ކޯވިޑް19: އިއްޔެ ފައްސިވީ 59 މީހުން!

  ރާއްޖެއިން ކޯވިޑް19 އަށް އިތުރު 59 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 54 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 47 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 12 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު […]

ޕްރިމެއަރ ލީގް: ލިވަޕޫލަށް އާސެނަލްއަތުން ފަސޭހަ މޮޅެއް!

     އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗް ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. މިމެޗް ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ.       މެޗްގެ ފުރަތަމަ ހާފް އެއްކޮންހެން ޑޮމިނޭޓްކުރީ ލިވަޕޫލުންނެވެ. ނުރައްކާތެރި ހަމަލާތަކެއް ލިވަޕޫލުން އުފެއްދިނަމަވެސް ގޯލެއް ޖެހުމަށް ނާކާމިޔާބުވެ ގިނައިރުތަކެއް ވެފައި ވަނިކޮށް، އާސެނަލްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ލިވަޕޫލްގެ ޑިފެންސްގެ ފަރުވާކުޑަ ކުޅުމަކުން ލިބުނު ބޯޅަ، މެޗްގެ 25 ވަނަ މިނިޓުގައި އާސެނަލްގެ […]

ދެއެއަރޕޯޓެއްގައި ރެސްޓޯރެންޓް ހިންގާނެ ބަޔަކު ހޯދަނީ!

   ހދ.ކުޅުދުއްފުށީ އެއަރޕޯޓް އަދި ހއ.ހޯރަފުށީގައި ޤާއިމު ކުރަމުން އަންނަ އެއަރޕޯޓުގައި ރެސްޓޯރެންޓް ހިންގާނެ ފަރާތެއް ހޯދަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިޢު ކޮށްފިއެވެ.      ރެސްޓޯރެންޓް ހިންގަން ހަވާލް ކުރަން ހަމަޖެހިފައިވަނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުންނެވެ. އަދި މި ރެސްޓޯރެންޓްތަކަކީ މަދުވެގެން އެއްފަހަރާ 50 މީހުންނަށް ޚިދުމަތްދެވޭނެ ތަނަކަށް ވާންޖެހެއެވެ.       މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް، […]

2020 ވަނަ އަހަރު ފެށުނު ފަހުން 150 އަށްވުރެ ގިނަ ނިރުބަވެރި ހަމަލާ ތުރުކީން ހުއްޓުވައިފި.

މިއަހަރުގެ މިހާތަނަށް  ތުރުކީން ވަނީ ޑައެޝް އިން ރޭވި 152ނިރުބަވެރި ހަމަލާ ހުއްޓުވައިފިއެވެ. ތުރުކީގެ ޚަބަރު ފަތުރާ ޗެނަލްއެއް ކަމަށްވާ ޓީ.އާރު.ޓީ އަށް ދެއްވި އިންޓަވިއުއެއްގައި ތުރުކީގެ އިންޓީރިއާ ިމިނިސްޓަރު ސުލައިމާން ސުއިލު ވިދާޅުވި ގޮތުގައި ނިރުބަވެރިންނާއި ދެކޮޅަށް ހިންގާ ހަރަކާތްތަކެއްގައި ނިރުބަވެރިންނަށް ނިސްބަތްވާ 26.8 ޓަނުގެ ގޮވާތަކެތިވަނީ އަތުލައިގަނެފައެވެ. ޑައެޝްއަކީ ނިރުބަވެރި ޖަމާޢަތެއްކަމުގައި 2013ގައި ފުރަތަމަ ކަނޑައެޅި ގައުމަކީ  ތުރުކީއެވެ. ޑައެޝްއަކީ ނިރުބަވެރި ޖަމާޢަތެއްކަމުގައި ކަނޑައެޅިފަހުން، ޑައެޝްއިންވަނީ އެތައް ފަހަރަކު ހަމަލާދީފައެވެ. އޭގެ ތެރޭގައި އަމިއްލައަށް […]

ކޮޗިން އިން ރާއްޖެ އައި ފުރަތަމަ ކާގޯ ފެރީ

އިންޑިއާ އާއި ރާއްޖެ އާ ދެމެދު ފެށި މުދާ އުފުލާ ފެރީގެ ޚިދުމަތުގެ ދަށުން އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ފުރި ފުރަތަމަ ކާގޯ ފެރީ މިއަދު ކުޅުދުއްފުޓަށް ބަނދަރުކޮށްފި އެވެ. ކުޅުދުއްފުށީގައި ބަނދަރުކުރި މި ފެރީ ( އާގު ބޯޓް) ކޮޗިން އިން ފުރާފައި ވަނީ މީގެ ހަރަތު ދުވަސްކުރިން މި ދިޔަ އަނގާރަދުވަހު އެވެ. “ އެމް ސީޕީ ލިންޒް“ ނަމަކަމަކަށް ކިޔާ މި ބޯޓަކީ ސައިޕުރަސް ގައި ރެޖިސްޓްރީ ކޮށްފައިވާ ބޯޓެކެވެ. ގުރޮސް […]

ުރަތަމަ ފަސް ގަޑިއިރުތެރޭ 72 ހާހަށްވުރެ ގިނަ މީހުން އުމްރާއަށް ރަޖިސްޓްރީކޮށްފި

އުމްރާގެ މަތިވެރި އަޅުކަންކުރުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވިތާ ފަސް ގަޑިއިރުތެރޭ 72 ހާހަށްވެރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެޅިރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން އުމްރާގެ އަޅުކަން ކުރުން މަޑުޖެހިފައި އުތުމަށްފަހު އަންނަ މަހުގެ ހަތަރަކުން ފެށިގެން އުމްރާގެ އަޅުކަން ކުރުމުގެ ފުރުސަތު ސައުދީ ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ. އުމްރާއަށް ރަޖިސްޓްރީވެވެނީ  އެކަމަށް ޚާއްސަ ކޮށްފައިވާ މޯބައިލް އެޕެއް މެދުވެރިކޮށެވެ. މި އެޕް މިއަދު އާންމު ކުރުމާއެކު ފުރަތަމަ ފަސް ގަޑިއިރުތެރޭ 72 […]

ފްލެޓްތަކުގެ ކުލިދެއްކުން އިތުރު ތިން މަހަށް ފަސްކޮށްފި

ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން މާލެސިޓީ އާއި އަތޮޅުތެރެއިން ދޫކޮށްފައިވާ ފްލެޓް އަދި ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަންޖެހޭ  ކުލި ދެއްކުން އިތުރު ތިން މަހަށް ފަސްކޮށްފި އެވެ. ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުލި ދެއްކުން އިތުރުކުރީ ވަރަށްގިނަ ފަރާތްތަކުން މިތަންތަނުގެ ކުލި އިތުރުކޮށްދިނުމަށް އެދެމުން ދާތީކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެނ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން ހަދާފައިވާ ފްލެޓްތަކާއި ހައުސިން ޔުނިޓްތަކުގެ ކުލި ދެއްކުން ވަނީ މިދިޔަ މާޗް މަހުން […]

ސަރުކާރު ފްލެޓްތަކުގެ ކުލި އިތުރު ތިންމަހަށް ފަސްކޮށްދެނީ

ސަރުކާރުން ރައްޔިތުން ގެދޮރުވެރިކުރުމަށް މާލެ، ހުޅުމާލެ އަދި ރަށްރަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި އިތުރު ތިންމަހަށް ފަސްކޮށްދީފިއެވެ. މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ، ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ހަ މަސްދުވަހަށް ކޮވިޑް-19އާއި ގުޅިގެން ފަސްކޮށްދިން ކަމަށާއި އެ މުއްދަތު އޮގަސްޓު މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ޢާންމުންގެ މާލީ ޙާލަތަށް އައި ދަތިކަމާއި ގުޅިގެން ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ސެޕްޓެމްބަރުން ފެށިގެން ނޮވެމްބަރު މަހުގެ […]

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މިނިސްޓަރ އަމީނާއި ސުވާލުކޮށްފި

ކޮވިޑް-19އަށް ފަރުވާ ކުރުމަށް ރާއްޖެއަށް ބޭނުންވި 149ވެންޓިލޭޓަރު ހޯދުމުގައި ޢަމަލު ކުރިގޮތާއި މެދު ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ. މިނިސްޓަރ އަމީން އެކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ސުވާލުކުރުމަށް ހާޒިރުކޮށް އެތަނުގައި 3ގަޑި އިރެއްހާއިރު ހޭދަ ކުރެއްވިކަމަށް މީޑިއާތަކުން މަޢުލޫމާތު ދެއެވެ. ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ތުހުމަތުތަކެއް އަމާޒުވުމުން ދިޔުމުން މިދިޔަ މެއި މަހުން ފެށިގެން އޭސީސީން އައީ އެކަން […]

ކޯވިޑް19: އިއްޔެ ފައްސިވީ 53 މީހުން!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 53 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 6 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 47 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 42 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 11 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ […]