ޕާކިސްތާން ނަމޫނާއަކަށް ދުނިޔޭގެ އެހެން ޤައުމުތަށް ބަލަންޖެހޭ: ޑަބްލިއުއެޗްއޯގެ ޗީފް

Loading

Facebook
Twitter
WhatsApp
A Pakistani volunteer checks the body temperature of passengers arriving at a railway station in Peshawar, Pakistan, Tuesday, March 17, 2020. For most people, the new coronavirus causes only mild or moderate symptoms. For some it can cause more severe illness. (AP Photo/Muhammad Sajjad)

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޕާކިސްތާން ކާމިޔާބުހޯދި ގޮތް ނަމޫނާއެއްގެ ގޮތުގައި އެހެން ޤައުމުތަކުން ބަލައި ގަންނަން ޖެހޭ ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރަސް އަދަނޮމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ޕާކިސްތާނުން ކޮވިޑް-19 ކޮންޓްރޯލު ކުރިކުރުމުގެ ވާހަކަ ގިނަބަޔަކު ދައްކަމުންދާ ދަނޑިވަޅެއްގައި، ޑަބްލިއުއެޗްއޯއިން ބޭއްވި ނިއުސްބްރީފިންއެއްގައި އެކަމަށް ތަޢުރީފުކޮށް ވާހަކަދައްކަވަމުންނެވެ. އަދޮނަމްގެ ވާހަކަފުޅުގައި ޕާކިސްތާނުން ކޮވިޑް-19 އާއި ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅުތަކަށް ވަނީ ތަޢުރީފް ކުރަށްވާފައެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ގޮތަށް ޕޯލިއޯ ނައްތާލުމަށް މަސައްކަތް ކޮށްފިނަމަ އެކަންވެސް އެޤައުމަށް ކާމިޔާބު ކުރެވިދާނެކަމަށް އޭނާގެ ވާހަކަ ފުޅުގައި ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ނިއުސްބްރީފިންގައި ވާހަކަ ދައްކަވަމުން ޕޯލިއޯ ކޮންޓްރޯލް ކުރުމަށްޓަކައި ދޮރުން ދޮރަށް ގޮސް ކުޑަކުދިނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރި އެޤައުމުގެ ކޮމިޔުނިޓީ ހެލްތް ވޯކަރުންގެ މަސައްކަތަށް ވެސް ވަނީ ތަޢުރީފް ކުރައްވާފައެވެ. އަދިވެސް އިތުރަށް ވިދާޅުވެފައިވެއެވެ. ކޮމިޔުނިޓީ ހެލްތް ވޯކަރުންގެ އެހީތެރިކަމާއި އެކު ބަލީގެ ކަންކަން ކައިރިން ބެލެހެއްޓި، ކޮންޓެކްޓް ޓްރޭސް ކުރެވި، ބަލިމީހުނަށް ފަރުވާދެވުމުގެ ސަބަބުން ކޮވިޑް-19ގެ ކޭސްތަކުގެ ޢަދަދު މަޑުމަޑުން ދަށްވެގެން ގޮސްފައިވާކަމަށެވެ.

އަދޮނަމްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ތައިލެންޑް، ކެމްބޯޑިއާ، ޖަޕާން، ނިއުޒިލެންޑް، ރިޕަބްލިކް އޮފް ކޮރެއާ، ސެނެގާލް، އިޓަލީ، ސްޕެއިން އަދި ވިއެޓްނާމްގެ ނަން ފާހަގަ ކުރައްވަމުން ވިދާޅުވެފައިވަނީ މިޤައުމުތަކަކީ ކުރީގެ މިފަދަ އިންސާނީ މުޞީބާތްތަށް ކަމަށްވާ ސާސް ރޯގާ، މަރސް ރޯގާ، މީސަލްސް، ޕޯލިއޯ، އެބޯލާ، ފްލޫ ފަދަ އެހެނިހެން ބަލިމަޑު ކަންކަން ފެތުރުމުން ޢިބްރަތް ލިބިފައިވާ ޤައުމުތަށް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޗީފްގެ މިސްޓޭޓްމަންޓާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ކުރީގެ ޚާއްސަ އެސިސްޓެންޓް ޑރ ޒަފަރް މިރްޒާ ޓްވިޓާ މެދުވެރި ކުރައްވާ ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯގެ ޗީފް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާއެއް ކަމުގައި ފާހަގަ ކުރެއްވި ހަތް ޤައުމުގެ ތެރޭގައި ޕާކިސްތާން ހިމެނޭ ކަމަށާއި އެއީ ޕާކިސްތާނުގެ ރައްޔިތުންނަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި އެކަމަށްޓަކައި ﷲއަށް ޙަމްދު ކުރާކަމަށެވެ.

މިހިނގާ ސެޕްޓެމްބަރ މަހުގެ 15ވަނަ ދުވަހު ޕާކިސްތާންގެ ސްކޫލްތަށް އަލުން ހުޅުވުމަށް ހަމަޖެހިފައިވާއިރު އެޤައުމުގެ ވެރިކަންކުރާ ރަށް އިސްލާމްއާބާދުގެ ޑިސްޓްރިކްޓް ހެލްތު އޮފީހުން ދަނީ އެސީޓީ ސްކޫލްތަކުގެ މުދައްރިސުންނާއި ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންވެސް ކޮވިޑް-19އަށް ޓެސްޓު ކުރަމުންނެވެ.

އަދި ސްކޫލްތަކަށް ފަހު މިކަން އަމާޒު ކުރާނީ އަމިއްލަ ކޮލެޖް ޔުނިވަރސިޓީ ތަކަށް ކަމަށް ޑިސްޓްރިކްޓް ހެލްތު އޮފީހުން ވަނީ ބުނެފައެވެ.

އިސްލާމްއާބާދުގެ ތަޢުލީމާ ބެހޭ އިދާރާގެ ދަށުން 423 ކުދި އަދި ބޮޑު ސްކޫލެއް ހިންގައެވެ. އަދި 15ސެޕްޓެމްބަރ އިން ފެށިގެން ގްރޭޑް 9އަދި 10ގެ ކިޔެވުން ފެށުމަށް ނިންމާފައިވާއިރު އިތުރަށް ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ޓަކައި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާނެއެވެ.

ޕާކިސްތާނުގެ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވަނީ ގްރޭޑް 7އަދި 8ގެ ކިޔެވުން ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ފަށާނެކަމަށާއި، އަދި ޕްރައިމަރީ ގްރޭޑްތަށް ހަމަ މި ސެޕްޓެމްބަރ މަހުގެ 30ވަނަ ދުވަހު ފަށާނެ ކަމަށެވެ.

ސެޕްޓެމްބަރ މަހުގެ 11ވަނަ ދުވަހާއި ހަމައަށް ޕާކިސްތާނުން 300،371ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަދި 548އާ ކޭސް އެދުވަހު ރިޕޯޓް ކުރެވިފައިވާއިރު އަދި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި މިހާތަނަށް 288،206 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. ދުވާލަކަށް 256ހަކަށް މީހުން ބަލިން ރަނގަޅުވަމުން އަންނަ ރޭޓެއްކަމުގައި ވަނީ ރިޕޯޓް ކުރެވިއެވެ.

ކޮވިޑް-19ގައި މީހުން މަރުވާ ޢަދަދާއި ޙާލު ދެރަވާ މީހުންގެ ޢަދަދުވެސް މަދުވަމުން އަންނަ ކަމަށްވެސް އެޤައުމުގެ ކަމާއިބެހޭ އިދާރާތަކުން އަންނަނީ ބުނަމުންމެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް