ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އޭނާ ވަނަވަރު ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދާ ނުފެނިފައިވާ މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ހާމަކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ވަނަވަރު އާންމުކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫ، ހަވޭލި މުހައްމަދު ފާޒަލް. 26 އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ މާޗް 12 ވަަނަދުވަހު ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

މުހައްމަދު ފާޒަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅުވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް