ތޫފާން ޑޮލްފިންގެ ސަބަބުން ޖަޕާން އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

Loading

Facebook
Twitter
WhatsApp

ޖަޕާނުގެ އޮކިނާވާ އަށް ހޮނިހިރުދުވަހު ކުރިމަތިވި ތޫފާން ޑޮލްފިންގެ ސަބަބުން 44،000 އިމާރާތުން ކަރަންޓު ކެނޑި އެތައްބަޔަކަށް އަނިޔާތައް ލިބިފައިވާކަމަށް ޚަބަރު ލިބެއެވެ. ތޫފާންގެ ޚަބަރުތައް ލިބުމާއިއެކު ހުކުރު ދުވަހުން ފެށިގެން އޮކިނާވާގެ މައި އެއާޕޯޓް ، ނަހާ އިންޓަރނޭޝަނަލް އެއާޕޯޓް ވަނީ ބަންދުކޮށް ފްލައިތްތައް ކެންސަލް ކޮށްފައެވެ.


ތޫފާނުގެ ވައި ގަޑިއަކު 162ކިލޯމީޓަރުގައި ހުރިއިރު ޖަޕާންގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ވަނީ ތޫފާނަކީ ”ވެރީ ސްޓްރޯންގ“ ތޫފާނެއް ގޮތަށް ކެޓަގަރައިޒް ކޮށްފައެވެ.އަދި އެފަރާތުން ވަނީ ވިދުމާއި ހޮނުއެޅުމުގެ އިތުރުން ބިޔަރާޅުތައްވެސް އަރާނެ ކަމަށް ފޯކާސްޓް ކޮށްފައެވެ.
ތޫފާން ޑޮލްފިން ގެ ސަބަބުން ޖަޕާންގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދު ތަކުގެ ތެރޭގައި އޮކިނާވާ އަދި އަމާމީ ޖަޒީރާ ހިމެނެއެވެ.ތޫފާންގެ ގަދަ ވައިގެ ސަބަބުން އުމުރުން ދުވަސްވީ 5މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.މީގެ އިތުރުން ގަދަވައިގެ ސަބަބުން ނާގޯސިޓީ އިން ގިނަ އަދަދެއްގެ ގަސް ވެއްޓި ބައެއް ވެހިކަލް ތަކަށް ވެސް ވަނީ ގެއްލުން ތައް ލިބިފައެވެ.
ޑޮލްފިން ތޫފާން އާދީއްތަ ދުވަހުގެ ވަގުތެއްގައި ޗައިނާގެ އިރުމަތީ އައްސޭރި ފަށަށް އަރާނެ ކަމަށް ވަނީ ފޯކާސްޓް ކޮށްފައެވެ. އެހެން ކަމުން ހޮނިހިރު ދުވަހުގެ ރޭ 23:30 އިން ފެށިގެން ޒޭޖިއާންގ ގެ ނިންގބޯއިންޓަރނޭޝަނަލް އެއާޕޯޓް ގެ ހުރިހާ އޮޕަރޭޝަންތައް ބަންދު ކުރާނެ ކަން އެފަރާތުން ވަނީ ހާމަ ކޮށްފައެވެ. މިތޫފާނަކީ އެންމެ ހައިލެވެލްގެ ތޫފާނަކަށް ވުމާއި އެކު ޒެޖިއާންގ ޕްރޮވިންސްގައިވެސް ވަނީ ޕޯޓް އަދި ފެރީގެ ޚިދުމަތް ހުއްޓާލާނެކަން އިއުލާން ކޮށްފައެވެ.
މޭމަހާ އޮކްޓޯބަރުމަހާދެމެދު ހުޅަގު ޕެސިފިކް ސަރަހައްދަށް އާންމު ގޮތެއްގައި ތޫފާންތައް ކުރިމަތިވެއެވެ.އަދި މިއަހަރަކީ އެލްނީނޯ ގެ ބަދަލުތައް ކުރިވަމުންދާ އަހަރެއް ކަމުން ތޫފާނުތައް އިތުރަށް ބާރުގަދަ ވާނެ ކަމަށް ވަނީ ބެލިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް