ސިންގަޕޯ އެއާލައިނުން 4000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ

Loading

Facebook
Twitter
WhatsApp

ސިންގަޕޫރުގެ ސިންގަޕޯ އެއާލައިނުން 4000 ވުރެ ގިން މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމައިފިއެވެ.

ސިންގަޕޯ އެއާލައިނުން ބުނެފައިވަނީ 4،300 މުވައްޒަފުން ވަކިކުރަން ނިންމި ނަމަވެސް އެ އަދަދު މަދުވެދާނެ ކަމަށެވެ. ސަބަބަކީ ގްރައުންޑް ސްޓާފުންނަށާއި ޕައިލޮޓުންނަށް ތައާރަފުކުރި އާލީ ރިޓަޔަމަންޓް ޕްލޭނާއި، ކެބިން ކްރޫ އިންނަށް ތައާރަފުކުރި ސެލްފް ރިލީޒް ޕްރޮގްރާމު އަދި އަލަށް މުވައްޒަފުން ނެގުން ހުއްޓަލާފައި އޮތުން ކަމަށް އެ އެއާލައިނުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން 2،400 މުވައްޒަފުން ވަކިކުރަން ޖެހިދާނެ ކަމަށް ލަފާކުރެވޭކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ. މިއީ އެއާލައިން ކުރިއަށް ގެންދިއުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް އެއާލައިނުން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރުގެ މާޗުމަހު ސިންގަޕޯ އެއާލައިނުން ވަނީ އެ އެއާލައިނުގެ އޮޕަރޭޝަންތައް 50 ޕަސެންޓު މަދުކުރަން ނިންމައިފައެވެ. ސިންގަޕޯ އެއާލައިނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮމެސްޓިކް މާކެޓެއް ނެތުން ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.

ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އައި ހީނަރުކަމާއެކު ގިނަ އެއާލައިންތަކަކުން ދަނީ މުވައްޒަފުން މަދުކުރަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތައްވެސް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް