ކޮންމެދުވަހަކު ޔޫކްރެއިންގެ ސަތޭކަ ސިޓީއަށް ހަމަލާދެމުން ގެންދޭ - ޒެލެންސްކީ

Loading

Facebook
Twitter
WhatsApp

ރައީސް ޒެލެންސްކީ ކޮންމެ ދުވަހަކު ހަވީރު ގައުމާ މުޚާތަބު ކުރައްވައިދެއްވަމުންގެންދާ ޚިތާބުގައި މިމަހު 21 ވަނަ ދުވަހު ރަޝިޔާއިން ކޮންމެ ދުވަހަކު ޔޫކްރެއިންގެ ސަތޭކައަށްވުރެން ގިނަ ސަރަހައްދު ތަކަށް ޙަމަލާ ދެމުން ގެންދާ ކަމަށް ބުނެފިއެވެ. 

ރަޝިޔާގެ އަނިޔާވެރި ލަޝްކަރުން ކޮންމެ ދުވަހަކު އަހަރެމެންގެ އެކިއެކި ސަރަހައްދުން ސަތޭކައަށްވުރެން ގިނަ ޝަހަރުތަކާއި އަވަށްތަކާއި އަދި ވިލެޖްތަކަށް ޙަމަލާދެމުން އެބަ ގެންދެއެވެ. ޑޮނެސްކް އޮބްލާސްޓުގެ ހަމަލާތައް ވަކިން އަނިޔާވެރިވެފައި ބައެއްމީހުން މަރުވެ ބައެއްމީހުން ދަނީ ޒަޚަމް ވަމުންނެވެ. 

މި ޙަމަލާތަކާއެކު ބައެއް ކުދިކުދި އަވަށްތައް ރަޝިޔާގެ ބާރުގެ ދަށަށް ދިޔަސް އަހަރެމެންގެ ސިފައިންގެ ހިތްވަރު އެލިގެނެއް ނުދެއެވެ. މިއަދުވެސް މިހާތަނަށް 60 ޙަމަލާ އަހަރެމެންގެ ރަށްތަކަށް އަމާޒު ވެއްޖެއެވެ.

ދެކުނުގެ މުހިންމު ޝަހަރުތަކަށް ދެމުންގެންދާ ޙަމަލާތަގެ ނުރައްކާތެރިކަން އަދި މާ ބޮޑެވެ. ރަޝިޔާގެ ޙަމަލާތައް އާންމު ފަރުދުންނަށް އަމާޒުކުރާކަށް ނުޖެހެއެވެ. ބާރެއް ނެތް ބައެއްގެ މައްޗަށް އަނިޔާވެރިވެ އަރާގަންނަ ވެރިންނަށް ކާމިޔާބު ނުލިބޭނެކަން ރަޝިޔާއިންވެސް ގަބޫލު ކުރަންޖެހޭނެއެވެ. އަހަރެމެން ދުނިޔެއަށް ގޮވަމުން މިގެންދަނީ ޔޫކްރެއިންގެ އަޑުންނެވެ. 

އަހަރެމެން އެކަނި ދޫކޮށް ނުލާށެވެ. އަދި އެންމެ ފަހަރަކު ނަމަވެސް އަހަރެމެންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދޭން ޒެލެންސްކީ ގޮވާލެއްވިއެވެ.                          

Loading

2 Responses

  1. އެމެރިކާގެ މަކުރުގައި ތިޔޮތީ ޒެލެސްކީ ތާށިވެފަ ބަލިވާގޮތްވީމަ އެމެރިކާ ފިލާނެ ދެންވެސް އަމާންދީ ރަސިޔާއާއި އެކު ޞުލްޙަވެ ރައްޔިތުން ސަލާމަތް ކުރުމަށް ރަސިއާއި ގުޅިގެން އުޅެވޭތޯ ބަލާބަލަ

  2. މިހާރުވެސް މީޑިއާގެ ޚަބަރުތަކުގައި ބުނެފައި ހުންނަނީ އަދި ފޮޓޯ ތަކުން ދައްކަނީ ރަޝިޔާ ބަލިވާކަމަށެވެ. އެކަމަކު ރައީސް ޒެލެންސްކީ އާއި މިލިޓްރީ ކޮމާންޑަރުން ވިދާޅުވަނީ ހަނގުރާމަކުރެވޭ ވަރަށްވުރެން އަތްމަތި ދަތިވެ ބަލިކަށި ވެއްޖެ ކަމަށެވެ. އެމެރިކާއާއި ހުޅަނގުން ޔޫކްރެއިންގެ ހަނގުރާމަ ދަމަހައްޓަން ބޭނުންވެއެވެ. އެކަމަކު ތިން އަހަރަށް ދާއިރު އަތްމަތި ހުސްވަނީއެވެ. އޭގެ މައްޗަށް ހޫތީންގެ ނުފޮރުއްޕާނާހުރެ ހަތިޔާރު ކޮޅު ކަނޑުމަގުން އުފުލުމަށް މިއޮތީ މަގުވެސް ބަންދު ވެފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް