2020 ވަނަ އަހަރު ފެށުނު ފަހުން 150 އަށްވުރެ ގިނަ ނިރުބަވެރި ހަމަލާ ތުރުކީން ހުއްޓުވައިފި.

Loading

Facebook
Twitter
WhatsApp

މިއަހަރުގެ މިހާތަނަށް  ތުރުކީން ވަނީ ޑައެޝް އިން ރޭވި 152ނިރުބަވެރި ހަމަލާ ހުއްޓުވައިފިއެވެ. ތުރުކީގެ ޚަބަރު ފަތުރާ ޗެނަލްއެއް ކަމަށްވާ ޓީ.އާރު.ޓީ އަށް ދެއްވި އިންޓަވިއުއެއްގައި ތުރުކީގެ އިންޓީރިއާ ިމިނިސްޓަރު ސުލައިމާން ސުއިލު ވިދާޅުވި ގޮތުގައި ނިރުބަވެރިންނާއި ދެކޮޅަށް ހިންގާ ހަރަކާތްތަކެއްގައި ނިރުބަވެރިންނަށް ނިސްބަތްވާ 26.8 ޓަނުގެ ގޮވާތަކެތިވަނީ އަތުލައިގަނެފައެވެ.

ޑައެޝްއަކީ ނިރުބަވެރި ޖަމާޢަތެއްކަމުގައި 2013ގައި ފުރަތަމަ ކަނޑައެޅި ގައުމަކީ  ތުރުކީއެވެ. ޑައެޝްއަކީ ނިރުބަވެރި ޖަމާޢަތެއްކަމުގައި ކަނޑައެޅިފަހުން، ޑައެޝްއިންވަނީ އެތައް ފަހަރަކު ހަމަލާދީފައެވެ. އޭގެ ތެރޭގައި އަމިއްލައަށް މަރުވެގެން ދިން 10 ހަމަލާއާއި، ބޮން ގޮއްވައިގެން ދިން 7 ހަމަލާއާއި، ބަޑިން ދިން 4 ހަމަލާ ހިމެނެއެވެ. 

މިހަމަލާތަކުގެ ރައްދުގައި އަދި މިފަދަ އިތުރު ހަމަލާތައް ހުއްޓުވުމަށްޓަކާ، ތުރުކީންވަނީ ނިރުބަވެރިންނާޢި ދެކޮޅަށް އެ ގައުމުގައްޔާއި އެހެންގައުމުތަކުގައިވެސް އޮޕަރޭޝަންތަކެއް ހިންގަންފަށާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް