ކޯވިޑް19: އިއްޔެ ފައްސިވީ 37 މީހުން!

Loading

Facebook
Twitter
WhatsApp
  ރާއްޖެއިން ކޯވިޑް19 އަށް އިތުރު 37 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 3 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 34 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
    އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 6 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.
    އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 10,194 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1116 އެކްޓިވް ކޭސް ހިމެނޭއިރު، 80 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 556 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
    އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 23 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 23 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 20 މުވައްޒަފުންނާއި، 11 ފަތުރުވެރިޔަކު ހިމެނެއެވެ.
           މިބަލީގައި ރާއްޖެ އިން މިހާތަނަށް 34 މީހަކު ނިޔާވެފައި ވާއިރު 9037 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.
އިއްޔެ އަކީ ދުނިޔޭގެ ހިތުގެ ބަލިތަކާއި ބެހޭ ދުވަސް ކަމުން މިކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ މެސެޖް ތައް ވެސް އެހްއީއޯސީއިން ވަނީ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަކީ ކޯވިޑް19 ގެ ހައި ރިސްކް ކެޓަގަރީގެ ތެރެއަށް ވަންނަ ފަރާތްތަކެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް