ކޯވިޑް19: އިއްޔެ އިތުރު 27 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 27 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 18 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 09 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 16 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 11 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 11,643 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 820 އެކްޓިވް ކޭސް ހިމެނޭއިރު، 54 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 259 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 20 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 26 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 82 މުވައްޒަފުންނާއި، 38 ފަތުރުވެރިޔަކު ހިމެނެއެވެ.

މިބަލީގައި ރާއްޖެ އިން މިހާތަނަށް 37 މީހަކު ނިޔާވެފައި ވާއިރު 10,779 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

އިއްޔެ ބައްޔަށް ޓެސްޓް ކުރުމަށްޓަކައި ޖުމްލަ 1776 ސުންކު ނަގާފައިވެއެވެ. މީގެ ތެރެއިން ފައްސިވެފައިވަނީ %1.4 މީހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް