ޢަރަބި ގައުމުގެ ސިފައިން ގައްޒާއަކަށް ނުދާނެ

އިސްރާޢީލު ސިފައިން ގައްޒާއަށްވަދެ ހިންގަމުންގެންދާ ގަތުލުއާންމަށް ވަރަށް ހޫނު ފާޑުކިއުމެއް ހާމަކުރައްވަމުން އަރަބިންގެ ސިފައިން ގައްޒާއަށް ނުދާނެކަމަށް ޖޯރޑްން ގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.  އިންސާނިއްޔަތަށްޓަކައި ބޭނުންވާ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ ބޯޅަ އޮތީ ފަލަސްތީނު ޙަމާސް ޖަމާޢަތުގެ ކޯޓުގައި ކަމަށާއި ރަހީނުން މިނިވަން ކުރުމަކީ ޝަރުތެއްކަމަށް ވިދާޅުވެ ރައީސް ޖޯ ބައިޑަންގެ މެދުއިރުމަތީ ޚާއްސަ މުޝީރު ބްރެޓް މެކް ގާރޓް ދެއްކެވި ވާހަކަފުޅަށް ތޫނު ރައްދުގައި އައިމަން ސަފާދީ ދިވާޅުވީ އިންސާނިއްޔަތުގެ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް […]

ހޮލޯކާސްޓްގެ ހަނދާންވާތީ ޖަރުމަނުން އިސްރާޢީލާ ދެކޮޅަށް އަނގަ ހުޅުވާކަށް ނުކެރޭނެ – އުރުދުޣާން

މިދިޔަ ހުކުރުދުވަހު ތުރުކީގެ ރައީސް އުރުދުޣާން ޖަރުމަނުގެ ޗާންސެލަރ އޯލާފްޝޮލްޒާއެކު ބޭއްވެވި ފިނިހޫނުމިން ބުނަންނޭގޭ ބައްދަލު ކުރެއްވުމެއްގައި އިސްރާއީލުން ފަލަސްތީން އަށް ދެމުންގެންދާ ޙަމަލާތަކާއި އެމެރިކާ އާއި ހުޅަނގުގެ ބާރު ބޭނުން ކޮށްގެން ފަލަސްތީނު އަޅުވެތިކޮށްގެން ގެންގުޅުމާއިދޭތެރޭ ޖަރުމަނުން އިސްރާއީލާދެކޮޅަށް އަނގަ ހުޅުވާލަންވެސް ނުކެރިގެންއުޅެނީ ހޮލޯކާސްޓް ހަނދާނަށް އަންނަވަރުން ކަމުގައި އުރުދުޣާން ވިދާޅުވެއްޖެއެވެ. ބާރލިންގައި ޖަރުމަނުގެ ޗާންސެލަރ އައިއެކު ބޭއްވި މި ބައްދަލުވުމުގައި އުރުދުޣާން ވިދާޅުވެފައިވަނީ ބާރލިންގެ ލީޑަރުން ފަދައިން އެމަނިކުފާނު ދޫފުޅު އޮތީ ބަންދު ވެފާ ނޫންކަމަށާއި ވިސްނިވަޑައިގަންނަވާ އެއްޗަކާއި ދެކިވަޑައިގަންނަވާ ގޮތެއް ދުލުން ހާމަކުރުމަށް އުޒުރުވެރިވެ ވަޑައި ނުގަންނަވާނެކަމަށެވެ. ތުރުކީއިން […]

ހުޅަނގުން ޔޫކްރެއިން ނުއަގުގައި ވިއްކާލަން ވިސްނަނީތަ؟

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގާ އެންމެފަހުން ޔޫކްރެއިނުން ހުޅަނގަށް ބަރޯސާވެވެން ނެތްކަމާއި އަދި ބައިޑަން އެޑްމިނިސްޓްރޭޝަނުން ޔޫކްރެއިނަކަށް މާބޮޑު ޝަވްގުވެރިކަމެއް ނެތްކަންވެސް ގަބޫލުކުރަން ޖެހިއްޖެއެވެ.  މީގެ ސަބަބުން ޔޫކްރެއިންގެ ސިޔާސީ ވެށީގައި ކުރިއަށް އޮތް އިންތިޚާބުގައި މިހާރުގެ ރައީސް ޒެލެންސްކީ އަށް ތާއީދު ނުކުރުމުގެ ބަހުސްތައްވެސް އާންމު ވެއްޖެއެވެ.                               އެންމެފަހުން  ޔޫކްރެއިނުން އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކުގައިވެސް އެމެރިކާގެ ވާހަކަތައް ބޮޑަށް އަމާޒުކޮށްފާ އޮތްކަމަށް […]

އިސްރާއީލުގައި ހުންނަ ދެކުނު އެފްރިކާގެ އެމްބަސީ ބަންދުކުރަނީ

ސެމާފޯރ އަށް ފެނިފައިވާ ލިއެކިއުންތަކަކުން ހާމަވެފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ އަނިޔާވެރި ގަތުލު އާންމަށް ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގައި ހުންނަ ދެކުނު އެފްރިކާ އެމްބަސީ ބަންދުކުރަން ނިންމާފިއެވެ. އެގޮތުން އެންމެހާ ސިޔާސީ ގުޅުންތައް ކަނޑާލުމަށް ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް އިން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން އެބަ ގެންދެއެވެ. އަދި އެ އަނިޔަވެރި ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އިންކާރުކުރަމުން ގެންދާތީ ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދު ކުރަން އެންގުން ނޫން އެހެން ގޮތެއް މިހާރު ދެކުނު އެފްރިކާގެ ސަރުކާރަކަށްވެސް ނެތްކަމަސް ބުނެފިއެވެ.   […]

ލިއެކިއުންނެތި އިންޑިއާގެގިނަ ރައްޔިތުން ތަކެއް ފައިމަގުގައި އެމެރިކާއަށް

ޔޫ. އެސް. ބޯރޑަރ އެންޑް ކަސްޓަމްސްއާ ޙަވާލާދީ ބައިނަލް އަގްވާމީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ލިއެކިއުންތައް ނެތި ފައިމަގުގައި އިންޑިއާގެ ގިނަ ރައްޔިތުންތަކެއް އެމެރިކާގެ ބޯޑަރ ހުރަސްކުރަމުން ގެންދިއުމަކީ ކީއްވެގެން އުފެދިގެންއުޅޭ މައްސަލައެއްތޯ ސުވާލު އުފެދިއްޖެއެވެ. މީގެ ކުރިން ކޮންމެވެސް ވަރަކަށް ހިފޭއްޓިފާ އޮތް މިކަންތައް މިހާރު ބޮއްސުންލައިގެން ހިނގައްޖެ ކަމަށް އެ ޚަބަރުތައް ބުނެއެވެ. 2022 ވަނައަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިއަހަރު ސެޕްޓެމްބަރ މަހާއި ހަމަޔަށް ގާތްގަނޑަކަށް އެއްލައްކަ އިންޑިއާ މީހުން އެއްވެސް ލިއެކިއުމެއްނެތި ބޯޑަރ ހުރަސްކޮށް އެމެރިކާއަށް އެތެރެވާން މަސައްކަތް ކޮށްފައިވެއެވެ. […]

ނަތަންޔާހޫ ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގެ ކުރިމައްޗަށް

އިސްރާޢީލުގެ ސިފައިން ފަލަސްތީނުގައި މިހާރު ހިންގަމުން ގެންދާ ހަނގުރާމައިގެ ގަތުލު އާންމުގެ މޭސްތިރިއަކީ ޔަހޫދީންގެ ބޮޑުވަޒީރު ނަތަންޔާހޫ ކަމުގައި ތުރުކީ ވިލާތުން ބުނެފިއެވެ. އަދި އޭނާއާއި އެކުގައި އެ ޖަރީމާގައި ބައިވެރިވަމުން ގެންދާ ހުރިހާ މީހުންގެ މައްޗަށް ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގައި ދައުވާކުރަން ތުރުކީގެ ގާނޫނީ ވަކީލުން ތަކެއްގެ ފަރާތުން އެކޯޓަށް ހުށައަޅައި ދިނުން އެދި ތުރުކީގެ ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ވަނީ މައްސަލަ ހުށައަޅުއްވައިފައެވެ.   އެބޭފުޅުންގެ ތެރޭގައި ތުރުކީގެ ކުރީގެ ޕާލަމެންޓް މެމްބަރުންނާއި އަދި ގާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެބޭފުޅުން ހުށައެޅުއްވި […]

ކެނެޑާ ބޮޑުވަޒީރުގެ ފަރީއްކުޅުވުން ހުއްޓުވައިފި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ރެސްޓްރާނެއްގައި ފަރީއްކުޅުއްވަން އިންނަވަނިކޮށް މުޒާހަރާކުރަމުން ދިޔައަ އެތައްހާސް ބަޔަކު އެމަނިކުފާނުގެ ފަރީއކުޅުވުން ހުއްޓުވައިފިއެވެ.  އެމީހުން ބޮޑުވަޒީރު ޓްރޫޑޯ އަށް ދަންނަވަމުން ގެންދެވިކަމަށް މީޑިޔާގައި ބުނެފައިވަނީ ކެނެޑާގެވެސް ރުހުމާއިއެކު ފަލަސްތީނުގެ އެތައް ބަޔަކު އިސްރާއީލުގެ ސިފައިންގެ ޙަމަލާތަކުގައި މަރަމުން ގެންދާއިރު ހަމަޖެހިލައިގެން ފަރީއްކުޅުއްވަން ތިޔަ އިންނަވަނީ މަނިކުފާނުގެ ހިތަށް އެއްވެސް އަސަރެއް ނުކުރާކަން ދައްކަންހެއްޔެވެ؟  އިޙްތިޖާޖު ކުރަމުން ދިޔަ މީހުންތައް ހަމަޔަކަށް އެޅުވުމަށްޓަކައި ސަތޭކައަށްވުރެން ގިނަ ފުލުހުންގެ އޮފިސަރުންތަކެއް ޓްރޫޑޯ ވޭންކުއަރ ގައި އިންނެވި ރެސްޓޯރެންޓަށް ފޮނުވިފައިވާކަން […]

ފަލަސްތީނުގެ ހަނގުރާމައަށް އެއްވެސް ފިނިކަމެއް ނުގެނެވި ބްލިންކަން ފުރައިގެން ދަނީ

އެމެރިކާގެ ޚާރިޖީވަޒީރު މެދުއިރުމައްޗަށް ވަޑައިގެން ގައްޒާގެ ހަނގުރާމަ ހުއްޓުވަން ކުރި ގީދަޅު މަސައްކަތަށް ފާހަގަކުރެވޭފަދަ އެއްވެސް ކާމިޔާބެއް ނުލުބުމުން ފޮށިތަންމަތި ބަންދުކޮށްގެން ފުރައިގެން ހިނގައްޖެއެވެ. އެމެރިކާގެ އެންމެ ގާތް ރަޙްމަތްތެރި އިސްރާއީލުންވެސް ކަލޭ ތިޔަ ކިޔަނީ ކީކޭހޭ އަހާނުލިއެވެ. އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ އުދުވާން ވަގުތީގޮތުން މެދުކަނޑާލަން ރައީސް ބައިޑަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަން ދައްކަން މެދުއިރުމައްޗަށް ފޮނުވި އޭނާގެ އެންމެ އިސް މި ޑިޕްލޯމެޓް އިސްރާއީލާއި ވެސްޓްބޭންކާއި ޖޯރޑަން އަދި ސައިޕްރަސް އާއި އިރާގުން ތާއީދު ހޯދަން ކުރިމަސަކަތް އެންމެފަހުން އަތަށް ގޮވީ ކަމުގައި […]

ޔޫކްރެއިންގެ ސިފައިން ހުސްވަމުންދާތީ އެމެރިކާއިން ގޮތް ހުސްވަނީ

ޔޫކްރެއިންގެ ސިފައިން ހުސްވަމުން ދިއުމާއެކު އެމެރިކާއާއި ޔޫރަޕްން ރަޝިޔާއާއެކު ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓާލައި ސުލްޙަ ގާއިމުކުރެވޭނެގޮތެއް ހޯދުމުގެ ވިސްނުން ގެންގުޅެން ފަށައިފި ކަމަށް ޔޫކްރެއިނިސްކާ ޕްރަވްޑާއިން ބުނެފިއެވެ.  އެމެރިކާއިން ހާމަކޮށްފައިވާގޮތުގައި ރަޝިޔާގެ ސިފައިންގެ އަދަދު އިތުރުވަމުންދާއިރު ޔޫކްރެއިންގެ ސިފައިން ދަނީ ހުސްވަމުންނެވެ. އަދި ޔޫކްރެއިންގެ ސިފައިންގެ ތެރެއަށް ވަންނާނެ މީހަކުވެސް ނުވެއެވެ.  މިޙާލަތުގައި ރަޝިޔާއާއެކު ވާހަކަދައްކައިގެން ސުލަޙައިގެ މަގެއް ޚިޔާރުކުރުން ނޫންގޮތެއް ނެތެވެ. އަދި ފަލަސްތީން އާއި އިސްރާއީލުގެ ހަނގުރާމަ ކުރިއަށް ދާއިރު ޔޫކްރެއިނަށް އެހީ އާއި މަދަދު ފޯރުވޭނެ ގޮތެއްވެސް ނެތްކަމަށް އެމެރިކާއިން ބުނެއެވެ.       […]

ހަނގުރާމާގައި އަހަރެމެން ބަލިވަނީ – ޔޫކްރެއިން

އޭ. އެފް. ޕީ. އިން ޚަބަރު ދީފައިވާ ގޮތުގައި އިރުމަތީ ޔޫކްރެއިން ގައި ފިނިގަދަވެގެން ޔޫކްރެއިންގެ ސިފައިންނަށް ހަނގުރާމަ ކުރުން އުދަނގޫވެއްޖެ ކަމަށް ލަޝްކަރުގެ ވެރިން އިންޒާރު ދެމުން އެބަ ގެންދެއެވެ. ހަނގުރާމައިގެ މައިދާނުގައި ހުރި އެންމެ ސީނިއަރ އޮފިޝަލް ހާމަކުރި ގޮތުގައި ރަޝިޔާއެކު ކުރަމުން ގެންދާ ހަނގުރާމަ މިޙާލަތުގައި ކުރިއަށް ނުގެންދެވޭނެއެވެ. މަޑުމަޑުން އަހަރެމެންނަށް ހަނގުރާމަ ނާކާމިޔާބު ވަމުންދާ ވާހަކަ އަހަރެން މިގެންދަނީ ބުނެދެމުންނެވެ. މިގޮތަށް ދުވަސްތައް ދިޔަވަރަކަށް އަހަރެމެންނަށް ލިބޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އޭ. އެފް. ޕީ. އަށް ފޯނުން ދިން […]