމިޔާބު ކޮށްދީފައެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކުޅުމަށް ގިނަ ބަޔަކު ވަނީ ތަޢުރީފް ކޮށްފައެވެ. ޔުނައިޓެޑްގެ މެޗެއް ދެން އެންމެ އަވަހަށް އޮތީ އަންނަ އާދިއްތަ ދުވަހު އާސެނަލް އާއި ދެކޮޅަށެވެ. ޔުނައިޓެޑް މިވަގުތު އޮތީ 6 ޕޮއިންޓާއި އެކު ޗެމްޕިއަންސް ލީގް ގްރޫޕް އެޗްގެ އެއްވަނައިގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް