ކައުންސިލްތަކަށް މުއައްޒަފުން ނެގުމުގެ ހުއްދަދީފި

Loading

Facebook
Twitter
WhatsApp

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށާއި އާ މަގާމުތަކަށް މުއައްޒފުން ނެގުމުގެ ހުއްދަ ހަ މަަސް ފަހުން ސިވިލް ސާވިސް ކޮމިޝަން ( ސީއެސްސީ) ދީފި އެވެ.

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސްމަގާމުތަކަށް މުއްޒަފުން ނެގުމާއި އެ އިދާރާތަކަށް އާ މަގާމު އުފައްދަައިދިނުން ވަގުތީގޮތުން މަޑުޖައްސާފައިވަނީ  ފެބުރުއައީ ހަ ވަނަ ދުހަކުއެވެ.

ސީއެސްސީން ބުނީ މި މަގާމުތަކަށް މުއައްޒަފުން އައްޔަންކުރަން ހުއްދަދިނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދަ ހޯދުމަށްފަހުކަމަށެވެ.

ސީއެސްސީން ބުނީ  ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލް އިދަރާތަކުގެ މަގާމުތަކަށް މުއައްޒަފުން ހޯދުމުގެ މަސައްކަތް ކުރުމަށް ކައުންސިލްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ކައުންސިލް އިދާރާތަކަށް މުއައްޒަފުން ނެގުން މަޑުޖައްސާފައިވަނީ ކައުންސިލް ތަކުގެ އިދާރީ ހިންގުން ހައިބްރައިޑް މޮޑެލްއަކަށް ބަދަލުކުރުމާ ގުޅޭ މަަަސައްކަތް ސީއެސްސީ އާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާ ގުޅިގެް ކުރިއަށް ގެންދިއުމަށް ކަމަށް ވެއެވެ.

ނަމަވެސް މި މައްސައްކަތް ގޮސްފައިވާ ހިސާބެއް ސީއެސްސީން އަދި ހާމަނުކުރިނަމަވެސް އެކޮމިޝަނުން ބުނީ ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު ރިވިއުކޮށްފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް