130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން  ގއ.ވިލިގިލީ ޝަހީބް އިބްރާހިމް 42،  ދޫކޮށްލައިފި އެވެ.

ޝަހީބް އަކީ މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ އެއްމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތު ކުރި މީހާއެވެ.

ޝަހީބް ދޫކޮށްލާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލަން ނިންމުމުންނެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯނިން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކުރިއެވެ. މި ހަތްމީހުންގެ ތެރެއިން ހިމެނެނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 25 އަހަރާއި 48 އަހަރުގެ މީހުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި އިސްކޮށްހަރަކާތްތެރިވާ ދެ މީހުންކަމަށް ޝައްކުކުރާ ދެ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެއީ ޝަހީބްގެ އިތުރުން ހޯރަފުށީ އަހްމަދު މޫސާ 48، އެވެ.

އަހުމަދު މޫސާ އަށް ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް މުއްދަތު އިތުރުކޮށްފަ އެވެ.

Loading

One Response

  1. ކޯޓަށް ބޭނުންވާ ހެކި ފުލުހުން ހުށަހެޅިބާ؟ މިހާފައިސާގެ އަގުހުރި ޑުރަގުޑީލް އަކީ ކޮންމެފަރާތަކަށްވެސް އެޖަރީމާގައި ބައިވެރިވުމުން ކުއްލިއަކަށް މުއްސަދިވެވޭވަރުގެ ޑީލްވީމާ ފުލުހުންގެ މީހާވެސް ބައިއެޅޭގޮތަށް ހެއްލިދާނެއެވެ. އަދި އެހެން މެ ޖަޖުމަނިކުފާނުވެސް ހެއްލިދާނެއެވެ. ނަމަވެސް ގިނަފަހަރަށް ޖަޖުމަނިކުފާނަށް ހުށަހަޅަންޖެހޭ ހެއްކާ ގަރީނާ ފުލުހުން ފޮރުވައި ފުރަތަމަ ބަންދަށް ޖަހައިދޭ 15 ދުވަސް ނިމިގެން އަލުން ބަންދުވެ ދުވަސް އިތުރުކުރަން ގެންދާއިރުވެސް އެ ދައްކަންޖެހޭ ހެއްކާގަރީނާ ހުށަނާޅާކަމަށްވެއެވެ. މީދެން ވަރަށް ދެރަވަރު ނުރައްކާކަމެކެވެ. އެހެނީ ގައުމު ސަލާމަތްކުރުމަށް ޙަވާލުވެގައިތިބި ރައްޔަތުންގެ ޚާދިމުން (ވެރިން) އެފަދަ ޖަރީމާތަކުގައި ބައިއަޅާގޮތަށް ޢަމެލުކުރާނަމަ ގައުމު ފުނޑުނީނޫންތޯއެވެ. ސަހަރޯ ހިތަށްއަރައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް