ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދުގެ ހާލުދެރަވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭންފަށައިފިއެވެ.
2018ވަނަ އަހަރުން ފެށިގެން ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދަށް އައިސީޔޫގައި ފަރުވާ ދޭންފަށާފައިވަނީ މިއަދު ހެނދުނުއެވެ.
ސާއިދުގެ ހާލު ކުއްލިއަކަށް ދެރަވެފައިވާއިރު، އޭނާ ދިޔައީ ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދާން ތައްޔާރުވަމުންނެވެ.
2018 ވަނަ އަހަރުގެ ޖޫންމަހު، އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓްގައެވެ.
އޭގެ ފަހުން އޭނާ ދިޔައީ ގާތްއެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ޑޯނަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ބަލި ހާލަތާއެކުވެސް ސާއިދު ފާހަގަކުރެވިފައިވަނީ ވަޒީފާއަށް ކަމޭހިތާ، ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ކަމަށް ޕީއެސްއެމުން ބުނެއެވެ.
މިގޮތުން، އޭނާގެ ހިތްވަރާއި ޚިދުމަތް ފާހަގަކޮށް ޕީއެސްއެމުން މި އަހަރުގެ ތެރޭގައި ވަނީ އޭނާއަށް ސްޕެޝަލް ރިކޮގްނިޝަން އެވޯޑުވެސް ދީފައެވެ.
![]()
