ޓުއަރިޒަމް ސިނާއަތުގެ ގެ މުވައްޒަފުން ޝަކުވާ ފޮނުވަން ހާއްސަ އީމެއިލް އެއް

Loading

Facebook
Twitter
WhatsApp

ޓުއަރުޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް  ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ހާއްސަ އީމެއިލް އެޑްރެސްއެއް ހަމަޖައްސައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ، ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި މިނިސްޓްރީއާ ބައްދަލުކޮށް ވަނީ މުވައްޒަފުންނަށް ހިޔާލު ފާޅުކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައި ކަމަށެވެ.

ޓީމް އާ ބައްދަލުކޮށް މިނިސްޓްރީއިން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ހިޔާލު ފާޅުކުރުމަށް މެއިލްއެއް ހެދުމަށެވެ. އެގޮތުން މިހާރު ވާނީ އެކަމަށް ހާއްސަ މެއިލްއެއް ހަމަޖައްސާފަ އެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، އެ މެއިލް މެދުވެރިކޮށް މުވައްޒަފުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ކަމަށާއި، ކާކުކަން ނޭނގޭ ގޮތަށް އެނޯނިމަސްކޮށްވެސް ހިޔާލުތަކާ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ކަމަށެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. މާލެ ސަރަހައްދުގެ ބައެއް ގެސްޓުހައުސް އަދި ހޮޓާތަކަށް ޓްރާންސިޓް ފެސިލިޓީތަކުގެ ގޮތުގައި ހިންގުމަށް ހުއްދަ ދީފައިވެ އެވެ.

އެހެންނަމަވެސް އަންނަ މަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ.

މިނިސްޓަރީން ހަމަޖެއްސި އީމެއިލް އަކީ؛ [email protected] އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް