އީރާނުން އަލަށް އުފެއްދި ހައިޕަރސޯނިކް މިސައިލް ދައްކާލައިފި

Loading

Facebook
Twitter
WhatsApp


މިދިޔަ ޖޫންމަހުގެތެރޭގައި އީރާނުން އުފެއްދި  ގަޑިއަކު 1400 މޭލަށް ދަތުރުކުރާ ފައްތާޙް ހައިޕަރސޯނިކް މިސައިލް އެންޓި އެއަރކްރާފްޓްގެ ޙަމަލާތަކުގެ އަމާޒަކަށް ނުވާނެގޮތުން އިތުރަށް ތަރައްގީ ކުރުމަށްފަހު ފައްތާޙް 2 ދުނިޔެއަށް ދައްކާލައިފިއެވެ.

އީރާނުން ހާމަކޮށްފައިވާ ގޮތުގައި މި އުޅަނދުގެ ދުވެލި އަޑަށްވުރެން 15 ގުނަ ބާރުވާނެއެވެ. އޭގެ މާނައަކީ ގަޑިއަކު ގާތްގަނޑަކަށް 9000 މޭލުގެ ބާރު ދުވެއްޔެކެވެ. އަދި އެ އުޅަނދުގައި ހައިޕަރސޯނިކް ގްލައިޑް ހަރުކޮށްފާ ހުރުމުގެ ސަބަބުންނާއި މިސައިލް ވަކިކޮށްލެވި އަދި ވަރަށް އަވަހަށް މިސްރާބު ބަދަލުކުރެވޭނެތީ ކޮންވެންޝަނަލް މިސައިލް ޑިފެންސުގެ ނުރައްކާ ކުރިމަތިވެދާނެ ޙާލަތެއްވެސް ނޯންނާނެއެވެ.

އީރާނުގެ މިއުފެއްދުމާމެދު ވޯޝިންޓަނުން ރަސްމީގޮތުން ވަކިއެއްޗެއް ނުބުނެއެވެ. އެކަމަކު ފައުންޑޭޝަން ފޯރ ޑެންސް ޑިމޮކްރެސީޒްގެ ސީނިއަރ ޑިރެކްޓަރ ބްރެޑްލީ ބޯމަން ބުނެފައިވަނީ މިސައިލް ޕްރޮގްރާމަކީ ދެއްކުންތެރިކަމެއް ނޫންކަމަށާއި އިރާނުގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދިނުމުގެ ބޭނުން އޮތްކަމަށް ނުދެކޭ ކަމަށާއި އެކަމަކު އިރާނުގެ މިސައިލް ޕްރޮގްރާމާ ދޭތެރޭ މުޅިން ފަރުވާކުޑަކުރުމަކީ ރައްކާތެރި ކަމެއްވެސް ނޫންކަމަށެވެ.                                       

އީރާނުން މިހާރުވެސް ގެންދަނީ އަވައްޓެރި ގައުމުތަކަށާއި އެމެރިކާގެ ވަސީލަތްތަކަށް ބެލިސްޓިކް މިސްއިލުން ޙާމަލާދެމުންނެވެ. އަދި އީރާނުން މަދަދު ފޯރުކޮށްދޭ ހަމާސްއާއި ހިޒްބުއްލާހ ފަދަ ރަޙްމަތްތެރި ޖަމާޢަތް ތަކަށްވެސް ވަރަށް ގިނައިން މިސައިލާ ރޮކެޓް ފޯރުކޮށްދެމެން ގެންދެއެވެ.

އެ ހަތިޔާރުތަކުން އިސްރާއީލަށް މެދުނުކެނޑި އެ މުޖާހިދުން ހަމަލާ ދެމުންވެސް ގެންދެއެވެ.                                             

މީގެ ކުރިންވެސް އީރާނުން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއި އެކު އިސްރާއީލަށް ބެލިސްޓިކް މިސައިލުން ޙަމަލާ ދިނުމަށްޓަކައި އޭގެ ދުވެލި 2000 ކިލޯމީޓަރުގެ ބާރުމިނުގައި ބަހައްޓަން ބޭނުންކަމަށް ވަނީ ޢިއުލާންކޮށްފައެވެ. އޭރުން އިސްރާއީލް އޮންނާނީ އޭގެތެރެއަށް ފެތިފައެވެ.         

އެފް. ޑީ. ޑީ. ( ފީޗަރ ޑްރައިވެން ޑިވެލޮޕްމެންޓް ) ގެ ސީނައަރ ފެލޯ ބެހްނާމް ބެން ތެލަބްލޫ ބުނެފައިވާ ގޮތުގައި އީރާނުން ތަރައްގީކުރި ހައިޕަރސޯނިކް ގްލައިޑް މިސައިލަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެން ޖެހިލުންވާންޖެހޭ އެއްޗެކެވެ.މިހާތަނަށްވެސް އީރާނުން އޮތީ މިއަށްވުރެންވެސް މާ ނުރައްކާތެރި ބެލިސްޓިކް މިސައިލާއި އެހެނިހެން ހަތިޔާރު އުފެއްދުމުގައި އެމީހުންގެ މަގްސަދާއި އަދި އެމީހުންގެ ކެރިފޯރުންތެރިކަން ވަރަށް ރަނގަޅަށް ހާމަކޮށްދީފައެވެ.

އެއީ އެމެރިކާއާއި ބައިވެރިންނަށް ބޮޑުވެގެންވާ ބޮލުރިހުމެއްކަން ގަބޫލުކުރަން ޖެހޭނެއެވެ. އީރާނުން ބެލިސްޓިކް މިސައިލް އުފެއްދުން ޔުނައިޓެޑް ނޭޝަންސުން މަނާ ކޮށްފާއޮތް މުއްދަތު މިހާރު އޮތީ ނިމިފައެވެ. 

އެ މަނާކުރުން ދެމިގެން ދިޔައިރުވެސް އީރާނަށް އެއީ މާ މުހިންމު މަނާކުރުމަކަށް ދެކެފައެއް ނުވެއެވެ. އިރާނުން ހައިޕަރސޯނިކް މިސައިލް އުފެއްދިކަން ފުރަތަމަ އިއްލާން ކުރީ 2022 އޮކްޓޯބަރ ހާތާގައެވެ.

އީރާން ފިޔަވައި މުޅިދުނިޔޭގައިވެސް ހައިޕަރސޯނިކް މިސައިލް އުފައްދާފައިހުރީ ޗައިނާއާއި ރަޝިޔާ އެކަންޏެވެ. ބާރުގެ ގޮތުން އީރާން އަންނަނީ ދުވެހެއް ދުވަހަކަށް އެމެރިކާއާއި ޗެލެންޖްކޮށް ގޮތް ދޫނުކުރަމުންނެވެ.

Loading

2 Responses

  1. އަމާންކަމާއި ރައްކާތެރިކަމާއެކު ދުނިޔޭގައި ދިރިތިބުަށްޓަކައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ތިބެވޭނެ ހާލަތެއް ހޯދުން ވަރަށް ބޭނުމެވެ. އެހެން ގައުމުތަކުން ސަލާމަތާ ރައްކާތެރިކަން ހޯދައިގެން އުޅެން ގަސްދުކުރާނަމަ އަރަބި ގައުމުތަކުން މިސާލު ލިބިގަތުން ބުއްދިވެރިއެވެ. ހުރިހާ ގޮތަކުން ފުދިފައި ތިބި އިރުވެސް އަމިއްލަ ހާލަތުގައި ކުރެވޭ އެއްވެސް ކަމެއް ނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް