އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ޝުޢައިބަށް ފިޔަވަޅު އަޅައިފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުޤައްރަރު ޝުޢައިބް ޢަލީ އެކޮމިޓީގެ ނައިބު މުޤައްރަރު ކަމުންނާއި އެކޮމެޓީގެ މަސްޢޫލިއްޔަތު ތަކުން އެކަހެރިކޮށްފިއެވެ. ޝުޢައިބު ޢަލީ މަޤާމުން އެކަހެރިކޮށްފައި ވަނީ ކޮމެޓީއަށް ހުށައަޅައި ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

ޝުޢައިބު މިއަދު ބުނެފައިވަނީ ކޮމެޓީއިން އޭނާ މަޤާމުން އެކަހެރިކޮށްފައިވަނީ އެމްޑީޕީގެ ވެރިންގެ ކާޓޫނު ކުރަހައިގެން ކަމަށެވެ. އޭނާ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ކާޓޫނުތަކެއް ކުރަހައި ޓްވިޓާގައި ޝެއަރ ކޮށްފައެވެ.

ފިޔަވަޅު އަޅާ ކޮމެޓީއިން ޝުޢައިބް އެކަހެރިކުރި އިރު އޭނާ ވަނީ އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޕާޓީގެ ޗެއަރޕަރސަން ޙަސަން ލަތީފަށް ސިޓީއެއް ފޮނުވައިފައެވެ. އަދި އެސިޓީގެ ޖަވާބުގައި ޙަސަން ލަތީފް ފޮނުވި ޖަވާބަށް ހިތްހަމަ ނުޖެހިގެން ޙަސަން ލަތީފް މަޤާމުން ދުރު ކުރުމަށް އެދި ޝުޢައިބުވަނީ ރައީސް ޞާލިހަށް ސިޓީއެއް ފޮނުވާފައެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ދެން ތިބެނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ އާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރައީސް އޮފީހުގެ މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އެވެ.

Loading

One Response

  1. ޝުއެބު ގުޅީފަޅުން މާލޭ ރައްޔަތުންނަށް ގޯތި ހޯދަން ކުރާ މަސައްކަތް އެމްޑީޕީ އޭނާގެ ޕާޓީގެ ތެރެއިން ނިމުމަކަށް ގެނެވުނީއެވެ. ޝުއެއިބަށް ވަރަށް ސަލާމް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް