ސައުދީގެ ޤައުމީ ދިދައަށް އިހާނެތިކޮށް ހިތާ މީހުންނަށް ޖަލު ހުކުމެއް

119

ސައުދީ އަރަބިއްޔާގެ ޤައުމީ ދިދައަށް އިހާނެތިކޮށް ހިފާ ފަރާތްތަކަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައި ތިން ހާސް ރިޔާލުން ޖޫރިމަނާކުރާނެ ކަމަށް އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ހާމަކޮށްފިއެވެ.

ސައުދީ ޕަބްލިކް ޕްރޮސެކިއުޝަނުން މިމަހުގެ 23 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެމަގުން އަމަލުކުރަމުންދާނެ ކަމަށެވެ. މިފަދަ އިންޒާރެއް ދީފައިވާއިރު މިއަދަކީ އެ ގައުމުގެ 90 ވަނަ ގައުމީ ދުވަހެވެ.

އެ ޓްވީޓްގައި އިތުރަށް ބުނެފައިވާގޮތުގައި އެ ގައުމުގެ ދިދައިގެ އިތުރުން، އެކުވެރި އެހެން ގައުމެއްގެ ދިދައަށް ނުވަތަ ނިޝާނަކަށް އިހާނެތިކޮށް ހިތައިފިނަމަވެސް ގާނޫނީ ގޮތުން އަދަބު ދެވޭނެ ކަމަށެވެ. އެހެނީ ޤައުމީ ދިދަ އަކީ ޤައުމުގެ ރަމްޒު ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

ސައުދީ ދިދައިގާ ފެހި ކުލަ އާއި ހުދު ކުލަ ހިމެނޭއިރު ހުދުކުލައިން ލިޔެފައިވަނީ ޝަހާދަތުގެ ދެކަލިމައެވެ. ޝަހާދަތުގެ ދެ ކަލިމައިގެ އިތުރުން ކަނޑިއެއް އެ ދިދައިގާ ހިމަނާފައިވެއެވެ.

2 ހިޔާލުތައް

  1. ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ނަގައިފަހުރެ އެދިދައިގެ ދަށުގައި ޓެރަރިޒަމް ޢަމަލު ހިންގާ ވެރިންނަށް ހަދާނެ ގޮތެއް އެމީހުނަށް އެނގޭތޯއެވެ. އެ ދިދަ ޖަހައިފައިހުރި 2 މަތިންދާބޯޓުގައި މީހަކު މެރުމަށް ސައުދީ ސަރުކާރުންވަނީ ގޭންގެއް ތުރުކީއަށް ފޮނުވާ ކަޝޯޖީ ގަތުލުކޮށްފައެވެ. އެކަން ކުރީވެސް އެދިދަ ޝަހާދަތުގެ ދެކަލިމަ ލިިޔެ އުފުލާފައިވާ ތުރުކީގައި ހުންނަ ސައޫދީ އެމްބަސީގައެވެ. އަދި އެގަތުލު އާންމު ހިންގުމަށްފަހު ކަޝޯޖީގެ ޗޭނުކީސް ބޭނުންކޮށްގެން ބުރިކޮށް ކުދިކުދި ކޮށްފައިވާ ހަށިގަނޑު ވަރުގަދަ އެސިޑަށް އަޅާ ނައްތާލީ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ނަގައިފަވާ ސައުދޫ ޢަރަބިޔާގެ އެމްބަސަޑަރު ހުންނަވާ ގޭގައެވެ. ވީއިރު އެ ދެކަލިމައަށް ގަދަރާއި ޢިއްޒަތް ލިބޭނީ އެދެކަލިމައަށް އިޙުތިރާމްކޮށް އެދެކަލިމައަށް އިއްޒަތާއި ގަދަރު ދެވޭވަރުގެ އިސްލާމީ ވެރިޔަކުގެ އަތުގައި އެދިދަ އޮވެގެނެވެ، މިފަދަ ނުބައި ނުލަފާ ގައްދާރު ބައެއްގެ ގެންގުޅޭ ދިދައަކަށް ވެގެނެއްނޫނެވެ. މިހާރު ވާންޖެހޭގޮތެއްކަމަށް ފެންނަނީ ސަޢޫދު އަރަބިޔާގެ ދިދަ ބަދަލުކުރުމެވެ. އެދިދައަށް އެންމެ އިހާނާތްތެރިކޮށް ހިތާމީހުންނަކީ އެވެރީންނެވެ. ޝަހާަދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަައިގެ ދަށުގައި ޑެތްސްކޮޑު ފޮނުވާ ބައެއްގެ އަތްދަށުގައި އެދިދަ އޮތުން އެއީ ދީނަށްހުރި ބޮޑުވެގެންވާ ލަދުވެރި ހަތްހަރާމުން ބޮޑު ހަރާމްކަމެކެވެ. ބިދުޢަ ތަކުންވެސް ބޮޑުވެގެންވާ ބިދުޢާ އެކެވެ.

    • ހަމަ ތެދެއް. މިއުޅޭ ރަސްގެފާނުންތައް ދުނިޔެއާއި ހެދި އުޅޭވަރުން އިސްލާމުން ގެ އަގެއްނެތި ހިގައްޖެއެވެ. އިންސާފުގެ ދަރުބާރުގައި މިހާރު ކަތިލެވެނީ ނިކެމެތި މީހާއެވެ. ނުފޫޒުގަދަ ހުރިހާއެންމެން ސަލާމަތްވެދެއެވެ. އެބޮޑުންގެ ޝޭޚުން ދައްކަނީ ޢުމަރު ޚަލީފާގެ ޢަދުލުވެރިކަމުގެ ވާހަކަތަކެވެ. ނަމަވެސް ސަޕޯޓު ދެނީ ނުލަފާ ފައިސާވެރިންނަށެވެ. ވަރަށް ދެރަވަރު އަސްލުވެސް!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ