ރަޝިޔާއާއި އީރާނުން ސްފިޓް ބޭނުން ކުރުން ހުއްޓާލައިފި

ބްރިކްސް ޖަމާޢަތަށް ނިސްބަތްކުރެވޭ ރަޝިޔާއާއި އީރާނަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަޅަމުންގެންދާ ޖެއްސުން ކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން އެ ދެގައުމަށް ކުރިމަތި ވެފައިވާ ބައެއް ގޮންޖެހުންތަކުން އަރާގަތުމުގެ ފިޔަވަޅެއްގެއްގޮތުން ބޭރުގެ ވިޔަފާރިތަކުގައި ސްވިފްޓް ގެ ވަސީލަތުން މުޢާމަލާތުކުރުންހުއްޓާލުމަށް އީރާނާއި ރަޝިޔާ އިން އެއްބަސްވެއްޖެއެވެ. އޭގެ ބަދަލުގައި އެ ދެ ގައުމުން ކުރަމުންގެންދާ ބޭރުގެ ވިޔަފާރިތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ދެން ބޭނުންކުރާނީ ދެގައުމުގެ ފައިސާއެވެ. މިއެއްބަސްވުމާއިގުޅިގެން ލުއިފަސޭހަ ގޮތެއްގައި ދެގައުމުން ކުރާ ބޭރުގެ ވިޔަފާރީގައި ދެގައުމުގެ ފައިސާ ބޭނުންކުރަން މަގުފަހިކުރުމުގެ މަސައްކަތް ދެ ގައުމުގެ މަރުކަޒީ ބޭންކުން މިހާރު ގެންދަނީ […]

އިސްރާޢީލުގެ އެތައް ހާސް ސިފައިން ގައްޒާއިން ނެރެނީ

ފަހުގެ ޚަބަރުތައް ބުނާގޮތުގައި ގައްޒާގައި ހަނގުރާމަކުރަމުން ގެންދިޔަ އިސްރާއީލު ސިފައިން ގެ އެތައްހާސް ބަޔަކު ގައްޒާއިން ނެރެގެން ދެކުނުގެ ސަރަޙައްދު ތަކަށް ގެންދަން ފަށައިފިއެވެ.  އިސްރާޢީލުން ހާމަކޮށްފައިވާ ގޮތުގައި މިބަދަލު ގެނައުމުގެ ބޭނުމަކީ މިހާރު އުތުރުގެ ސަރަޙައްދުތައް އިސްރާޢީލުގެ ބާރުގެ ދަށަށް ގެނެވިފައި ވުމާއިއެކު ދެކުނުގެ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމެވެ. އެހެންނަމަވެސް ބައެއް މީޑިއާތަކުގައި އިސްރާއީލު ސިފައިންގެ ވެރިންނަށް ޙަވާލާދީ ބުނެފައިވަނީ ސިފައިން ގައްޒާއިން ނެރެގެން ގެންދަނީ އެމީހުންނަށް އަރާމުކުރުމުގެ ވަގުތު ދިނުމަށާއި އަދި ތަމްރީނުތައް ފުރިހަމަ ކުރުމުގެ […]

ކުއްލިއަކަށް މަރުވުން އިތުރު ވަމުންދާ ސަބަބާދޭތެރޭ ސައެންސުގެ ދިރާސާ

ކޮންމެ އިންސާނަކުވެސް ފުރިހަމަ ސިއްހަތެއްގައި ގިނަ ދުވަހު ދިރިދުނިޔޭގައި ހުރުން ބޭނުންވާނެއެވެ. ދިރިހުރުމާއި މަރުވުން އެއީ ވަގުތު ކަނޑައެޅިފައިވާ ކަންތަކެވެ. އަދި އެ ވަގުތު ހަމަ ގައިމުވެސް ނޭގޭނެއެވެ.  އެހެންނަމަވެސް ބަލިވުމުން ބޭސްކުރަން އަންގަވާފައިވާ ފަދައިން ސަލާމަތް ސިއްހަތެއް ގައި ދިރި ހުރުމަށްޓަކައި ކުރަންވީ ކަންތައް ތަކަކާއި ނުކުރަންވީ ކަންތައްތަކެއް ހުރިކަން ގަބޫލުކޮށް އެ ސަބަބުތަކުގައިވެސް ހިފާއްޓަން ޖެހެއެވެ.            މައުލޫމާތު ފޯރުކޮށްދިނުމަކީ ލާޒިމް ކަމެއް ކަމުގައި އިލްމުވެރިން ވިދާޅުވަމުން ގެންދަވާތީ މިފަހަރު މިގެނެސްދެނީ ދާދިފަހުން ސައެންސް […]

ޖަޕާނަށް ބާރުގަދަ ބިންހެލުންތަކެއް

މިއަދު ހަވީރު ގާތްގަނޑަކަށް 4 ޖަހާކަށްހާއިރު ޖަޕާނުގެ ހުޅަނގުސަރަޙައްދު ބާރުގަދަ ބިންހެލުންތަކަކުން ގުޑުވާލުމާއި ގުޅިގެން ސުނާމީގެ އިންޒާރު އިއުލާން ކޮށްފިއެވެ. ޖަޕާނުގެ އިޝިކާވާ ސަރަޙައްދަށް މިއަދު ހަވީރު ޖަޕާނު ގަޑިން 4 ޖަހާކަށް ހާއިރު ޖެހިޖެހިގެން ބާރަ ވަރަކަށް ބިންހެލުން އައިކަމަށް ވެއެވެ. ޖަޕާނުގެ މީޓިއޮރޮލީ ޑިޕާރޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އޭގެތެރެއިން އެންމެ ބާރުގަދަ ގުޑުމުގެ މެގްނެޓިއުޑަކީ 7.6 އެކެވެ. އޭގެ ސަބަބުން ވަރަށްބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. ޖަޕާނުން ޢިއުލާންކުރި ސުނާމީގެ އިންޒާރުގައި އިޝިކާވާ ސަރަޙައްދަށް 5 މީޓަރު […]

ރަޝިޔާއާއި ޗައިނާއިން މިލިޓްރީ އެއްބަސްވުމަކަށް

ދުނިޔޭގެ ފުންނާބު އުސް މިލިޓްރީ ތަޖްރިބާކާރުން ގެ ނަޒަރުގައި ރަޝިޔާއާއި ޗައިނާއިން މިލިޓްރީ އެއްބަސްވުމެއް ގާއިމް ކުރުމަކީ މިހާރުވެސް ދުނިޔޭގެ ކުރިމަތީގައި ބާރުކެނޑެމުންދާ އެމެރިކާގެ ނުފޫޒަށް ލިބިގެންދާނެ އިތުރު ހީނަރުކަމެކެވެ.  އަދި އެތައްޒަމާނަކަށް ދެމިގެންމިދާ އެމެރިކާގެ ބާރުގަދަ ރަސްކަމަށް މެދުވެރިވާނެ ނުރައްކަލެއްވެސް މެއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުމާއެކު މި ނުރައްކަލުގެ ފެށުމާ ކުރިމަތިލާން ޖެހޭނެކަން އެމެރިކާއަށްވެސް ކޮންމެވެސް ވަރަކަށް އެނގިއްޖެކަމަށް ބެލެވެއެވެ. ރަޝިޔާއާއި ޗައިނާ މިލިޓްރީގޮތުން ގުޅުން ބަދަހިވަމުން ދާތަން އެމެރިކާއިންވެސް ދަނީ ބަލަމުންނެވެ. މިލިޓްރީގޮތުން އެއްވެސް ގައުމަކަށް އެމެރިކާއާއި ކުރިމަތި […]

ހަނގުރާމާގައި ވަރަށްބޮޑު އަގެއް އަދާކުރަން އެބަޖެހޭ – ނަތަންޔާހޫ

ހަނގުރާމައިގާ މަރުވަމުންދާ އިސްރާއީލުގެ ސިފައިން އަދަދު އިތުރުވަމުން ދިއުމަށް އިޝާރާތް ކޮށް ޙަމާސްއާއި އެކު ކުރެވެމްދާ ހަނގުރާމައަށް ވަރަށްބޮޑު އަގެއް އަދާކުރަން އެބަޖެހޭ ކަމަށް އިސްރާއީލުންގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ. އޭނާ ބުނިގައި މިއީ ވަރަށް އުނދަގޫ ވަގުތެކެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމުގައި މިދިޔަ ކުރުދުވަހުން ފެށިގެން މި ހަފުތާގެ އާދީއްތަ ދުވަހާ ހަމަޔަށް އިސްރާއީލުގެ ސާދަ ސިފައިން މަރާލާފައިވާތީ އެކަމަށް އިޝާރަތްކޮށްފާ ނަތަންޔާހޫ ބުންޏެވެ.  މިހާތަނަށް އިސްރާއީލު ސިފައިންގެ 150 މީހުންނަށްވުރެންވެސް ގިނައިން މަރާލާފައި ވިޔަސް ކެބިނެޓްގައި ވާހަކަ ދައްކަމުން އޭނާ އަދިވެސް […]

ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުން

ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުން އަދާކުރަމުން ގެންދާ ދައުރު މައިތިރި ކުރުމުގެ ވާހަކަ ތަކަކީ މީގެ ދެތިން އަހަރުއްސުރެން ދުނިޔޭގެ އިގްތިސާދީ މައިދާނުގައި އެންމެ ހޫނުގަދަ ބަހުސް ކަމުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.  ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުން ހިފާއްޓާފައިވާ މަގާމު ދަށްކުރުމަށް ނުވަތަ އެމެރިކާ ޑޮލަރުގެ ބޭނުން ނައްތާލުމަށްޓަކައި ތަފާތު ގައުމުތަކުން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.  ބްރިކްސްގެ ގައުމުތަކުން މިކަމުގައި ވަރަށް ޚާއްސަ ދައުރެއް ކުޅޭނެ ކަމަށް ބެލެވޭތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އަދި އެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާތަން ފެނެއެވެ.   […]

މެޑިޓެރޭނިއަން ކަނޑު ބަންދު ކޮށްލާފާނެ ކަމުގެ އިންޒާރު އީރާނުންދީފި

ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި އެމެރިކާގެ ބައިވެރިވުމާއެކު ގައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާގުޅިގެން މެޑީޓެރޭނިއަން ކަނޑު ބަންދު ކޮށްލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުން ޙަމާސްއަށް ތާއީދު ކުރަމުން ދާއިރު ދުނިޔޭގެ ކަންކޮޅު ތަކުން ފާޑުކިޔަމުން ގެންދާއިރުވެސް އެމެރިކާއިން ގެންދަނީ އިސްރާއީލަށް ތާއިދާއި މަދަދުދީ ސީދާ އެހަނގުރާމާގައި ބައިވެރިއެއްގެ ގޮތުގައި ޙަރަކާތްތެރި ވަމުންނެވެ. އެމެރިކާއިން އެހެން ގައުމުތަކުގައި އެ ހަނގުރާމައިގެ ތެރެއަށް ނުވަންނުމަށް ބުނާއިރު އެމެރިކާއަކީ ހަނގުރާމައިގެ ސިދާ ބައިވެރިކެވެ. އެގޮތުން އެމެރިކާއިން ހުރިހާ އިންތަކެއްވަނީ ގިރާކޮށްފައިކަމަށް އީރާނުން ބުފިއެވެ.              “ ދާދިއަވަހަށް ޖިބްރޯލްޓަރ […]

ރެޑްސީ ތެރޭގައި ދަތުރުކުރާ ބޯޓުފަހަރުގެ ބޮކިތައް ނިއްވާލަން ޖެހިއްޖެ

ޔަމަނުގެ ހޫތީން ޙަމަލާތަކުގެ އަމާޒަކަށް ނުވެ ރެޑްސީގެ ތެރެއިން ދަތުރުކުރުމަށްޓަކައި ބޯޓުފަހަރުގެ ބޮކިތަކާއި ޓްރެކިންގ ސިގްނަލްތައް ނިއްވާލަން މަޖުބޫރު ކުރުވައިފިއެވެ. މިހިސާބުން އުފެދޭ ބޮޑު ސުވާލަކީ ޔަމަނުގެ ހޫތީންނަކީ ކިހާ ބާރުގަދަ ބައެއް ހެއްޔެވެ؟                                                 މީގެ ދިހަވަރަކަށް އަހަރުކުރިން ދުނިޔޭގެ މާބޮޑު ސަމާލުކަމެއް ލިބިފައިނުވާ ހޫތީންނަކީ މިއަދު ދުނިޔޭގެ އިގްތިސާދު […]

ގާޒާގެ ޓަނެލް ތަކަކީ ޒައަނިސްޓު ޓެރެރިސްޓުންނަށް ބޮޑުވެގެންވާ ނުރައްކަލެއް

ދާދިފަހުން ހަމާސްއިން މިނިވަން ކުރި ރަޙީނުންގެ ތެރޭގައިހިމެނޭ އިސްރާއީލުގެ ޓެރަރިސްޓް ކުލީސިފައިންގެ މީހަކު އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އާއި އަދި ހަނގުރާމައާއިބެހޭ ކެބިނެޓްގެ ވަޒީރު ބެނީ ގާންޒް އާއި ބައްދަލު ކޮށް ހަމާސްގެ ޓަނެލް ތަކަކީ ބޮޑުވެގެންވާ ނުރައްކާތެރިކަން އެކުލެވޭ ތަނެއް ކަމަށާއި އެތަނަށް ވަންނަން މަސައްކަތް ނުކުރުމަށް ދަންނަވައިފިއެވެ. އެމީހުންނަށް މެދުވެރިވި ކަންތައްތަކާއި އެތަންތާނގެ ބިރުވެރިކަން ރަނގަޅަށް ތަސައްވުރު ކުރެވި ސިކުނޑިގޮވާވަރަށް ބިރުގެންފައި ތިބެން މިޖެހެނީ މިހާރު މިނިވަންވެފައި ތިބިނަމަވެސް އެބިރުވެރިކަމުގެ ތެރެއިން ކަމަށް އޭނާ އެބޭފުޅުންނަށް ދެންނެވިއެވެ.   […]