ފައިލޭރިއާ ބަލީގެ ވޭދަނަތަކެއް ކުޅުދުއްފުށީ ސިޓީން ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުއްފުށީ ސިޓީން ފެނިއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕެއްގެ ތެރެއިން ފައިލޭރިއާގެ ވޭދަނަތަކެއް ފެނިފައިވާ ކަމަށެވެ.  

އެހެންކަމުން ފައިލޭރިޔާ ސްކްރީނިންގ ޓެސްޓަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އެކުގައި ދިރިއުޅޭ ފަރާތްތަކުގެ ޓެސްޓްތައް ހެދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކޭއާރުއެޗުން ހާމަކުރެއެވެ.  

ހަމަ އެހެންމެ ސްކްރީނިން ޓެސްޓުން ޕޮޒިޓިވް ވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަޤީންކުރުމަށްޓަކައި އިތުރު ކޮންފަމޭޓަރީ ޓެސްޓް ހެދުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށްވެސް ކޭއާރުއެޗުން ހާމަކުރެއެވެ. 

މީގެ އިތުރުން އެ ސިޓީން ފައިލޭރިޔާއަށް ފައްސިވެފައިވާ ފަރާތްތަކަކީ އަދިވެސް ފައިލޭރިއާ ބަލި އުޅޭ ޤައުމުތަކުން ވަރަށް ފަހުން ރާއްޖެ އައިސްފައިވާ ބައެއް ކަމަށް ކޭއާރުއެޗުން ބުނެފައި ވެއެވެ.

ފައިލޭރިޔާ އާއްމުކޮށް ފެތުރެނީ ހަޑިފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީޢާއިންނެވެ. އަދި މިއީ ޑެންގީ،ޗިކުންގުންޔާ ފަތުރާ އީޑީސް މަދިރިއާއި ތަފާތު މަދިރިއެކެވެ. 

ކޭއާރުއެޗުން ވަނީ ދިރިއުޅޭ ގެއާއި ގޯތިތެރެ އަދި ތިމާގެ ޒިންމާގެ ދަށުގައިވާ ފަޅުގޯތިފަދަ ތަންތަނުގައި މަދިރި އުފެދި އާލާވާފަދަ ތަނެއް ހުރިތޯ ޗެކުކޮށް އެފަދަ ތަންތަން ނައްތާލުމަށް އިލްތިމާސްކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް