ނަތަންޔާހޫ ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގެ ކުރިމައްޗަށް

Loading

Facebook
Twitter
WhatsApp


އިސްރާޢީލުގެ ސިފައިން ފަލަސްތީނުގައި މިހާރު ހިންގަމުން ގެންދާ ހަނގުރާމައިގެ ގަތުލު އާންމުގެ މޭސްތިރިއަކީ ޔަހޫދީންގެ ބޮޑުވަޒީރު ނަތަންޔާހޫ ކަމުގައި ތުރުކީ ވިލާތުން ބުނެފިއެވެ.

އަދި އޭނާއާއި އެކުގައި އެ ޖަރީމާގައި ބައިވެރިވަމުން ގެންދާ ހުރިހާ މީހުންގެ މައްޗަށް ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގައި ދައުވާކުރަން ތުރުކީގެ ގާނޫނީ ވަކީލުން ތަކެއްގެ ފަރާތުން އެކޯޓަށް ހުށައަޅައި ދިނުން އެދި ތުރުކީގެ ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ވަނީ މައްސަލަ ހުށައަޅުއްވައިފައެވެ.  

އެބޭފުޅުންގެ ތެރޭގައި ތުރުކީގެ ކުރީގެ ޕާލަމެންޓް މެމްބަރުންނާއި އަދި ގާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެބޭފުޅުން ހުށައެޅުއްވި ދައުވާގެ ޚުލާސާ ރިޕޯރޓުގައި މުޅިދުނިޔޭގެ ކުރިމަތީގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގެ ޖަރީމާތަކާއި އެ ޖަރީމާތައް ހިންގުމުގައި ބައިނަލް އަގްވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ހަތިޔާރުގެ ވައްތަރުތައްވެސް ބޭނުން ކުރަމުންދާ ކަމުގައި ބުނެފާވެއެވެ. 

ތުރުކީން މިހާތަނަށްވެސް ބުނަމުން ގެންދަނީ މައްސަލަ ސުލްޙަަވެރި ގޮތުގައި ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކޮންމެ ކަމަކަށް އެގައުމުން ތައްޔާރު ކަމަށެވެ.                                              

އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމައަށް ދުނިޔޭގެ މީޑިއާތަކުގެ އަމާޒު ހުއްޓިފައިވާ މިދަނޑިވަޅުގައި މީގެ ކުރިން ސިއްރު ކުރެވިފައި ހުރި ވަރަށް ގިނަ ކަންތައްތަކެއް ތިލަވެ ފެންމަތިން ދައްކާލަން ފަށައިފިއެވެ. އޭގެތެރެއިން އެން. ސީ. ބީ. ގެ ޕީޕަލްސް ވޮއިސް އިން ހާމަކޮށްފައިވާ ދިރާސާއެއްގެ ކުޑަތަންކޮޅެއްގެނެސްދެވޭތޯ ބަލާނަމެވެ.  

އެން. ބީ. ސީ. ގެ ޚަބަރުތަކުން ފަހަކަށް އައިސް މީޑިއާތަކަށް އެންމެ ބޮޑަށް ހައިރާންކަމެއް ގެނެސްދީފައިވާނީ ވައިޓް ހައުސްގެ މަޝްހޫރު އޯވަލް އޮފީސްގެ އެންމެ އެތެރޭގައި ހިނގާ ސިއްރުތަކެއް ލީކް ކޮށްލުމުންނެވެ. 

އޭގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަކީ ހަމައެކަނި ކުރީގެ ރައީސް އޮބާމާ އަންގަމުން ގެންދާ ކަމެއް ކުރަން ހުރި މީހެއްކަމާއި ހިޔަނީގެ ފުރަގަހުން މިހާރުވެސް ގާނޫނާ ޚިލާފަށް ކޮމާންޑަރ އިން ޗީފަކީ ރައީސް އޮބާމާ ކަމެވެ. 

އަދި ރައީސް އޮބާމާއަކީ ދެފުށަށް ތޫނު މިޔައެއްލާފާ ހުރި ކަނޑިއެއް ކަމަށާއި ދުނިޔޭގެ ކަންކޮޅު ތަކުގައި ހިނގަމުންދާ ޓެރަރިޒަމްގެ ހުރިހާ ހަރަކާތެއް ގުޅިފައިވަނީ ބަރަކް އޮބާމާއަށް ކަމަށެވެ. އައި. އެސް. އައި. އެސް. އަކީވެސް ބަރަކު އޮބާމާގެ އުފެއްދުމެއް ކަމަށް އެން. ބީ. ސީ. ޕީޕަލްސް ވޮއިސް އިން ވަނީ ބުނެފައެވެ. އެ ތުޙްމަތު ތަކުގައި ބުނެފައިވާ ގޮތުން ދުނިޔޭގައި ހިނގަމުންދާ ހުރިހާ ޓެރަރިޒަމްގެ ޙަރަކާތެއްގެ ލޭ އެންމެ ގިނައިން އުނގުޅިފާ ހުރީ ބަރަކް އޮބާމާގެ އަތުގައި ކަމަށެވެ. 

ބަރަކް އޮބާމާގެ ބޭނުމަކީ މުޅި އެމެރިކާގެ ބާރު ކަނޑުވާލުމެވެ. ކުއްލިއަކަށް މިވަގުތު ރައީސް އޮބާމާގެ އަގު ވައްޓާލަން ކުރެވެމުން މިދާ މަސައްކަތަކީ 2024 ގެ އިންތިޚާބުގައި ޑޮނާލްޑް ޓްރަމްޕަށް މަގުކޮށާދިނުން ކަމަށްވެސް ތުޙުމަތު ކުރެވެއެވެ. 

ސިޔާސީ ފަލްސަފާއަކީވެސް ދެ މިޔަ ލީ ކަނޑިއެއް ކމަށް ގަބޫލުކުރަން ޖެހެއެވެ.                                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް