އިސްރާޢީލުގެ އެތައް ހާސް ސިފައިން ގައްޒާއިން ނެރެނީ

Loading

Facebook
Twitter
WhatsApp

ފަހުގެ ޚަބަރުތައް ބުނާގޮތުގައި ގައްޒާގައި ހަނގުރާމަކުރަމުން ގެންދިޔަ އިސްރާއީލު ސިފައިން ގެ އެތައްހާސް ބަޔަކު ގައްޒާއިން ނެރެގެން ދެކުނުގެ ސަރަޙައްދު ތަކަށް ގެންދަން ފަށައިފިއެވެ. 

އިސްރާޢީލުން ހާމަކޮށްފައިވާ ގޮތުގައި މިބަދަލު ގެނައުމުގެ ބޭނުމަކީ މިހާރު އުތުރުގެ ސަރަޙައްދުތައް އިސްރާޢީލުގެ ބާރުގެ ދަށަށް ގެނެވިފައި ވުމާއިއެކު ދެކުނުގެ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމެވެ.

އެހެންނަމަވެސް ބައެއް މީޑިއާތަކުގައި އިސްރާއީލު ސިފައިންގެ ވެރިންނަށް ޙަވާލާދީ ބުނެފައިވަނީ ސިފައިން ގައްޒާއިން ނެރެގެން ގެންދަނީ އެމީހުންނަށް އަރާމުކުރުމުގެ ވަގުތު ދިނުމަށާއި އަދި ތަމްރީނުތައް ފުރިހަމަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. 

މި ކަމާއިގުޅިގެން  އިސްރާއީލު ސިފައިންގެ ތަރުޖަމާނު ރެއަރ އެޑްމިރަލް ޑެނިއަލް ހަގާރި ބުނެފައިވަނީ ސިފައިންނަށް އަރާމު ކުރުމަށާއި އަދި ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ހަނގުރާމައިގެ މައިދާނުން ނެރެންޖެހުނީ މިހަނގުރާމައަކީ ވަރަށް ބޮޑަށް ދިގު ދެމިގެން ދާނެ ހަނގުރާމައަކަށް ވާނެތީ ކަމަށެވެ. 

މިދަނޑިވަޅުގައި އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާއިން އިސްރާއީލަށް އަންގަމުން ގެންދަނީ ހަނގުރާމާގައި ތަންކޮޅެއް މައިތިރި ކުރުމަށެވެ. މައިތިރި ވުމުގެ މި އަމުރު އައިސްފައިމިވަނީ ޚާރިޖީ ވަޒީރު ބްލިންކަން އެ ސަރަޙައްދަށް ކުރައްވަން ނިންމަވާފައިވާ ދަތުރު ފުޅާއި އަދި ކޮންގްރެސްއަށް އެނގުމަކާ ނުލައި ބައިޑްން ސަރުކާރުން އިސްރާއީލަށް އިމަރޖެންސީގައި ބޭނުންކުރަން ކަމަށް ބުނެ އެތައް މިލިއަން ޑޮލަރެއްގެ ހަތިޔާރު މި ހަނގުރާމަކުރުމަށް އިސްރާއީލަށްފޮނުވުމުގެ ކުރިންނެވެ.                                                     

ގައްޒާގެ ޚާން ޔޫނިސް ގައި އިސްރާއީލު ސިފައިން އިސްލާމިކް ޖިހާދުގެ ހަނގުރާމަ ވެރިންނާ ދެކޮޅަށް މިހާރުވެސް ވަރުގަދައަށް ހަނގުރާމަ ހިންގަމުން އެބަ ގެންދެއެވެ. އާދީއްތަ ދުވަހު އިސްރާއީލު ސިފައިން ޚާން ޔޫނިސްގެ ބީޗް ރޯޑަށް ދިން ޙަމަލާތަކުގައި ވަރަށްގިނަ އާންމު ރައްޔިތުން ޝަހީދުކޮށް ލާފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން އެކްސް ގައި ހާމަކޮށްފައިވެއެވެ.

ހަމަ އެއާއިއެކު ގައްޒާގެ ރެފިއުޖީ ކޭމްޕް ތަކަށްވެސް އިސްރާއީލުން ގެންދަނީ މެދުކެނޑުމެއް ނެތި ޙަމަލާތައް ދެމުންނެވެ. ނުސީރަތު ރެފިއުޖީ ކޭމްޕުން ވާހަކަ ދެއްކި ސައީދު މުސްތަފާ ބުނެފައިވާގޮތުގައި މިއީ އަލަށްފެށި ހަމަލާތަކެއް ނޫނެވެ.  

ނުސީރަތު ކޭމްޕާއި މިތާ ކައިރީގައި ހުރި ބުރީޖް އަދި މަޣާޒީ ރެފިއުޖީ ކޭމްޕްތަކަށް އިސްރާއީލުން ޙަމަލާ ނުދޭ އިރެއް ނާދެއެވެ. އެސޯޝިއޭޓެޑް ޕްރެސް އިން މުސްތަފާއާއި ވާހަކަ ދައްކަމުން ގެންދިޔަ އިރުވެސް ބާރުގަދަ ގޮވުންތަކުގެ އަޑު އިވިއިވި ހުއްޓެވެ. އިސްރާއީލުގެ އަހުދަކީ 16 އަހަރުވަންދެން ގައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ބިމުން ލުހެލުމެވެ.                                                       

އިސްރާއީލުން ބުނެފައިވަނީ މިހާރަނަށް ޙަމާސްގެ ހަނގުރާމަ ވެރިންތެރެއިން 8000 މީހުން ޝަހީދުކޮށްލާފައި ވާނެ ކަމަށެވެ. އެކަމަކު އެކަން ޔަގީންކޮށް ދީފައެއް ނުވެއެވެ. ކޮންމެއަކަސް މިހަނގުރާމައިގާ ގައްޒާގެ އާބަދީގެ %85 މީހުންވަނީ ވިއްސި ވިހާލިކޮށް އިސްރާއީލުން ކަނޑައަޅާފައިވާ ސަލާމަތީ ސަރަހައްދުތަކަށް ދިއުން މަޖުބޫރު ކުރުވާފައެވެ. 

އެހެންނަމަވެސް އެ ތަންތަނަށްވެސް އިސްރާއީލުން ގެންދަނީ ބޮން އަޅަމުން ކަމުގައި މީޑިއާތަކުން ގެންދަނީ ހާމަކުރަމުންނެވެ. އިސްރާއީލުން ބުނެފައިވާގޮތުގައި ހަމާސްގެ ނުޚުބާ ލަޝްކަރުގެ އިސް ބޭފުޅަކު ކަމުގައި ބެލެވޭ އާދިލް މިސްމާހް ވަނީ ދާރުލް ބަލާހުގެ މެދުތެރޭގައި ޝަހީދުކޮށްލާ ފައެވެ.

ހަމައެއާއެކު އިސްރާއީލުގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައި ބެލޭވޭ ޓެލް އަވީވަށް އަމާޒުކޮށް 2024 ވަނަ އަހަރު ފެށުނު ސުން ގަޑީގައި ހަމާސް އިން ގިނަ އަދަދެއްގެ ރޮކެޓް ހަމަލާ ފޮނުވާލިއެވެ.                 

އިސްރާއީލު ސަރުކާރުން އެންމެ ފަހުންވެސް ބުނެފައިވަނީ ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލަން އެއްބަސް ނުވާނެ ކަމަށާއި އޭރުން ހަމާސްއަށް މި ހަނގުރާމަ ކާމިޔާބު ކުރެވުނީކަމަށް ބެލެވިދާން ކަމަށެވެ. 

އިސްރާއީލު ސިފައިންގެ ސްޓްރާޓީޖިކް ޕްލޭންގެ ވެރިޔަކަށް ކުރިން ހުރި އަދި މިހާރު މުސްކުޅި ކުރައްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް ޝްލޯމް ބްރޯމް ބުނެފައިވަނީ ގައްޒާއިން ސިފައިންގެ ބައެއް ފައުޖުތައް ބޭލުމަކީ އެމެރިކާގެ ފިއްތުންތަކާހުރެ އެހެންގޮތެއް ނެތިގެން ކުރާ ކަމެއް ކަމަށެވެ.                                  

މިދިޔަ ހަފުތާގައި އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި މިހަނގުރާމައިގާ އިސްރާއީލުގެ ސިފައިންގެ ތެރޭން ޖުމުލަ 172 މީހުން ވަނީ މަރާލާފައެވެ.

އޭގެތެރޭގައި އިސްރާއީލު ސިފައިންނަށް އޮޅިގެން އަމިއްލަ ލަޝްކަރުގެ ތެރޭން މަރާލާފައިވާ 18 މީހުންނާއި އަދި ގެންގުޅުނު ހަތިޔާރުތައް ގޮވުންފަދަ ޙާދިސާތަކުގައި މަރުވި 11 ސިފައިންވެސް ހިމެނެއެވެ.                                                              

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް