އިސްރާއީލުގެ ބާރަގަދަ ސިފައިން ޔޫކްރެއިނަށް އެހީ ނުވަނީ ކީއްވެގެން؟

ދުނިޔޭގެ އެންމެ ބާރުގަދަ އެއް މިލިޓްރީ ކަމަށް ބެލެވޭ އަދި ވަގު ނިއުކްލިއަރ ޕަވަރެއްކަމުގައި ހިމެނޭ އިސްރާއީލުގެ ސިފައިން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށް ނުދެވިގެން ކީއްވެގެންތޯ މިއީ މިއަދު ބައިނަލް އަގްވާމީ މީޑިއާގެ ފަލަ ސުރުޚީ އަކަށް ވެއްޖެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިސްރާއީލުގެ ބަލަދުވެރިޔާ ކަމަށް މުޅިދުނިޔެއިން ގަބޫލުކުރާ އެމެރިކާއާއި އެންމެ ގާތް އެކުވެރިން ކަމުގައި ބެލެވޭ ނޭޓޯގެ ގައުމުތަކުން އިންތިހާއަށް ބާރު އެޅުމާއިއެކުވެސް އިސްރާއީލުން އެ ހަނގުރާމައިގެ ތެރެއަށް ވަންނަން ނުވަތަ މިލިޓަރީ ޙައިސިއްޔަތަކުން ވާގިވެރިވުމަށް ފައުޅުގައި ބޭނުން ނުވާ ސަބަބުތަކެއް ހުންނާނެކަން ކަށަވަރެވެ. މީގެ […]
މެލޭޝިޔާ އިދިކޮޅުޕާރޓީގެ އެކައުންޓްތައް ހިފަހަށްޓުވައިފި

ރިޝްވަތާއި ނާޖާއިޒު ފައިދާ ނެގުމާގުޅޭ މައްސަލާގައި މެލޭޝިޔާގެ އިދިކޮޅު ޕާރޓީގެ އެކައުންޓްތައް ފްރީޒްކޮށްފިކަމަށް ޚަބަރު ދީފިއެވެ. މެލޭޝިޔާގެ އެންޓި ގްރާފްޓް އޮތޯރިޓީން ކުރަމުންގެންދާ ތަޙްގީގާއި ގުޅިގެން ކުރީގެ ބޮޑުވަޒީރު މުޙުޔިއްދީން ޔާސީން ނިސްބަތްވެ ވަޑައިގަންނަވާ މިހާރުގެ އިދިކޮޅު ޕާރޓީގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމަކީ އެޕާރޓީގެ ދުވަސް ދުއްވާލަން ހިންގާ ކަންތައްގަނޑެއް ކަމުގައި އެ ޕާރޓީން ގެންދަނީ ބުނަމުންނެވެ. […]
ސަޢޫދީ އެރޭބިޔާގެ ހައި ސްޕީޑް ރޭލުގެ ޑްރައިވަރުންނަށް އަންހެނުން

ސަޢޫދީ އެރޭބިޔާގެ އަންހެނުންނަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ހުއްދަކުރެވުނީ 2018 ވަނައަހަރުގައެވެ. އެކަމަކު އެގައުމުގައި އަލަށް ތަޢާރުފް ކުރެވުނު ހައި ސްޕީޑް ރޭލުގެ ޑްރައިވަރުންގެ 32 ވަޒީފާއަށް އެދި ހުށައެޅުމަށް މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި 28000 މީހުން އެދިފައިވެއެވެ. އޭގެ ތެރެއިން ވަޒީފާއަށް ހޮވުނު އެއް ކަނބަލަކީ އިނގިރޭސި ބަސް ކިޔަވާދޭ މުދައްރިސެއްގެ މަގާމުގައި މަސައްކަތް ކުރަމުން ގެންދިޔަ ތާރާ ޢަލީ އެވެ. ހަރަމައިނި ހައި ސްޕީޑް ރެއިލްވޭގައި ޑްރައިވަރަށް ހުރެ މާތްވެގެންވާ މައްކާއިން މަދީނާ އަލް މުނައްވަރާއަށް އޭނާ […]
ނޭޓޯ އިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމައަށް ވަންނަން ތައްޔާރު

ޔުކްރެނިސްކާ ޕްރަވްޑާއިން ނޭޓޯގެ މިލިޓްރީ ކޮމިޓީގެ ޗެއަރ އެޑްމިރަލް ރޮބް ބައުއާ އަށް ޙަވާލާދީ އިއްޔެ ހާމަކުރި ގޮތުގައި ހަތިޔާރު ޖަމާކުރުމަކީ އެޖަމާއަތުގެ އެންމެ މުހިންމު ވިސްނުން ކަމަށާއި އަދި ނޭޓޯއިން މިހާރު އޮތީ ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިން ހަނގުރާމާގައި ބައިވެރި ވުމަށް ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް މިލިޓްރީގޮތުން ކުރިން އޮތް އިސްނެގުން މިހާރު އެޖަމާޢަތުގެ ތެރޭގައި ގެއްލިއްޖެކަމަށް އޭނާ އެއްބަސްވިއެވެ. ރޮބް ބައުއާ ވާހަކަ ކުރިއަށް ގެންދަމުން މިދިޔައަހަރު މެޑްރިޑްގައި އޮތް އެ ޖަމާޢަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި […]
އީރާނުން ބޭނުންވެއްޖެނަމަ ބައިވަރު ނިއުކްލިއަރ ބޮމް އުފެއްދިދާނެ

އެސޯޝިއޭޓެޑް ޕްރެސް ( ދުބާއި ) އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުން ބޭނުންވެއްޖެނަމަ މިހާރުވެސް ގިނައަދަދެއްގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސްގެ އެޓޮމިކް އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮއްސީ އިންޒާރު ދެއްވައިފިއެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގާ އީރާނުން ރަޝިޔާއަށް ހަތިޔާރުގެ އެހީ ފޯރުކޮށް ދިނުމުގެ މާކުރިންވެސް އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހައްދެއް ކަނޑައެޅުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވެމުންދިޔަ މަސައްކަތަށް އެއްވެސް ކާމިޔާބީއެއް ލިބިދާނެ ކަމަށް ހީކުރެވިފައެއް ނެތްކަމަށެވެ. ޔޫރަޕްގެ ގާނޫނީ ބޭފުޅުން ކުރެއްވި ސުވާލަކަށް ރަފައެލް […]
ޕާކިސްތާނުގެ މޮޑެލްމަރާލި މީހުން ކޯޓުން މިނިވަންކޮށްފި

ޕާކިސްތާނުގެ މޮޑެލް ނަޖީބުﷲ ގަޔަށް ބަޑިޖަހާ މަރާލި ޙާދިސާއާއި ގުޅިގެން ހައްޔަރު ކުރެވުނު ކަރާޗީގެ އޭރުގެ ފުލުހުންގެ ވަރަށް ސީނިއަރ ބޭފުޅަކުކަމުގައިވާ ރާއޯ އަންވަރާއި އަދި އިތުރު 17 މީހަކު މި ޖެނުއަރީ މަހުގެ 23 ވަނަދުވަހު ކޯޓުން މިނިވަން ކޮށްފިއެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންނެވެ. ނަޖީބުﷲ ގަޔަށް ބަޑިޖަހާ މަރާލެވުނީ މިލިޓެންޓުން ފިލާތިބޭ ތަނެއް ފާސްކުރަން ފުލުހުން ޙަރަކާތްތެރި ވުމުގެ ތެރޭގައި 2018 ޖެނުއަރީ 16 ވަނަދުވަހުއެވެ. މި ޙާދިސާއާއި ގުޅިގެން ނަޖީބުﷲ ނިސްބަތްކުރެވޭ […]
އެމެރިކާގެ ދަރަނިތައް އަދާކުރެވޭނެ ގޮތެއް ނެތިފާ

އެމެރިކާގެ އިގްތިސާދަށް މެދުވެރިވާ ކޮންމެ ނުރަނގަޅު ބަދެލެއްގެ ބުރަ މުޅިދުނިޔެއިން އުފުލަން ޖައްސާނެއެވެ. މި މަޢުލޫމާތު ކިއުންތެރިންނަށް ފޯރުކޮށްދޭން ބޭނުންވަނީ މިކަމާދޭތެރޭ ވިސްނާ ފިކުރު ކުރުމަށް ޓަކައެވެ. މިޙާލަތުގައި ބިލިއަނަރ ޖެފް ބެޒޯސްގެ އިރުޝާދަކީ ކޮންމެހެން ބޭނުން ޖެހިއްޖެ ޚަރަދެއްނޫނީ ނުކުރާށެވެ. ކުރިއަށް އޮތީ ގޮތްނޭންގޭ ދަތި ދުވަސްތަކެއް ކަމަށް ގަބޫލުކުރާށެވެ. ދުނިޔެއަށް ކުރިމަތިވަމުން މިދާ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި އެމެރިކާގެ ފެޑެރަލް […]
އެމެރިކާމީހުން ދީނާ ދުރުވެ ފައްޅިތައް ބަންދުކުރަން ޖެހެނީ

އެމެރިކާގެ ސިޔާސީ މަސްރަޙުގައި ނަސާރާދީން މުހިންމު ދައުރެއް ކުޅެމުން ގެންދިޔަނަމަވެސް ގައުމުގެ ޒުވާނުންގެ މެދުގައި ދީނުގެ އަހަންމިއްޔަތު ދަނީ ކުޑަވަމުންކަން ދިރާސާތަކުން ހާމަވެއްޖެއެވެ. އެމެރިކާއަށް މިއަދު ކުރިމަތިލާން ޖެހިފައިމިވަނީ ދީނެއް ގަބޫލުނުކުރާ ރައްޔިތެއް ގެންގުޅޭށެވެ. ދިރާސާތަކުން ހާމަވެގެންދާ ގޮތުން އެމެރިކާގައި ކޮންމެ އަހަރަކު އެތައް ހާސް ފައްޅިއެއް ބަންދުކުރަން އެބަޖެހެއެވެ. ފައްޅިއަށް ދާނެ މީހަކު ނުވާތީއެވެ. ކޯވިޑް 19 ގެ ފަހުން މިއަދަދު އިތުރު ވެގެން ދާން ފަށައިފިކަމުގައި ބުނެއެވެ. 2019 ވަނަ […]
އެމެރިކާއާއި ރަޝިޔާގެ ގުޅުން އަތުން ދޫވެގެންދަނީ

ޚަބަރުތައް ބުނާގޮތުން އެމެރިކާއާއި ރަޝިޔާގެ ގުޅުން މިހާރު އޮތީ ދުވަހަކުވެސް ގޯސް ނުވާ މިންވަރަށް ދަށަށް ގޮސްފައެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން ކްރެމްލިންގެ ސްޕޯކްސްޕަރސަން ދިމިތުރީ ޕެސްކޯވް ވިދާޅުވީ 2021 ވަނައަހަރުގެ ޖެނީވާ ސަމިޓްގައި ސިޔާސީ ގުޅުން ރަނގަޅުވެދާނެކަމަށް ކުރެވުނު ތާކުންތާކު ނުޖެހޭ އުންމީދަށް ފަހު މިހާރު އެ ގުޅުން މިއޮތީ ދެން ދުވަހަކުވެސް ރަނގަޅުވެދާނެ ކަމަށް ނުބެލޭ ހިސާބަށް ވެއްޓިފައެވެ. […]
ރިޝީ ބެލްޓުނާޅާ ކާރު ދުއްވައިގެން ޖުރިމަނާ ކޮށްފި

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ބެލްޓު ނާޅާ އެއްގަމު އުޅަނދެއް ދުއްވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ވުމާއި ގުޅިގެން އިނގިރޭސި ފުލުހުން އެމަނިކުފާނަށް ނޯޓިސް ފޮނުވައިފިއެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މި ނޯޓިސް ރައްދުވާ ފަރާތަށް އެނގޭނެ ފަދައިން ލަންކަންޝަޔަރުގައި ދުއްވަމުންދިޔަ ކާރެއްގައި އިން ފަސިންޖަރަކު އިނީ ސީޓްބެލްޓު ނާޅައެވެ. މި މައްސަލަ ބެލުމަށްފަހު ލަންޑަނުގައި ދިރިއުޅޭ 42 އަހަރުގެ ފިރިހެނަކަށް އޭނާގެ ޖުރިމަނާ އަދާކުރެވިދާނެ ގޮތްތަކެއް މިއަދު ( ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ) އޭނާއަށް ނޯޓިސް ދީފައިވާނެއެވެ. ފުލުހުންގެ […]