ބާރުގަދަ ބިންހެލުމަކުން ތުރުކީގެ އަތިރި މަތީގެ ސަރަހައްދުތަކާއި ގުރީކުގެ ރަށްތައް ގުޑައިފި

29
Locals look at a damaged building after a strong earthquake struck the Aegean Sea on Friday and was felt in both Greece and Turkey, where some buildings collapsed in the coastal province of Izmir, Turkey, October 30, 2020. REUTERS/Tuncay Dersinlioglu

އީޖިއަން ކަނޑަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ތުރުކީގެ އިޒްމީރު ސިޓީގައި ހުރި ބިލްޑިންގުތައް ވެއްޓި، ގުރީކުގެ ރަށްތަކަށް ބޮޑު އުދަ އަރައިފިއެވެ. މި ބިންހެލުމުގެ ސަބަބުން މަދުވެގެން 6 މީހުން މަރުވެ، 202 މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ހުކުރު ދުވަހު މެންދުރުފަހު ތުރުކީގެ ގަޑިން 2.51 ގައި 7.0 މެގުނިޓިއުޑުގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން 6 މީހަކު މރުވެފައިވާކަމަށް ތުރުކީގެ ޑިސާސްޓަރ މެނޭޖުމަންޓު އޮތޯރިޓީން ވަނީ ބުނެފައެވެ. މަރުވި މީހުންގެ ތެރެއިން އެކަކު މަރުވީ ގެނބިގެންކަމަށް ކަމާއިބެހޭ ފަރާތްތަކުން ޚަބަރު ދެއެވެ.

މަރުވިމީހުންގެ އަދަދު އިތުރުވުމަކީ ވަރަށް ގާތްކަމެކެވެ. އިޒުމީރުގެ މޭޔަރު ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ 4.5 މިލިއަން މީހުން ދިރިއުޅޭ އެ ސިޓީގެ 20 އަށްވުރެ ގިނަ އިމާރާތް ވަނީ ވެއްޓިފައި ކަމުގައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ