ފްލެޓްތަކުގެ ކުލިދެއްކުން އިތުރު ތިން މަހަށް ފަސްކޮށްފި

Loading

Facebook
Twitter
WhatsApp

ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން މާލެސިޓީ އާއި އަތޮޅުތެރެއިން ދޫކޮށްފައިވާ ފްލެޓް އަދި ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަންޖެހޭ  ކުލި ދެއްކުން އިތުރު ތިން މަހަށް ފަސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުލި ދެއްކުން އިތުރުކުރީ ވަރަށްގިނަ ފަރާތްތަކުން މިތަންތަނުގެ ކުލި އިތުރުކޮށްދިނުމަށް އެދެމުން ދާތީކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެނ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން ހަދާފައިވާ ފްލެޓްތަކާއި ހައުސިން ޔުނިޓްތަކުގެ ކުލި ދެއްކުން ވަނީ މިދިޔަ މާޗް މަހުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަތަށް  ފަސްކޮށްފައެވެ. މި މުއްދަތު ވަނީ މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

މިހާރު އިތުރުކުރި ތިން މަސް ހަމަވާނީ ނޮވެމްބަރު މަހުއެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުލި ފަސްކުރި މުއްދަތުގެ ތެރޭގައި ވެސް މެއިންޓެނެންްސް ފީ ދައްކަންޖެހޭނެކަމަށާއި ކުލި ފަސްކުރާ މުއްދަތު އެގްރީމަންޓްގައި އިތުރުކުރެވޭނެކަމަށެވެ.

ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ  15ވަނަ ދުވަހުގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި ހައުސިން މިނިސްޓްރީ އާއި އެކު ކޮށްފައިވާ އެގްރީމަންޓް ނަންބަރު އެގޭނެގޮތަށް އެ މިނިސްޓްރީއަށް މެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުންވަނީ ވަރަށްގިނަ ކުލިތަކެއް ދެއްކުން ފަސްކޮށްފައެވެ. އޭގެ ތެރޭގައި ރިސޯޓްތަކުގެ ކުލި އާއި ބިންތަކުގެ ކުލި ވެސް ހަ މަސްދުވަހަށް ލަސްކުރިއެވެ. ގިނަ ސަރުކާރު ޙިއްސާވާ ކުންފުނިތަކުންވެސް ވަނީ ކުލިދެއްކުމަށް ލުއިތަކެއް ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް