ގުރޭޓަރމާލޭ އިންޑަސްޓުރިއަލް ޒޯން ލިމިޓެޑް އެންމެހާ ޒިންމާތަކެއް އެޗްޑިސީ އަށް ބަދަލުކޮށްފި

108

ތިލަފުށްޓާއި އެހެނިހެން ވެސް ގުރޭޓަރ މާލޭ އިންޑަސްޓުރިއަލްގެ އެންމެހާ ތަނަކާއި މަސްޢުލިއްޔަތެއް ހައުސިންގް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑްއަށް ސަރުކާރުން ނިންމަވައިފިއެވެ. އަދި މިބަދަލަށް  މިއަދުންފެށިގެން ޢަމަލުކުރެވެނެއެވެ. އެގޮތުން ގުރޭޓަރ މާލެ އިނޑަސްޓުރިއަލް ޒޯން ލިމިޓެޑްގެ ދަށުގައިވާ އެންމެހާ އެއްބަސްވުންތަކެއް އެޗްޑީސީގެ ދަށަށް މިއަދުންފެށިގެން ބަދަލުވީއެވެ.

ތިލަފުށީކޯރޕަރޭޝަންގެ އެންމެހާ ބިންތަކާއި މަސައްކަތްތަކެއް  2018ގައި ވަނީ ގުރޭޓަރ މާލޭ އިންޑަރސްޓުރިއަލް ޒޯން ލިމިޓަޑްއަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ބަދަލުކޮށްފައެވެ. މިގެނެވުނު ބަދަލާއިއެކު އެކުންފުނީގެ އެންމެހާ ކަމެއްގެ ބެލެނިވެރިޔަކީ HDC ކަމަށް ހަމަޖެހުނީއެވެ.

މިބަދަލާއިއެކު އެޗޭޑީސީގެ ވިޔާފާރި މިހާރަށްވުރެވެސް ބޮޑުވެގެންދިއައީއެވެ.

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ