ހިފެހެއްޓުންތަކަކާއި އެކު ތާޖު މަހަލް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އެންމެ މަޝްހޫރު ޓުވަރިސްޓް މަންޒިލް، ތާޖު މަހަލް ހަމަސްދުވަހުގެ ބަންދަކަށް ފަހު އަލުން ހުޅުވާލައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ތާޖު މަހަލް ބަންދުކުރުމަށްފަހު އަލުން ޓުވަރިސްޓުންނަށް ހުޅުވާލެވިފައި މިވަނީ ހިފެހެއްޓުންތަކަކާއި އެކު އެވެ. އެގޮތުން ޒިޔާރަތްކުރެވޭނީ ކޮންމެ ދުވަހަކު ވެސް، ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ.

ތާޖު މަހަލް އަށް ދުވާލަކު މިހާރު ޒިޔާރަތްކުރުމަށް ހުއްދެދެނީ 5،000 މީހުންނަށެވެ. ކޮވިޑްގެ ކުރިން އެވްރެޖްކޮށް ދުވާލަކު 70،000 މީހުން، ލޯބީގެ މި ރަމްޒު ދެކިލަން ޒިޔާރަތްކުރެ އެވެ.

ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ވަންނަ ކޮންމެ މީހެއްގެ ހުން ޗެކްކުރާނެ އެވެ. ޓިކެޓް ގަންނަން ޖެހޭނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ގްރޫޕް ފޮޓޯ ނެގުން މަނާ ނަމަވެސް ސެލްފީ ނެގޭނެ އެވެ.

މިދިއަ މާޗު މަހު މުޅި އިންޑިއާ ލޮކްޑައުންއަކަށް ދިޔަ ފަހުން މި ވޭތުވި ހަ މަސް ދުވަހަކީ، މުޅި ތާރީހުގައި ވެސް ތާޖު މަހަލް ބަންދުކުރި އެންމެ ދިގު މުއްދަތެވެ. އެންމެ ފަހުން ތާޖް މަހަލް ބަންދުކުރީ، އެ ބިނާ ހުރި އާގަރާގައި ފެން ބޮޑުވުމުގެ ސަބަބުން 1978 ގައި، ކުޑަ ދުވަސްކޮޅަކަށެވެ. އޭގެ ކުރިން 1971 ގައި ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ވެސް، ކުޑަ ދުވަސްކޮޅަކަށް ބަންދުކުރި އެވެ.

މިއީ 17 ވަނަ ގަރުނުގައި އިންޑިއާގެ އޭރުގެ ރަސްގެފާނު ޝާހު ޖަހާން އޭނާގެ އަނބިކަނބަލުން އަދި ރާނީ މުމްތާޒު މަހަލްގެ ހަނދާނުގައި ބިނާކުރި ތަނެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް