ޖުވެންޓަސް އަތުން ބާސާއަށް ފަސޭހަ މޮޅެއް!

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖުވެންޓަސްއާއި ބާސެލޯނާ ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއިން ބާސާ ކާމިޔާބު ކޮށްފިއެވެ. މިއީ މި ސީޒަނުގައި މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މިމެޗުގައި ޖުވެންޓަސްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ، ކޯވިޑް19 އަށް ފައްސިވުމުގެ ސަބަބުން ކުޅެވޭގޮތް ނުވެފައެވެ.

މެޗްގެ ފުރަތަމަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ، މެޗްގެ 14 ވަނަ މިނިޓުގައި ފުރަތަމަ ލީޑްނެގީ ބާސާއިންނެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އޮސްމާން ޑެމްބެލޭއެވެ. މި ގޯލް އޭނާ ކާމިޔާބު ކޮށްދިނީ ގޯލާއި ފުދޭވަރަކަށް ދުރުންނެވެ. މެޗްގެ ފުރަތަމަ ހާފުގައި ޖުވެންޓަސްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ކާމިޔާބު ކުރުމުގައި އެޓީމުންވަނީ ނާކާމިޔާބު ވެފައެވެ.

ދެވަނަ ހާފް ފެށިގެން ދިޔައިރު ބާސާއިންވެސް ކުޅުން ރަނގަޅުކޮށް ނުރައްކާތެރި އެޓޭކްތަކެއް ކުރިއެވެ. ނަމަވެސް މެޗްގެ 90 މިނިޓުގެ ކުޅުން ހަމަވިއިރު ވެސް މެޗްގެ ނަތީޖާއަކަށް ބަދަލެއް ނާދެއެވެ. 90 މިނިޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ބާސާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ އަށް ކުރި ފައުލަކާއި ގުޅިގެން ބާސާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ގޯލަށް ފޮނުވާލައިގެން ބާސާއަށް ލީޑް ފުޅާ ކޮށްދިނީ ބާސާގެ ތަރި ލިއޮނެލް މެސީއެވެ.

މިމެޗްގެ 85 ވަނަ މިނިޓުގައި ޖުވެންޓަސްގެ ޑެމިރަލް ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނދޫ ކާޑެއް ދައްކާ ކުޅުމުން ބޭރުވާން ޖެހުނެވެ. އެހެންކަމުން ޖުވެންޓަސް މެޗް ނިންމާލީ 10 ކުޅުންތެރިންނާއި އެކުއެވެ. މިމެޗުގައި ޖުވެންޓަސްގެ މޮރާޓާވަނީ 3 ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. ނަމަވެސް އެތިން ގޯލްވެސް އޮފްސައިޑް ގޯލެއް ކަމުގައި ރެފްރީ ނިންމިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް