އިންޑިއާގެ އަމިއްލަ ގާނޫނުތަކަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ދެކޮޅަށް ބަލާގަނެވޭނެ އެއްޗެއް ނޫން - ޕާކިސްތާނު

Loading

Facebook
Twitter
WhatsApp

އިނގިރޭސީންގެ އިސްތިއުމާރުގެ ޒަމާނުގައި އެކުލަވާލާފައިއޮތް އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާގެ ދަށުން މުސްލިމުންގެ އާބާދީ ގިނަ ޖައްމޫ އާއި ކަޝްމީރަށް ލިބިދީފައިވާ ޚާއްސަ އިމްތިޔާޒުތައް އިންޑިއާގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން 2019 ވަނަ އަހރުގެ އޯގަސްޓް މަހުގައި އުވާލާފައިވަނީ ރަނގަޅަށް ކަމަށް އިންޑިއާގެ އެންމެ މަތީ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފިއެވެ. 

ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން މީގެ ފަހުން ޖައްމޫ އާއި ކަޝްމީރަކީ އިންޑިއާގެ އެހެން ސްޓޭޓް ތަކެކޭ އެއްފަދައިން އިންޑިއަން ޔޫނިއަންގެ ތެރޭގައި ހިމެނޭ 2 ސްޓޭޓޭކަމަށް އިންޑިއާއިން ނިންމީއެވެ. 

މި ހުކުމްގެ ދަށުން އެ 2 ސްޓޭޓްގައި އެސެމްބްލީ އިންތިޚާބުކުރުން 2024 ސެޕްޓެމްބަރ 30 ގައި ބާއްވަން ޖެހޭނެއެވެ. މީގެ ކުރިން ޖައްމޫ އާއި ކަޝްމީރަކީ އިނގިރޭސީން ފައިބައިގެން ދިޔައިރު ވަކިގޮތެއް ނުނިންމައި އޮތް ސަރަޙައްދެކެވެ. އެހެންނަމަވެސް އެސަރަޙައްދުގައި އޭރުއްސުރެން ދިރިއުޅެމުން ގެންދާ ރައްޔިތުންގެ އާއިލާތަކަށް މެނުވީ ރައްވެހިކަން ނުލިބޭ އަދި ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. 

އިންޑިއާގެ އެއްވެސް ސަރަޙައްދެއް އެގޮތަށް ބޭއްވުމަކީ ރައްޔިތުންގެ ހަމަހަމަކަން ގެއްލިގެންދާ ސަބަބެއްކަމަށް ބުނެ އިންޑިއާގެ ރައީސް ވަނީ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ އިމްތިޔާޒްތައް އުވާލާފައެވެ. 

މި ނިންމުން ބަލާ ގަތުމަށް އިޢުތިރާޒްކޮށް އެ ސަރަޙައްދުގެ ރައްޔިތުންގެ ނަމުގައި ގޮތެއް ނިންމުމަށް އިންޑިއާގެސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ނިމިގެން އެދިޔައީ ރައީސް ގެ ނިންމުން ރަނގަޅުކަމަށެވެ.                                                

ސުޕްރީމް ކޯޓުގެ ނިންމުމަށް ތައުރީފް ކުރައްވަމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނީ ސަރުކާރުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރެއްވުމުން އެނގިގެންދަނީ އިންޑިއާގެ އެއްބައެއްވަންތަ ކަމަށް ލިބިގެންދިޔަ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށެވެ.                    

ސުޕްރީމް ކޯޓުގެ ޙުކުމްގައި ބައިވެރިވެ ވަޑައިގެންނެވި ފަނޑިޔާރު ސަންޖޭ ކިޝަން ކައުލް ވިދާޅުވެފައިވަނީ 1980 ވަނައަހަރުން ފެށިގެން ޖައްމޫ ކަޝްމީރުގައި ހިނގަމުންދާ ލާއިންސާނީ ޙަރަކާތްތަކުގެ ޙަގީގަތަކީ ކޮބައިކަން ހޯދުމަށްޓަކައި ފުރިހަމަ މާނައިގާ ތަހްގީގުކުރެވޭނެ އިދާރާއެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.                                         

އިންޑިއާ ސަރުކާރުން ސުޕްރީކޯޓުގެ ޙުކުމާމެދު ހިތްހަމަޖެހުން ފާޅުކުރަމުން ގެންދާއިރު ޕާކިސްތާނުން ބުނަމުން ގެންދަނީ އިންޑިއާގެ އަމިއްލަ ގާނޫނުތަކަކީ ބައިނަލް އަގްވާމީ ގާނޫނުތަކާއި ދެކޮޅަށް ބަލާގަންނަ އެއްޗެއް ނޫންކަމަށާއި ކަޝްމީރުގެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ގޮތަކަށް އެމީހުންގެ ކަންތައް ފައިސަލާ ކުރުމުގެ ހައްގު ޔުނައިޓެޑްނޭޝަންގެ ގަރާރުތަކުން ލިބިދީފައިވަކަމަށެވެ.

Loading

2 Responses

  1. ތިޔަބުނާ ބައިނަލް އަގްވާމީ ގާނޫނު ތަކަކީ އާންމުގޮތެއްގައި ދަތްތައް އުފުރާލާފައި ވަކިތައް ބުރިކޮށްފާ ކޯމާ ހާލަތުގައި އޮންނަ އެއްޗެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް