އާޒަރުބައިޖާނަށް އަރުމީނިޔާއިން ދެމުންދާ ހަމަލާ ތުރުކީގެ ގާނޫނުހަދާ މަޖިލީހުން ކުއްވެރިކޮށްފި

Loading

Facebook
Twitter
WhatsApp

ތުރުކީގެ މަޖްލިސްގެ ބޮޑު ހަތަރު ޕާޓީ ގުޅިގެންވަނީ އަރުމީނިއާއިން އާޒަރުބައިޖާނަށް ދެމުންދާ ހަމަލާތައް ކުއްވެރިކޮށް، ބަޔާނެއް ނެރެފައެވެ. 

”ތުރުކީގެ ގްރާންޑު ނޭޝެނަލް އެސެމްބްލީގެ ހައިސިއްޔަތުން، 12 ޖުލައިން ފެށިގެން، އަރުމީނިޔާގެ ސިފައިން އާޒަރުބައިޖާންގެ ޓޮވޫޒު ސަރަހައްދަށް ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރަން“ އެ ބަޔާނުގައި ވެއެވެ. 

”އދ. ގެ ސިކިއުރިޓީ ކައުންސިލުންނާއި އޯސީއެސްއީން ނިންމާފައިވާ ނިންމުމަށް އަރުމީނިއާއިން ބޯލަނބަންޖެހޭނެ، އަރުމީނިއާއިން ހިފާފައިވާ އާޒަރުބައިޖާންގެ ސަރަހައްދުތަކުން ފައިބަން ޖެހޭނެ“  އެބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ. 

“ އާޒަރުބައިޖާންއިން އެގައުމުގެ ސަރަހައްދުތައް ހިމާޔަތްކުރަން ކުރަމުންދާ މަސައްކަތުގައި ތުރުކީގެ ގާބިލިއްޔަތުކަން ތަންދޭ މިންވަރުން އާޒަރުބައިޖާނާއެކު ތިބިކަމުގައި ދަންނަވަން“. ބަޔާނުގައި ވިދާޅުވެފައިވެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް