ޗައިނާގެ ބޯޑަރު ބަންދުކުރިތާ ހަ މަސް ފަހުން ލުއި ތަކެއް

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އާއި ގުޅިގެން ޗައިނާ އިން އެގައުމުގެ ބޯޑަރު ބަންދުކުރިތާ ހަ މަސް ފަހުން ލުއިތަކެއް ދީފި އެވެ.

ޗައިނާ އިން ޑިޕްލޮމެޓުންނާއި ހާއްސަ ހާލަތްތައް މެދުވެރިވާ މީހުން ފިޔަވައި އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފައި ވަނީ މާރޗް މަހު އެވެ. ނަމަވެސް އޭރު ގައުމުން ބޭރުގައި ތިބި ޗައިނާ މީހުންނަށް ގައުމަށް ދެވެ އެވެ.

ޗައިނާ އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބިދޭސީންނަށް ލުއިތަކެއް ދޭނެ ކަމަށާއި، މިހާރު ނިންމާފައިވަނީ ޗައިނާގެ ވިސާ އޮންނަ މީހުންނާއި އާއިލީ ބައްދަލުވުންތަކާއި ވަޒީފާގެ ބޭނުމަށް ރެސިޑެންސް ވިސާ އޮންނަ ބިދޭސީންނަށް ޗައިނާ އަށް އެތެރެވުމުގެ ހުއްދަ ދިނުމަށް ކަމަށެވެ.

މިގޮތަށް ޗައިނާ އަށް ދާ މީހުން ވެސް ދެ ހަފުތާ އަށް ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގައި އަންގާ އެހެން ކަންކަމަށް ވެސް އަމަލުކުރަން ޖެހޭނެ އެވެ.

ކޮވިޑް19 އެންމެ ފުރަތަމަ ފެނުނު ޗައިނާ އިން ކޮމިއުނިޓީ ސްޕްރެޑް ކޭހެއް ނުފެންނަތާ 39 ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަލަށް ހަތް ކޭސް ފެނުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ މުޅިން ވެސް ޗައިނާ އިން ބޭރުގައި ތިބުމަށް ފަހު ގައުމަށް އައި މީހުންނެވެ.

މިހާތަނަށް މުޅި ދުނިޔެއިން 32 މިލިއަން މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 23 މިލިއަން މީހުން ރަނގަޅުވެފައިވާއިރު، ނުވަ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިހާރު ތިބި ބަލި މީހުންގެ އަދަދަކީ ހަތް މިލިއަނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް