ތޫފާން ޑޮލްފިން ޗައިނާއަށް އެރުމުގެ ސަބަބުން މިލިއަނަކަށްވުރެގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި

Loading

Facebook
Twitter
WhatsApp

ޝަންގހާއީ ހިމެނޭ ގޮތުން ޗައިނާގެ އިރުމަތީ ފަޅިއަށް ބާރުގަދަ ތޫފާން ޑޮލްފިން އެރުމާއި ގުޅިގެން އެއްމިލިއަން އަށް ވުރެގިނަމީހުން އިދާރާ ތަކުން ރައްކާތެރި ސަރަހައްދު ތަކަށް ބަދަލު ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.


ގަޑިއަކު 150ކިލޯމީޓަރުގެ ބާރުވަޔާއެކު ތޫފާން ފުރަތަމަ އަރާފައިވަނީ އާދީއްތަދުވަހު އެތާގަޑިން 17:30 ހާއިރު ޒެޖިއާންގ ޕްރޮވިންސް ގެ ޔޫހުއާން އަށެވެ. އޭގެ ގަޑިއެއްހާއިރު ފަހުން ވެންޒޫ ސިޓީ އަށްވެސް ޒޫފާންގެ އަސަރު ވަރަށް ބޮޑަށްކޮށްފައި ވެއެވެ.
މިސަރަހައްދަށް ބާއްވަން އޮތް ފްލައިޓްތައް ތޫފާންގެ ސަބަބުން ކެންސަލް ކޮށްފައިވާއިރު ޝަންގހާއީ އިން އެކަނިވެސް 1،400 ފްލައިޓް ކެންސަލް ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ޗައިނާގެ މޫސުމާއި ބެހޭ އިދާރާ ތަކުން ޑޮލްފިން ތޫފާނަކީ އެންމެ ބާރުގަދަ ތޫފާނެއްގެ ގޮތުގައި ސިފަކޮށް ރެޑް އެލަރޓް ނެރެފައިވީނަމަވެސް ހޯމަ ދުވަހު ހެނދުނު އެލަރޓް ލެވެލް ދައްކޮށް ވަނީ ޑޮލްފިން އަކީ ޓްރޮޕިކަލް ސްޓޯމް އެއް ކަމަށް ބުނެފައެވެ.
ތޫފާން އަދިވެސް ހުރީ ޗައިނާގެ އެތެރެޔަށް މިސްރާބް ޖަހާފައި ކަމަށްވާއިރު ބުދަދުވަހާއި ހަމަޔަށްވެސް ބޯކޮށްވާރޭވެހުމާއި ފެން ބޮޑުވުން އަދި ބިންގަނޑު ކަނޑައިގެން ދިއުންފަދަ ހާދިސާތައް ކުރިމަތިވާނެ ކަމަށް ބުނެ އާންމުން ސަމާލުވުމަށް އިދާރާތަކުން ދަނީ އަންގަމުންނެވެ.ހޯމަ ދުވަހު ބޯކޮށް ވާރޭވެހޭނެ ކަމަށް ފޯކާސްޓް ކޮށްފައިވާ ޕްރޮވިންސް ތަކުގެ ތެރޭގައި ޝަންޑޮންގ،ހީނާން،ހޫބޭ،އަންބުއީ،ޖިއޭންގސޫ،ޒޭޖިއާންގ އަދި ޗަންގހާއީ ސިޓީ ހިމެނެއެވެ. މިތަންތަނުގެ ޓުއަރިސްޓް މަންޒިލްތައްވެސް ބަންދުކޮށްފައިވާއިރު،އެއްވެސް އައުޓްޑޯ ހަރަކާތެއް ނުބޭއްވުމަށް ލޯކަލް ސަރުކާރު ތަކުން ދަނީ އަންގަމުންނެވެ.
ސްޓޭޓް މީޑިޔާއިން ފެންނަ މަންޒަރު ތަކުން ފެންނަ ގޮތުގައި ގްރައުންޑް ފްލޯގައި ހުރި ފިހާރަތަކާއި އެހެންނިހެން ތަންތަނަށް މިހާރުވެސް ވަނީ ފެން ވަދެ ގެއްލުންތައް ލިބިފައެވެ.
ޒޭޖިއާންގ ޕްރޮވިންސަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި 250މިލިމީޓަރާ 500މިލިމީޓަރާ ދެމެދުގެ ވާރޭ ވެހޭނެ ކަމަށް ވަނީ ފޯކާސްޓް ކޮށްފައެވެ. މޫސުން ގޯސް ވަމުން ދިއުމުގެ ސަބަބުން މީހެއްގެ ފުރާނަޔަށް ގެއްލުން ވީހަބަރު އަދި ނުލިބުނު ނަމަވެސް ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ވަނީ ރިޕޯޓް ކޮށްފައެވެ.
ވެންޒޫ ޕްރޮވިނސްސުން އެކަނިވެސް ނުވަލައްކައެއްހާ މީހުންރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާއިރު މިމީހުން ތިބުމަށް ސަރުކާރުން ވަނީ އެއްހާހަށް ވުރެގިނަ އިމަޖެންސީ ޝެލްޓަރުތައް ގާއިމް ކޮށްފައެވެ.ދެވަނައަށް އެންމެ ގިނަ މީހުން ބަދަލުކޮށްފައިވަނީ ޓައިޒޫ ސިޓީން އިންނެވެ.އެތަނުން 390،000މީހުން ބަދަލު ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް