ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީއަކީ އިސްލާމީ ގައުމުތަކުގެ ދިފާޢީ އައްޑަނަ!

Loading

Facebook
Twitter
WhatsApp

މިދިޔަ ހަފުތާގައި އިސްލާމީ އިލްމުވެރިން ހަމާސްގެ ބައެއް އިސްބޭފުޅުންނާއި އެކުޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބޭއްވި ބައްދަލުވުމެއްގައި ޕާކިސްތާނުން އިސްރާއީލަށް އިންޒާރު ދީފިނަމަ ގައްޒާގައި ހިނގަމުންދާ ހަނުގާރަމަ އިސްރާއީލުން ހުއްޓާލުމުގެ ފުރުސަތު ބޮޑުކަމަށް ބާރުލިބިދޭ ޝުއޫރުތަކެއް ހާމަކޮށްފިއެވެ.

މިހާތަނަށް ދުނިޔޭގައިއޮތް ނިއުކްލިއަރ ބާރުލިބިފައިވާ ހަމައެކަނި އިސްލާމީ ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނަކީ އިސްލާމީ އުންމަތުގެ ދިފާއީ އައްޑަނަ ކަމުގައި ދުނިޔެއަށް ހާމަކޮށްދޭން ޖެހޭނެކަމުގެ ޝުޢޫރުތަކެވެ.

މި ޚަބަރު އިސާހިތަކު ޕާކިސްތާނުގެ މީޑިއާގައި ފެތުރިގެން ދިއުމާއިއެކު މެދުއިރުމައްޗާއި ހުޅަނގުން މިހާރު ބޭނުންކުރެވޭ ބަސްމަގު ފިނިކުރުމަށް މަސައްކަތް ކުރަމުން ގެންދާ މިޑްލް އީސްޓް މީޑިއާ ރިސާޗް ސެންޓަރުގެ ސަމާލުކަމަށްވެސް އަތުވެއްޖެއެވެ.

“ ދަ ސެންކްޓިޓީ އޮފް އަލް އަގްސާ މޮސްކު އަދި އެކަމުގައި މުސްލިމް އުންމަތުގެ ޒިންމާ “ ގެނަމުގައި ޕާކިސްތާނުގެ އުންމާ ޔުނިޓީ އެސެމްބްލީން އިންތިޒާމް ކުރި މި ބައްދަލު ވުމުގައި ޕާކިސްތާނުގެ ވަރަށްގިނަ އަދަދެއްގެ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޙަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާގެ ވާހަކަފުޅުގައި އެދިވަޑައިގަތީ ފަލަސްތީނާއި އާއި އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަނގުރާމާގައި ޕާކިސްތާނުން މިހާރަށްވުރެން މުހިންމު ދައުރެއް އަދާކޮށް ދެއްވުމަށެވެ.

ޕާކިސްތާނަކީ މިލިޓްރީގޮތުން ބާރުގަދަ ގައުމެކެވެ. ޕާކިސްތާނުން އެ ބާރު ބޭނުން ކޮށްފާނެ ކަން އިސްރާއީލަށް އެނގޭ ހިސާބުން ފަހަތަށް ޖެހޭނެކަމަށް އުންމީދުކުރެވޭ ކަމުގައެވެ. ހަނިއްޔާ ވިދާޅުވީ ހަމާސް އިން  އިސްނަގައިއިސްރާއީލާ ދެކޮޅަށް މިކުރާ ހަނގުރާމާގައި މިހާތަނަށް ވިހިހާސް މީހުން ޝަހީދު ވެއްޖެއެވެ.

އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނާއި ޢާންމު ފަރުދުންނެވެ.އިސްރާއީލުގެ ކުރިއަރާފައިވާ މިލިޓްރީގެ ޒަމާނީ ގިނަ ހަތިޔާރުތަކެއް އަހަރެމެންވާނީ މިހާތަނަށް ހަލާކު ކޮށްލާފައެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން ކާމިޔާބުވެސް ކުރާނަމެވެ.

މި ބައްދަލުވުމުގައި ޙަމާސްގެ އަނެއް ލީޑަރ ނާޖީ ޒުހައިރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ފާއިތުވެގެން މިދާ ދެތިން ހަފުތާއި އެމަނިކުފާނު އުޅުއްވަމުން ގެންދަވަނީ ޕާކިސްތާނު ގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ޙަމާސް ޖަމާޢަތުގެ ވެރިން ސިފަކުރައްވަފާއިވަނީ ދިފާއީ ޖިހާދެއް ކުރައްވަމުން ގެންދަވާ ސިޔާސީ ލަޝްކަރެއްގެ ގޮތުގައެވެ.

މި ބައްދަލުވުން ބޭއްވިފައިމިވަނީ ޙަމާސް އިން ކުއްލިއަކަށް އިސްރާއީލަށް ވަދެގަނެ 1200 އިސްރާއީލީން މަރާލި ޙާދިސާއަށް ދެމަސްދުވަހަށް ވުރެން ގިނަދުވަސް ވެފައި ވަނިކޮށެވެ. ޙަމާސްގެ ސިއްޙީ ވުޒާރާއިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުންގެ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 18700 މީހުންނަށްވުރެން ގިނައިން ޝަހީދު ކޮށްލާފައިވެއެވެ. އެހެންނަމަވެސް އިސްރާއީލުން ބުނަމުން ގެންދަނީ އެއީ ދޮގެއް ކަމަށެވެ.

ޙަމާސްއިން ރަހީނު ކޮށްފައިތިބި އިސްރާއީލުގެ 240 ރަށްވެހިންގެ ތެރެއިން މިހާތަނަށް 100 މީހުންވަނީ މިނިވަން ކޮށްފައެވެ. އޭގެ ބަދަލުގައި އިސްރާއީލުގައިބަންދުކޮށްފާތިބި ފަލަސްތީނުގެ ގިނައަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވަނީ މިނިވަން ކޮށްފައެވެ.

ޙަމާސްއިން މިހާރު ބުނެފައިވަނީ އިސްރާއީލުގެ އިތުރު އެއްވެސް ރަހީނަކު މިނިވަން ކުރެވޭނީ ހަނގުރާމަ ހުއްޓާލުމަށްފަހު ޙަމާސްގެ އިސް ހަނގުރާމަވެރިންވެސް ހިމެނޭ ގޮތުގައި އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ގިނަ އަދަދެއްގެ ފަލަސްތީނީން މިނިވަނ ްކުރުމަށްފަހުގާ ކަމަށެވެ.  

Loading

One Response

  1. ޕާކިސްތާނަކީ ބާރުގަދަ މިލިޓްރީއެއްކަން ދުނިޔެއަށް ދެއްކުމަށްޓަކައި ސިޔާސީ ކޯޅުންތައް ނެތިކޮށް އަމިއްލަ ވިސްނުމުގައި ހިންގައި ގައުމަކަށް ވާން ޖެހޭ. ހުޅަނގުގެ މުނާފިގު ދެއްކުންތަކާއި ދޭތެރެ ޖެއްސުންތަކުން ދުރުހެލިވާންޖެހޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް