ނޮވެމްބަރ މަހުން ފެށިގެން ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދޭން ފަށަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑް19އާއި ގުޅިގެން ހަމައެކަނި ރަސްމީ ގަޑިތަކުގައި ކައިވެނި ކޮށްދޭގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ނުރަސްމީ ގަޑި ތަކުގައިވެސް ކައިވެނި ކޮށްދިނުމަށް ނިންމަވައިފިއެވެ.

ފެމެލީ ކޯޓުން ބުނެފައިވަނީ މިފެށޭ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ނުރަސްމީ ގަޑީގައިވެސް ކައިވެނި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އޮގޮތަށް ނިންމަވާފައވަނީ މި އޮކްޓޯބަރ މަހުގެ 20ވަނަ ދުވަހު ބޭއްވުނު ފެމިލީ ކޯޓުގެ ޤާޒީންގެ ޢާންމު މަޖިލީހުންނެވެ.

ފެމިލީ ކޯޓުން ވިދާޅުވެފައިވަނީ މިބަދަލު ގެނައީ ކޮވިޑް19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންގެންދިއުމާއެކު ޙިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. މިބަދަލު ގެނައި ނަމަވެސް ކައިވެނީގެ މަޖިލިސްތަށް އަދިވެސް ކުރިއަށް ގެންދަވާނީ އޮންލައިންކޮށް ކަމަށް ކޯޓުން ވިދާޅުވެއެވެ.

މިކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވަމުން އިތުރަށް ފެމިލީ ކޯޓުން ވިދާޅުވެފައިވަނީ ނުރަސްމީ ގަޑީގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 09:00 އާ ހަމައަށް ކަމަށާއި އަދި ނުރަސްމީ ގަޑީގައި ކުރާ ކައިވެނީގައި ނަގާނީ މީގެ ކުރިންވެސް ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކައިވެނީގައި ނަގަމުން އަންނަ ފީ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް