ދެއެއަރޕޯޓެއްގައި ރެސްޓޯރެންޓް ހިންގާނެ ބަޔަކު ހޯދަނީ!

Loading

Facebook
Twitter
WhatsApp
   ހދ.ކުޅުދުއްފުށީ އެއަރޕޯޓް އަދި ހއ.ހޯރަފުށީގައި ޤާއިމު ކުރަމުން އަންނަ އެއަރޕޯޓުގައި ރެސްޓޯރެންޓް ހިންގާނެ ފަރާތެއް ހޯދަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިޢު ކޮށްފިއެވެ.
     ރެސްޓޯރެންޓް ހިންގަން ހަވާލް ކުރަން ހަމަޖެހިފައިވަނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުންނެވެ. އަދި މި ރެސްޓޯރެންޓްތަކަކީ މަދުވެގެން އެއްފަހަރާ 50 މީހުންނަށް ޚިދުމަތްދެވޭނެ ތަނަކަށް ވާންޖެހެއެވެ.
      މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް، (ޗަނބޭލީވިލާ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އިޢުލާނުގައި ވެއެވެ. އަދި 20 އޮކްޓޫބަރުވާ އަންގާރަ ދުވަހުގެ 11:00 އަށް އެ ބިލްޑިންއަށް ވަޑައިގެން، ޕްރޮޕޯސަލް ހުށެހެޅުމަށްވެސް އެ އިޢުލާނުގަައި ވެއެވެ. މި ކަމާއި ބެހޭ އިތުރު މަޢުލޫމާތު، ރަސްމީ ގަޑީގައި 3037507 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބޭނެއެވެ.
      ހއ. ހޯރަފުށީގައި ޤާއިމުކުރާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. މިހާރު ކުރިޔަށްދަނީ ރަންވޭގައި ތާރު އެޅުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތަކާއި، ޓާމިނަލާއި ފަޔަރ ބިލްޑިން ހެދުމުގެ މަސައްކަތެވެ. އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކާ އެރަށުގެ ޒުވާނުންގެ ގިނަ ބަޔަކަށް ވަނީ އެމްޓީސީސީން ވަޒީފާ ދީފައެވެ. އެއަރޕޯޓްގެ މަސައްކަތުން ޒުވާނުން ހިތުގައި ރަށަށް އޮތް ލޯތްބާއި އެއްބައިވަންތަކަމުގެ ރޫޙް ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް