މިހާރު މިއޮތް ކާރިސާއަކީ ހަޤީޤަތެއް ނޫން: ޓްރަމްޕްގެ ސަޕޯޓަރުން

Loading

Facebook
Twitter
WhatsApp

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން މިދާ ކޮވިޑް-19ގެ ކާރިސާއަކީ ހަޤީޤަތެއް ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ބުނެފިއެވެ. އެމީހުންގެ ޝުޢޫރުތަށް މިހެން ފާޅުކޮށްފައިމިވަނީ ކުރިއަށް އޮތް އިންތިޙާބަށް ތާޢީދު ހޯދުމަށް ބޭއްވި ނެވާޑާ ކެމްޕެއިންގެ ރެލީއަށް އެއްވި އެއްވުމެއްގައެވެ.

އެރެލީ ބޭއްވުމަށް ހަމަޖެހިފައިއޮތް މައިދާނުގެ ދޮރު ރެލީގެ ގަޑި ޖެހުމުގެ ކުރިން ހުޅުވާލުމުން އެތަށް ސަތޭކައެއްހާ މީހުންވަނީ އިށީނުމަށް ހަމަޖެހިފައިވާ ގޮނޑިތަކުން ޖާގަ ހޯދުމަށް ވަދެގަނެފައެވެ. އަދި މައިދާނަށް ވަނުމުގައި އިޖްތިމާޢީ ގައިދުރުކަމަށް އެއްވެސް ވަރަކަށް ބަލައިފައިނުވެއެވެ. އަދި މަދު މީހަކު ނޫނީ މާސްކު ބޭނުން ނުކުރެއެވެ.

މިރެލީގައި ބައިވެރިވި ޓްރަމްޕްގެ ސަޕޯޓަރަކު ރިޕޯޓަރަކާއި ވާހަކަ ދައްކަމުން ބުނެފައިވަނީ މިރެލީގައި ބައިވެރިވެ ރައީސް ޓްރަމްޕްގެ ވާހަކަތަށް އަޑުއަހާލުމަށް ވަރަށް ބޭނުންވެފައިވާކަމަށެވެ. އަދި އޭނާ ބުނެފައިވަނީ އޭނާއަށް ރައްކާތެރިކަން އިޙްސާސްކުރެވޭ ކަމަށާއި އަދި މާސްކު އެޅުމުގެ ޙިޔާލާ ދެކޮޅުހަދާކަމަށެވެ. އަދި ސިއްޙީ މާހިރުން އެވިދާޅުވާ ސިއްޙީ ނުރައްކާތެރި ކާރިސާއަކީ އޮތް އެއްޗެއްކަމަށް ޤަބޫލުނުކުރާކަމަށެވެ.

އޭނާގެ ޝުޢޫރުފާޅު ކުރަމުން ބުނެފައިވަނީ ”މީހުން މާސްކުއަޅައިގެން އުޅޭތަން މަގުމަތިން އެބަފެނޭ، އަދި އެކަކު އަނެކަކާއި ކައިރިނުވެ ދުރުމިން ބާއްވާތަން އެބަފެނޭ، އެކަކު އަނެކަކުގެ ކިބައިން ރައްކާތެރިވެ ދުރުހެލިވެގެން އުޅުމަކީ ދެރަކަމެއް، މިއީތޯ އަހަރެމެން ދިފާޢުވާގޮތް؟ އަހަރެމެން ވީ ދިފާޢީ ނިޒާމުވަރުގަދަ ކުރަން“ މިހެނެވެ.

ޓްރަމްޕްގެ ސަޕޯޓަރ މާރިއާ އާއި ވައިރަސްއިން އިންފެކްޓު ވެދާނެތީ ކަންބޮޑު ނުވޭތޯ ސުވާލުކުރެވުމުން ޖަވާބުގައި ބުނެފައިވަނީ މިހާރުމިކަމަށް އަށްމަސް ވެއްޖެކަމަށެވެ. އަދި އަހަރެން ވަނީ މިކަމުން ދިފާޢުވެފައި ކަމަށެވެ. އަދި އިތުރަށް ބުނެފައިވެއެވެ. މިވައިރަސްއިން އިންފެކްޓް ވެގެން ދުވަސްކޮޅަކު ހޮސްޕިޓަލުގައި ހޭދަކުރަންޖެހުމަކީ މައްސަލައެއް ނޫންކަމަށެވެ.

ވަރަށްފަހަކުން ބޭއްވުނު ރައީސް ޓްރަމްޕް ރެލީގައިވެސް ވަނީ ކޮވިޑް-19 އިން ރައްކާތެރިބުމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކާއި ޚިލާފުވެފައެވެ. އަދި މިދިޔަ އަންގާރަ ދުވަހު ނޯތް ކަރޮލީނާ ގައި ބޭއްވި ރެލީގައި ވެސް ވަނީ އެތަނުގެ އޮތޯރިޓީތަކުން ކަނޑައަޅާފައިވާ ޤަވޢިދުތަކާއި ޚިލާފުވެފައެވެ. ރެލީގެ ބައިވެރިންގެ ތެރެއިން މަދުމީހަކު ނޫނީ މާސްކުވެސް ބޭނުންކޮށްފައިނުވެއެވެ.

މިފާއިތުވި ހަފްތާގެ ކުރީކޮޅުގައި މިޗިގަން ގައިބޭއްވި ރެލީގެ ބައިވެރިން ރައްކާތެރިކަމަށް ބޭނުންކުރެވޭ އެންމެ މުހިންމު އެއް ވަޞީލަތް ކަމަށްވާ މާސްކު އެއްވެސް ވަރަކަށް ބޭނުންކޮށްފައެއް ނުވެއެވެ.

ކެމްޕެއިންގެ ބައިވެރިންގެ ޢަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ވާހަކަ ދެކެވުމުން ކެމްޕެއިން އިންތިޒާމް ކުރާ އޮފިޝަލަކު ބުނެފައިވަނީ ރެލީގެ ކޮންމެ ބައިވެރިއަކު މައިދާނަށް ވަނުމުގެ ކުރިން ޓެމްޕަރޭޗަރ ބެލޭނެކަމަށާއި، ކޮންމެ މީހަކަށް މާސްކު އެޅުމަށް ހިތްވަރުދީ މާސްކު ދެވޭނެކަމަށާއި މުޅި ސަރަހައްދުގައި ސެނިޓައިޒަރ ފޯރުކޮށްދެވިފައި ހުންނާނެކަމަށެވެ.

ހުން އައުންފަދަ ޢަލާމާތެއް ނެތިވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވަމުންދާތީ މާސްކު ނާޅާ އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީ ސިއްޙީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސިއްޙީ މާހިރުންގެ މިފަދަ ކަންބޮޑުވުން ތަކާއި އިންޒާރު ތަކާއި އެކުވެސް ޓްރަމްޕް ގެންދަވަނީ ކެމްޕެއިން ހަރަކާތަށް ކުރިއަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް