ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީއަކީ އިސްލާމީ ގައުމުތަކުގެ ދިފާޢީ އައްޑަނަ!

މިދިޔަ ހަފުތާގައި އިސްލާމީ އިލްމުވެރިން ހަމާސްގެ ބައެއް އިސްބޭފުޅުންނާއި އެކުޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބޭއްވި ބައްދަލުވުމެއްގައި ޕާކިސްތާނުން އިސްރާއީލަށް އިންޒާރު ދީފިނަމަ ގައްޒާގައި ހިނގަމުންދާ ހަނުގާރަމަ އިސްރާއީލުން ހުއްޓާލުމުގެ ފުރުސަތު ބޮޑުކަމަށް ބާރުލިބިދޭ ޝުއޫރުތަކެއް ހާމަކޮށްފިއެވެ. މިހާތަނަށް ދުނިޔޭގައިއޮތް ނިއުކްލިއަރ ބާރުލިބިފައިވާ ހަމައެކަނި އިސްލާމީ ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނަކީ އިސްލާމީ އުންމަތުގެ ދިފާއީ އައްޑަނަ ކަމުގައި ދުނިޔެއަށް ހާމަކޮށްދޭން ޖެހޭނެކަމުގެ ޝުޢޫރުތަކެވެ. މި ޚަބަރު އިސާހިތަކު ޕާކިސްތާނުގެ މީޑިއާގައި ފެތުރިގެން ދިއުމާއިއެކު މެދުއިރުމައްޗާއި ހުޅަނގުން މިހާރު ބޭނުންކުރެވޭ ބަސްމަގު ފިނިކުރުމަށް މަސައްކަތް ކުރަމުން ގެންދާ މިޑްލް އީސްޓް މީޑިއާ ރިސާޗް ސެންޓަރުގެ ސަމާލުކަމަށްވެސް […]

ހަނގުރާމައަށް އެހީ ދިނުމަށް ރިޕަބްލިކުންގެ ރުހުމެއް ނުލިބުނު

ޔޫކްރެއިނަށާއި އިސްރާއީލަށް 110 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމުގެ ހުއްދައަށް އެދި އެމެރިކާ ސަރުކާރުން ކޮންގްރެސްއަށް ހުށައެޅުމުން އެކަމަށް ކޮންމެހެން ބޭނުންވާ 60 ވޯޓް ލިބޭގޮތެއް ނުވިއެވެ.   ފަލަސްތީނާއި އިސްރާއީލުގެ ހަނގުރާމައިގެ ވަގުތުގައި އެ ފައިސާ ދިނުން ހުއްޓުވަން ބާރު އެޅީ އިދިކޮޅު ރިޕަބްލިކް ނުންނެވެ. އެޕާޓީން ދެކޭގޮތުގައިއެމެރިކާއާއި އެހެން ގައުމުތަކާއި ގުޅިފައިވާ ބޯރޑަރުތަކުގެ މައްސަލައަކީ އެމެރިކާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިހާރުން މިހާރަށް ގޮތެއް ނިންމަން ޖެހިފައިވާއިރު އެކެން މަޑުޖައްސާފައި އެވަރުގެ ބޮޑު ހޭދައެއް އެހެންގައުމެއްގެ ހަނގުރާމައަށްޓަކައި މިދަނޑިވަޅު ދެވޭކަން ނެތީއެވެ. ފުރަތަމަ އެމެރިކާ ބޯޑަރގެ ސަލާމަތީ ކަންތައްތަކަށް ރަނގަޅު ނިމުމެއް ނިންމަންޖެހޭކަމަށެވެ. 49 […]

ފައިލޭރިއާ ބަލީގެ ވޭދަނަތަކެއް ކުޅުދުއްފުށީ ސިޓީން ފެނިއްޖެ

ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުއްފުށީ ސިޓީން ފެނިއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕެއްގެ ތެރެއިން ފައިލޭރިއާގެ ވޭދަނަތަކެއް ފެނިފައިވާ ކަމަށެވެ.   އެހެންކަމުން ފައިލޭރިޔާ ސްކްރީނިންގ […]

އިންޑިއާގެ އަމިއްލަ ގާނޫނުތަކަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ދެކޮޅަށް ބަލާގަނެވޭނެ އެއްޗެއް ނޫން – ޕާކިސްތާނު

އިނގިރޭސީންގެ އިސްތިއުމާރުގެ ޒަމާނުގައި އެކުލަވާލާފައިއޮތް އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާގެ ދަށުން މުސްލިމުންގެ އާބާދީ ގިނަ ޖައްމޫ އާއި ކަޝްމީރަށް ލިބިދީފައިވާ ޚާއްސަ އިމްތިޔާޒުތައް އިންޑިއާގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން 2019 ވަނަ އަހރުގެ އޯގަސްޓް މަހުގައި އުވާލާފައިވަނީ ރަނގަޅަށް ކަމަށް އިންޑިއާގެ އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފިއެވެ.  ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން މީގެ ފަހުން ޖައްމޫ އާއި ކަޝްމީރަކީ އިންޑިއާގެ އެހެން ސްޓޭޓް ތަކެކޭ އެއްފަދައިން އިންޑިއަން ޔޫނިއަންގެ ތެރޭގައި […]

ދެ ދައުލަތް އުފެއްދުން ނޫންގޮތަކަށް ފަލަސްތީނަށް ދާއިމީ ސުލްޙައެއް ނުގެނެވޭނެ – ޗައިނާ

ޔުނައިޓެޑް ނޭޝަންސްގެ ސަލާމަތީ ކައުންސިލްގެ ބައްދަލުވުން ނިމުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ މެދުއިރުމަތީގައި ދާއިމީ ސުލްޙަވެރި ވެއްޓެއް ގާއިމްކުރުމަށްޓަކައި ފަލަސްތީނުގައި ދެ ދައުލަތް ގާއިމް ކުރުން ނޫން އެހެން ގޮތެއް ނެތްކަމަށާއި އެކަން މާދަމައަށް ފަސްކުރެވޭކަށްވެސް ނެތް ކަމަށެވެ. މިއީ ބައިނަލް އަގްވާމީ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހިފައިވާ މަސައްކަތެވެ. އަދި މިހާރު ހިނަގަމުންދާ ހަނގުރާމައަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން އެންމެ ހިނދުކޮޅަކަށްވެސް ލަސްކުރެވެން ނެތްކަން ހާމަވެގެންދާ ހެއްކެއްކަމަށެވެ. ޔުނައިޓެޑް ނޭޝަންސްގެ ސަލާމަތާބެހޭ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު […]

އީރާނުން އަލަށް އުފެއްދި ހައިޕަރސޯނިކް މިސައިލް ދައްކާލައިފި

މިދިޔަ ޖޫންމަހުގެތެރޭގައި އީރާނުން އުފެއްދި  ގަޑިއަކު 1400 މޭލަށް ދަތުރުކުރާ ފައްތާޙް ހައިޕަރސޯނިކް މިސައިލް އެންޓި އެއަރކްރާފްޓްގެ ޙަމަލާތަކުގެ އަމާޒަކަށް ނުވާނެގޮތުން އިތުރަށް ތަރައްގީ ކުރުމަށްފަހު ފައްތާޙް 2 ދުނިޔެއަށް ދައްކާލައިފިއެވެ. އީރާނުން ހާމަކޮށްފައިވާ ގޮތުގައި މި އުޅަނދުގެ ދުވެލި އަޑަށްވުރެން 15 ގުނަ ބާރުވާނެއެވެ. އޭގެ މާނައަކީ ގަޑިއަކު ގާތްގަނޑަކަށް 9000 މޭލުގެ ބާރު ދުވެއްޔެކެވެ. އަދި އެ އުޅަނދުގައި ހައިޕަރސޯނިކް ގްލައިޑް ހަރުކޮށްފާ ހުރުމުގެ ސަބަބުންނާއި މިސައިލް ވަކިކޮށްލެވި އަދި ވަރަށް އަވަހަށް މިސްރާބު ބަދަލުކުރެވޭނެތީ ކޮންވެންޝަނަލް މިސައިލް ޑިފެންސުގެ ނުރައްކާ ކުރިމަތިވެދާނެ ޙާލަތެއްވެސް ނޯންނާނެއެވެ. އީރާނުގެ […]

ގައްޒާގެ މައްސަލާގައި ސްޕެއިނާއި ބެލްޖިއަމްގެ ސަފީރުން އިސްރާއީލުގެ ޚާރިޖިއްޔާއަށް ޙާޒިރުކުރުވައިފި

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އަނިޔާވެރި އުދުވާނާ ދެކޮޅަށް ވާހަކަފުޅު ދެއްކެވުމުން އިސްރާއީލުގައި ތިއްބަވާ ސްޕެއިނާއި ބެލްޖިއަމްގެ ސަފީރުންނަށް ހޫނުފެން ބޯންދިނުމަށްޓަކައި އިސްރާއީލުގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށްފިއެވެ. އެހެންނަމަވެސް ނަތިޖާ ނިކުތީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. މި ޚަބަރު އާންމުވުމާއިއެކު ސްޕޭނުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ސްޕޭނުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އިސްރާއީލު ސަރުކާރުން ސްޕެއިންގެ ބޮޑުވަޒީރޭ ކިޔައިގެން ހެއްދެވިހާ ދޮގުޚަބަރުތައް ފަތުރަމުން ގެންދާ ސަބަބު ސާފުކޮށްދޭން އަންގައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑަރ ޑި ކްރޫ އާއި ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާއި ދެބޭފުޅުން […]

ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާދިނީ ސަބަބެއް ނެތިއެއް ނޫން

ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާ ދިނީ ސަބަބެއް ނެތި ނޫންކަމުގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ. އެހެންވިދާޅުވުމުން ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ޓެރަރިޒަމަށް ހިތްވަރުދެނީ ކަމަށްބުނެ އިސްރާއީލުން ރަތަށް އަރައިފިއެވެ. ގުޓަރެސް ވިދާޅުވީ ޙަމާސްގެ ޙަމަލާގައި މަރުވެދިޔަ މީހުންނާމެދު ހިތާމަ ކުރައްވާ ކަމަށާއި އެހެންނަމަވެސް އެޙަމަލާ މެދުވެރިވެފައި ވަނީ ސަބަބެއް ނެތި ނޫންކަމަށެވެ. ޙަމާސްއިން އެދިން ޙަމަލާއަކީ ހަރުކަށި އަދި ލާއިންސާނީ އަމަލެއް ނޫނެކޭ ނުބުނަމެވެ. މައްސްލާގެ އަސްލަކީބައްގެ ބިން ގަދަބާރުން އަތުލައި އަޅުވެތިކޮށް ބޭނުންވެއްޖެ ކޮންމެހިދެއްގައި އަނިޔާވެރިކަން އިސްކުރާ ކުރުމެވެ. އަދި މިހާރު […]

ވާގްނަރ އިން ޙިޒްބުއްލާ އަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދެނީ

ރަޝިޔާގެ އެދުމުގެ މަތިން ރަޝިޔާގެ ހަނގުރާމަވެރި ޖަމާޢަތް ވާގްނަރ އިން އީރާން މެދުވެރިކޮށް ހިޒްބުއްލާ އަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެ ނިޒާމް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ރަޝިޔާގެ ފަރުދުންނާއި ޖަމާއަތްތަކާމެދު ވޯޝިންގްޓަނުން ކައުންޓަރ ޓެރަރިޒަމް ދަށުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ވައިޓް ހައުސްގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ވަނީ އިންޒާރު ދީފައެވެ. އޭނާގެ އިންޒާރުގައި އިތުރަށް ބުނެފައިވަނީ އީރާނާއި ރަޝިޔާގެ ގުޅުމަކީ ބައިނަލް އަގްވާމީގޮތުން މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ރަޝިޔާއާއި އީރާނުގެ ގުޅުން ފުޅާވަމުންގޮސް އީރާނުގެ […]

އިސްރާއީލަށް ނިސްބަތްކުރެވޭ އާގު ބޯޓެއް ޔަމަނުގެ ހޫތީންގެ އަތުލައިގަތުން

އިސްރާއީލަށް ނިސްބަތް ކުރެވޭ އާގު ބޯޓު “ ގެލެކްސީ ލީޑަރ“ ދެކުނު ރެޑްސީގެ ތެރެއިން ހޫތީންގެ ބާރުގެ ދަށަށް ގެނެސްފިކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ.  މިކަން ޔަމަނުގެ ހޫތީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އިސްރާއީލުން މިކަންވެސް އަޅުވަމުން ގެންދަނީ އީރާނުގެ ބޮލުގައެވެ. ގެލެކްސީ ލީޑަރ އަކީ ބުނެވޭގޮތުގައި އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ޙިއްސާއެއްވެސް ހިމެނޭ ބޯޓެކެވެ.  ބޯޓު ބަރުކޮށްފައިވަނީ ތުރުކީން އިންޑިއާއަށެވެ. ހޫތީންގެ ފަރާތުން ބުނެފައިވާ ގޮތުގައި މިއީ އިސްރާއީލުގެ ބޯޓުފަހަރު ހިފޭއްޓުމަށް ފަށައިގަތުމެކެވެ. އެއްވެސް ބޯޓެއް އިސްރާއީލަށް މުދާ ބަރުކޮށްގެން ނުވަތަ އިސްރާއީލުން މުދާ ބަރުކޮށްގެން […]