ޙަމާސް ހަނގުރާމަ ހުއްޓުމާބެހޭގޮތުން އެމެރިކާއާއި އީރާނުގެ ސިއްރު ބައްދަލުވުން

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އަނިޔާވެރިލާއިންސާނީ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށްޓަކައި އެމެރިކާއާއި އީރާނުގެ އޮފިޝަލުންގެ ސިއްރު ބައްދަލުކުރެއްވުން ތަކެއް އޮމާނުގައި ބޭއްވެމުންދާ ކަމަށް ނިއުޔޯރކް ޓައިމްސްއިން ޚަބަރު ދީފިއެވެ. 

މި ބައްދަލުވުން ތަކުގައި ރެޑް ސީގެ ދަތުރުފަތުރު ތަކަށް ޔަމަނުގ މުޖާހިދު ހޫތީންގެ ސަބަބުން ދިމާވެފައިވާ ނުރައްކާތެރި ކަމާއި އަދި އިރާގުގައިތިބި އީރާނަށް ތާއީދު ކުރާ މިނިވަން ޖަމާއަތްތަކުން އެމެރިކާގެ އަމާޒުތަކާއި ވަސީލަތްތަކަށް ދެމުންގެންދާ ޙަމަލާތަކާއި ބެހޭ ގޮތުންވެސް ވާހަކަ ދެކެވެމުންދާ ކަމަށް އެމެރިކާއާއި އީރާނުގެ އޮފިޝަލުންވެސް ބުނެފައިވެއެވެ.

މި ވާހަކަތައް ބޭއްވެމުންދަނީ އަރަބި މަސްކަތުގައެވެ. އަދި އެމެރިކާއާއި އީރާނުގެ ވަފުދުގެ ބޭފުޅުން މަޝްވަރާކުރައްވާއިރު ތިއްބަވަނީ ސީދާ ބައްދަލު ނުކުރެވޭގޮތަށްތަފާތު ކޮޓަރިތަކުގައެވެ. އީރާނުގެ ވަފުދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ ޚާރިޖީ ވަޒީރުގެ ނައިބު އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ ރަސްމީ ތަރުޖަމާނު އަލީ ބާޣެރީ ކާނީ އެވެ.  

އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ކޯ-އޯޑިނޭޓަރ ބްރެޓް މެކް ގާރކް އެވެ.                                

މި ބައްދަލުވުންތަކުގެ ވާހަކަ ފުރަތަމަ ގެނެސްދީފައިވަނީމިހަފުތާގެ ފައިނޭންޝަލް ޓައިމްސް ގައެވެ. މއީ އެމެރިކާއާއި އީރާނުގެ އޮފިޝަލުން ފާއިތުވެގެން މިދާ 8 މަސްދުވަހުގެ ތެރޭގައި ނުސީދާ ގޮތުގައިވިޔަސް ބޭއްވެމުންދާ އެންމެ ފުރަތަމަ ބައްދަލު ކުރެއްވުމެވެ.              

މި ބައްދަލު ކުރެއްވުމަށް ދަޢުވަތު ދީފައިވަނީ އީރާނުންނެވެ. މެދުވެރިއެއްގެ ބައި އަދާކުރަމުން ގެންދާ އޮމާނުން މި ބައްދަލުކުރެއްވުން ގަބޫލުކުރުމަށް އެމެރިކާއަށް ބާރު އަޅާފައިވެއެވެ. 

އިސްރާޢީލާއި ފަލަސްތީނު ހަމާސްގެ ހަނގުރާމަ މިފަހަރު ފުރަތަމަ ފެށުނު ދުވަހުންފެށިގެން އެމެރިކާއާއި އީރާނުން ޔަގީންކަން ދެމުން ގެންދަނީ އެ ހަނގުރާމައިގެ ތެރެއަށްވަދެ އީރާނުން އެމެރިކާއަށް ނުވަތަ އެމެރިކާއިން އީރާނާ ސިދާ ކުރިމަތިލާން ބޭނުން ނުވާކަމަށެވެ.

މިހާރު ބޭއްވެމުންދާ ބައްދަލުވުން ތަކުގައި ދެފަރާތުންވެސް އޮޅުންފިލުވަން ބޭނުންވާ ކަންތައްތަކެއް ހުރިކަން ވަނީ ހާމަވެފައެވެ.      

އެމެރިކާގެ އެދުމެއްކަމަށް ހުށައަޅާފައިވަނީ އިރާގުގައި ޙަރަކާތްތެރިވާ އީރާނުގެ ސަޕޯރޓަރުން އެމެރިކާގެ އަމާޒުތަކާއި ވަސީލަތްތަކަށް ޙަމަލާ ދިނުން ހުއްޓާލުމަށާއި ރެޑް ސީ ދަތުރުތަކަށް ހޫތީ މުޖާހިދުން ހުރަސް ނޭޅުމެވެ.                                                   

އީރާނުގެ އެދުމެއްކަމަށް ބުނެފައިވަނީ އިސްރާއީލުން ގައްޒާގައި އެމެރިކާގެ އެނހީގައި ހިންގަމުން ގެންދާ ހަނގުރާމަވަގުތުން ހުއްޓުވުމެވެ.

މިއިން އެއްވެސް ކަމަކަށް އަދި މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައެއް ނެތެވެ. އެހެންނަމަވެސް މެކް ގާރކް އާއި އިރާނުގެ އޮފިޝަލުން ބައްދަލު ކުރެއްވުމުން ނިކުވެ ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ފަހުންވެސް ޙަމަލާތައް ދިޔައީ ބަދަލުކުރަމުންނެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައު ދެބަސްވުންތައް ހުރިނަމަވެސް އެމެރިކާއިން އަބަދުވެސް އިސްކުރާނީ ޑިޕްލޯމެސީ ކަމަށެވެ. އެމެރިކާއަކީ ބުނާބަހާއި ޢަމަލު ދިމާނުކުރާ ގައުމެއްކަން އެންމެނަށްވެސް އެގެއެވެ. މިމަޝްވަރާތަކުން ރަނގަޅު ނަތީޖާއަކާއި ހަމަޔަށް ނުދެވިއޖެނަމަ ބާރުގެ ބޭނުން ކުރަން އެމެރިކާއިން ފަސް ނުޖެހޭނެކަމަށް ބުނެއެވެ.                                  

އީރާނުގެ އޮފިޝަލުން މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖްގައި ވިދާޅުވެފައިވަނީ މުޖާހިދުންގެ ޖަމާޢަތްތަކަކީ އިރާނުން ކޮންޓްރޯލް ކުރާ ބައެއް ނޫންކަމަށާއި އެކަމަކު ގައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ޙަމަލާތައް އެއްކޮށް ހުއްޓާލުމަށްފަހު މުޖާހިދުންގެ ޖަމާޢަތްތަކުން އެމެރިކާގެ ސިފައިންނާއި ވަސީލަތްތަކަށް ޙަމަލާދިނުން ހުއްޓުވަން ބާރު އަޅުއްވާނެކަމަށެވެ. 

އިސްރާއީލުގެ ގާޒާ ޖެނޮސައިޑް ކުރިޔަށް ގެންދާހާ ހިނދަކު އީރާނުން ގަސްދުކުރާނީ ހަމަހިމޭނުން އޮތުންކަމަށް ބެލެވެއެވެ.

ތެހެރާނުގައި ހުންނަވާ ސިޔާސީ މުހައްލިލަކު ވިދާޅުވެފައިވަނީ އެމެރިކާއާއި އީރާނުގެ މަޝްވަރާ ތަކަކީ މައިގަނޑު ގޮތެއްގައި ދެގައުމުގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގެ އަލިފާން އިތުރަށް ހޫނުގަދަވިޔަނުދީމައިތިރި ކުރުމުގެ މަގްސަދުގައި ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ. 

އެ މަޝްވަރާ ތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ހަމަޔަކަށް އެޅިދާނެ ކަމަށް އުންމީދު ކުރުމަކީ ބޭކާރު ވިސްނުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުގެ ނުފޫޒު ބޭނުންކޮށްގެން މެދުއިރުމަތީގައި ޙަރަކާތަތެރި ވަމުންގެންދާ އެމެރިކާގެ ފައުޖުތަކާއި ވަސީލަތްތައް ރައްކާތެރިކުރުމުގެ ޔަގީންކަން ހޯދުމެވެ.  

އެކަމަކު އެ ޔަގީންކަން ދޭކަށް އީރާނަކުން ބޭނުމެއް ނުވެއެވެ. އެހެނީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ފިތުނައަކީ އެމެރިކާގެ އިންވެސްޓްމެންޓެއް ކަމުގައި ގަބޫލުކުރާތީއެވެ.                          

Loading

One Response

  1. އެކެއްގެ ބާރު އަނެކާއަށް އެނގެންޏާ ތިހެންވާނީ. އެނޫނީ ގަޒާއާއި ޔަމަނަށް ހަދާލާހެން ހަދާލާނީ. ޖަނަވާރުގެ އުސޫލް މިހާރު މިއޮތީ. ބާރުގަދަ މީހާ ނިކަމެތިމީހާ ހަފުސްކޮށްލީމާ އޯކޭ ވީ އެވެ. ދާނެތަނެއް ކުރެވޭނެކަމެއްވެސް ނޯވެއެވެ. އޭގެ މިސާލުތައް މިހާރު މިދަނީ ފެންނަމުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް