ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އޭނާ ވަނަވަރު ހާމަކޮށްފި

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދާ ނުފެނިފައިވާ މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ހާމަކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ވަނަވަރު އާންމުކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫ، ހަވޭލި މުހައްމަދު ފާޒަލް. 26 އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ މާޗް 12 ވަަނަދުވަހު ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. މުހައްމަދު ފާޒަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުވައި މައުލޫމާތު […]

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ނަމުގައި ކޮމްޕެނީއެއް އުފައްދަވައިފި

”ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް“ ގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މި ކުންފުނި އެމަނިކުފާނު އުފެއްދެވީ މިއަދު ކަމަށެވެ. އަދި އެ ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށް އުފެއްދެވި ކުންފުންޏެއް ކަމަށެވެ. އަދި މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްތައް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުންވެސް […]

ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ނެގުމުގެ ހުއްދަ ދީފި

ކައުންސިލް ތަކުގެ އިދާރާތަކުގެ ހުސްކޮށް ހުރި މަޤާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ސިވިލް ސަރވިސް ކޮމިޝަނުން ދީފިއެވެ. ކައުންސިލް އިދާރާތަކުގެ ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކުގައި އައު މަޤާމު އުފައްދުން ވަޤުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައި އޮތް އެންގުން އުވާލައި، އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ އަލުން ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ކައުންސިލް އިދާރާތަކުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލުންނާއި، ޒިންމާދާރު ވެރިންނަށް ފޮނުއްވެވި […]

ކައުންސިލްތަކަށް މުއައްޒަފުން ނެގުމުގެ ހުއްދަދީފި

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށާއި އާ މަގާމުތަކަށް މުއައްޒފުން ނެގުމުގެ ހުއްދަ ހަ މަަސް ފަހުން ސިވިލް ސާވިސް ކޮމިޝަން ( ސީއެސްސީ) ދީފި އެވެ. ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސްމަގާމުތަކަށް މުއްޒަފުން ނެގުމާއި އެ އިދާރާތަކަށް އާ މަގާމު އުފައްދަައިދިނުން ވަގުތީގޮތުން މަޑުޖައްސާފައިވަނީ  ފެބުރުއައީ ހަ ވަނަ ދުހަކުއެވެ. ސީއެސްސީން ބުނީ މި މަގާމުތަކަށް މުއައްޒަފުން އައްޔަންކުރަން ހުއްދަދިނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ […]

ކޯވިޑް19: އިއްޔެ ފައްސިވީ 37 މީހުން!

  ރާއްޖެއިން ކޯވިޑް19 އަށް އިތުރު 37 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 3 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 34 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.     އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 6 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.   […]

އީއެފްއެލްކަޕް: ޕެނަލްޓީ ޖަހައިން ޓޮޓެންހަމްސިން ޗެލްސީ ބަލިކޮށްފި!

   އީއެފްއެލް ކަޕްގެ ”ރައުންޑް އޮފް 16“ ގައި ރޭ ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗް، ޓޮޓެންހަމް އިން ކާމިޔާބު ކޮށްފިއެވެ. މިމެޗް ޓޮޓެންހަމްއިން ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.     މެޗްގެ ވަރަށް ކުރީކޮޅުގައި ފުރަތަމަ ލީޑް ނެގީ ޗެލްސީއިންނެވެ. މި ގޯލް ޗެލްސީއަށް މެޗްގެ 19 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޗެލްސީގެ 11 ނަންބަރު މިޑްފީލަޑަރ ވަރނާ އެވެ. ގޯލަށް ފަހު ފުރަތަމަ ހާފްގައި […]

އައްޑޫ ޕޮލިސް އެކަޑަމީ ހަދަން އައި އިންޑިއާ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އައި އިންޑިއާއިން އައި ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެޗްޕީއޭގެ އޮފިޝަލަކު މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ތިބި ބައެއް ކަމަށެވެ. ނަމަވެސް ޕޮޒިޓިވްވީ ކިތަށް މީހުންކަމެއް އެޗްޕީއޭއިން ވިދާޅުވެފައެއް ނުވެއެވެ. އަދި އިތުރު މީހުން ޕޮޒިޓިވްވޭތޯ ބައްލަވަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެޗްޕީއޭއިން ވިދާޅުވީ އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިރޭ ހާމަކުރައްވާނެ ކަމަށެވެ. އައްޑޫއިން ކުރިންވެސް ކޮވިޑްގެ ކޭސް މަދުންނަމަވެސް ފެނިފައިވެ އެވެ. […]

ގުރޭޓަރމާލޭ އިންޑަސްޓުރިއަލް ޒޯން ލިމިޓެޑް އެންމެހާ ޒިންމާތަކެއް އެޗްޑިސީ އަށް ބަދަލުކޮށްފި

ތިލަފުށްޓާއި އެހެނިހެން ވެސް ގުރޭޓަރ މާލޭ އިންޑަސްޓުރިއަލްގެ އެންމެހާ ތަނަކާއި މަސްޢުލިއްޔަތެއް ހައުސިންގް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑްއަށް ސަރުކާރުން ނިންމަވައިފިއެވެ. އަދި މިބަދަލަށް  މިއަދުންފެށިގެން ޢަމަލުކުރެވެނެއެވެ. އެގޮތުން ގުރޭޓަރ މާލެ އިނޑަސްޓުރިއަލް ޒޯން ލިމިޓެޑްގެ ދަށުގައިވާ އެންމެހާ އެއްބަސްވުންތަކެއް އެޗްޑީސީގެ ދަށަށް މިއަދުންފެށިގެން ބަދަލުވީއެވެ. ތިލަފުށީކޯރޕަރޭޝަންގެ އެންމެހާ ބިންތަކާއި މަސައްކަތްތަކެއް  2018ގައި ވަނީ ގުރޭޓަރ މާލޭ އިންޑަރސްޓުރިއަލް ޒޯން ލިމިޓަޑްއަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ބަދަލުކޮށްފައެވެ. މިގެނެވުނު ބަދަލާއިއެކު އެކުންފުނީގެ އެންމެހާ ކަމެއްގެ ބެލެނިވެރިޔަކީ HDC […]

އާޒަރުބައިޖާނަށް އަރުމީނިޔާއިން ދެމުންދާ ހަމަލާ ތުރުކީގެ ގާނޫނުހަދާ މަޖިލީހުން ކުއްވެރިކޮށްފި

ތުރުކީގެ މަޖްލިސްގެ ބޮޑު ހަތަރު ޕާޓީ ގުޅިގެންވަނީ އަރުމީނިއާއިން އާޒަރުބައިޖާނަށް ދެމުންދާ ހަމަލާތައް ކުއްވެރިކޮށް، ބަޔާނެއް ނެރެފައެވެ.  ”ތުރުކީގެ ގްރާންޑު ނޭޝެނަލް އެސެމްބްލީގެ ހައިސިއްޔަތުން، 12 ޖުލައިން ފެށިގެން، އަރުމީނިޔާގެ ސިފައިން އާޒަރުބައިޖާންގެ ޓޮވޫޒު ސަރަހައްދަށް ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރަން“ އެ ބަޔާނުގައި ވެއެވެ.  ”އދ. ގެ ސިކިއުރިޓީ ކައުންސިލުންނާއި އޯސީއެސްއީން ނިންމާފައިވާ ނިންމުމަށް އަރުމީނިއާއިން ބޯލަނބަންޖެހޭނެ، އަރުމީނިއާއިން ހިފާފައިވާ އާޒަރުބައިޖާންގެ ސަރަހައްދުތަކުން ފައިބަން ޖެހޭނެ“  އެބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.  “ އާޒަރުބައިޖާންއިން […]

ޔޫއޭއީއިން ރާއްޖެއަށް ސެނެޓައިޒްކުރާ ދެ ޓްރަކް ހަދިޔާ ކޮށްފި

  ކޮވިޑް-19އާއި ދެކޮޅަށް ރާއްޖެއިން ކުރާމަސައްކަތަށް އެހީ ވުމުގެ ގޮތުން ޔޫއޭއީއިން ހަދިޔާކުރި މިދެޓްރަކް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ގިނައިން މީހުން އެއްވ އުޅޭ ތަންތަން ޑިސްއިންފެކްޓު ކުރުމަށެވެ. މިތަކެތި ހަދިޔާ ކޮށްދެއްވުމުން ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޓްވިޓަރ މެދުވެރިކޮށް އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާ ކޮށްފައެވެ. ޝުކުރުއަދާ ކޮށް ލިޔުއްވައިފައިވާ މިޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެހީގެ ގޮތުގައި މިދެއްވި ތަކެތީގެ ސަބަބުން ކޮވިޑް-19އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ […]