ރަޝިޔާއާއި އީރާނުން ސްފިޓް ބޭނުން ކުރުން ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp

ބްރިކްސް ޖަމާޢަތަށް ނިސްބަތްކުރެވޭ ރަޝިޔާއާއި އީރާނަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަޅަމުންގެންދާ ޖެއްސުން ކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން އެ ދެގައުމަށް ކުރިމަތި ވެފައިވާ ބައެއް ގޮންޖެހުންތަކުން އަރާގަތުމުގެ ފިޔަވަޅެއްގެއްގޮތުން ބޭރުގެ ވިޔަފާރިތަކުގައި ސްވިފްޓް ގެ ވަސީލަތުން މުޢާމަލާތުކުރުންހުއްޓާލުމަށް އީރާނާއި ރަޝިޔާ އިން އެއްބަސްވެއްޖެއެވެ.

އޭގެ ބަދަލުގައި އެ ދެ ގައުމުން ކުރަމުންގެންދާ ބޭރުގެ ވިޔަފާރިތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ދެން ބޭނުންކުރާނީ ދެގައުމުގެ ފައިސާއެވެ. މިއެއްބަސްވުމާއިގުޅިގެން ލުއިފަސޭހަ ގޮތެއްގައި ދެގައުމުން ކުރާ ބޭރުގެ ވިޔަފާރީގައި ދެގައުމުގެ ފައިސާ ބޭނުންކުރަން މަގުފަހިކުރުމުގެ މަސައްކަތް ދެ ގައުމުގެ މަރުކަޒީ ބޭންކުން މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ. 

އީރާނުގެ މަރުކަޒީ ބޭންކުގެ އިންޓަރނޭޝަނަލް އެފެއާރޒްގެ ޑެޕިއުޓީ ޑިރެކްޓަރ މުހްސިން ކަރީމީ ވިދާޅުވެފައިވަނީ އެ ގައުމުން ރަޝިޔާއާއެކު ކުރާ ވިޔަފާރީގައި އެމެރިކާ ޑޮލަރ ދެން ބޭނުން ނުކުރާނެ ކަމަށެވެ. 

މުހްސިން ކަރީމީ ވިދާޅުވެފައިވަނީ ވިޔަފާރީގެ މުޢާމަލާތުތައް ކުރުމަށްޓަކައި ދެގައުމުގެ ބޭންކުތައް މިހާރު ހުންނާނީ މުވާސަލާތީ ގޮތުން ގުޅާލެވިފައި ކަމަށާއި އެކަމުގައި ދެން ސްވިޒަރލޭންޑްގެ ތެރެއަށް ވަންނަން  ބޭނުން ނުވާނެކަމަށެވެ.

އީރާނުގެ އެކްސްޕޯޓްގެ ޢަދަދަކަށް އަހަރަކު 71.6 ބިލިއަން ޑޮލަރެވެ. އަދި ރަޝީޔާގެ އެކްސްޕޯޓްގެ ޢަދަދު 113 ބިލިއަން ޑޯލަރުގައި އުޅެއެވެ. 

ދުނިޔޭގެ އެންމެ ބޮޑު މަލްޓިނޭޝަލަން އިންވެސްޓްމެންޓް ބޭންކް މޯރގަން ސްޓޭންލީ އިން ދާދީ ފަހަކާ ޖެހެންދެންވެސް ބްރިކްސް ޖަމާޢަތުން އެމެރިކާ ޑޮލަރުގެ ބޭނުން ކުޑަކުރަން ކުރަމުންގެންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށާއި އެއީ “ ކޮސް ގޮވުން “ ކަމަށް ބުނަމުން ގެންދިއުން މިހާރު ބަދަލުވެ އެއީ ޙަގީގަތަކަށް ވެދާނެ ކަމަށް ގަބޫލުކުރެވެން ފަށައިފިކަން ދޭހަވާ ގޮތަކަށް ބަސްމަގު ބަދަލު ކޮށްފިއެވެ. 

މޯރގަން ސްޓޭންލީގެ ރިޕޯރޓުގައި ބުނެފައިވަނީ އެމެރިކާ ޑޮލަރުގެ މަގާމާ ބެހޭގޮތުން އަހަރެމެން ދެކެމުން އައިގޮތް މިހާރު ބަދަލުކުރަން ޖެހިފައިވާކަމަށެވެ.ބްރިކްސް ގައި ނުހިމެނޭ ބައެއް ގައުމުތަކުންވެސް ބޭރުގެ ވިޔަފާރީގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް އެ ގައުމުތަކުގެ ފައިސާ ބޭނުންކުރުން އިތުރުވަމުން ދާކަންވެސް ފާހަގަކޮށްފައި ވެއެވެ.         

ބްރިކްސްގެ މިހާރުގެ 10 މެމްބަރުގައުމަށް އީރާނުން ގޮވާލަމުން ގެންދަނީ އަމިއްލަ ފައިސާއާއެކު ގައުމުތަކުގެ ވިޔަފާރި ކޮޅަށް ޖަހަންވީ ވަގުތު އަތުވެއްޖެ ކަމަށެވެ.       

Loading

5 Responses

  1. ޑޮލަރ ދައްކައިގެން ފުއްޕާއުޅެވޭނީވެސް ވަކި މުއްދަތަކަށް. ދުނިޔޭގެ ކަންތައް ހިނގާނީ އެއް އުޅި މަތިން އަނެއް އުޅި ދަށުން ކަމަށްބުނެ އުޅޭ. އަހަރެމެންގެ ކާބަފައިންނަށް މިވަރު އެނގޭއިރު އެހެންމީހުންނަށް އަދި މާރަނގަޅަށް އެގޭނެ.

  2. ހުރިހާކަމެއްގައި އެމެރިކާއަށް ބަރޯސާވާން ކުޑަކޮށް އެމެރިކާ ޑޮލަރާއި ޤައުމުތަކުގެ އިޤްތިޞާދު ކޮޅަށް ޖަހައިގެންނޫނީ ދުނިޔެ ޞުލްޙަ ވާކަށެއް ނެތް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް