އީއެފްއެލްކަޕް: ޕެނަލްޓީ ޖަހައިން ޓޮޓެންހަމްސިން ޗެލްސީ ބަލިކޮށްފި!

Loading

Facebook
Twitter
WhatsApp
   އީއެފްއެލް ކަޕްގެ ”ރައުންޑް އޮފް 16“ ގައި ރޭ ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗް، ޓޮޓެންހަމް އިން ކާމިޔާބު ކޮށްފިއެވެ. މިމެޗް ޓޮޓެންހަމްއިން ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
    މެޗްގެ ވަރަށް ކުރީކޮޅުގައި ފުރަތަމަ ލީޑް ނެގީ ޗެލްސީއިންނެވެ. މި ގޯލް ޗެލްސީއަށް މެޗްގެ 19 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޗެލްސީގެ 11 ނަންބަރު މިޑްފީލަޑަރ ވަރނާ އެވެ. ގޯލަށް ފަހު ފުރަތަމަ ހާފްގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ދެޓީމުން ކުރެ ޓީމަކުން ގޯލެއް ކާމިޔާބު ކޮށްފައެއް ނުވެއެވެ.
    ދެވަނަ ހާފް ފެށިގެން ދިޔައިރު މެޗްގެ ފޯރި ދިޔައީ އިތުރަށް ގަދަވަމުންނެވެ. ޓޮޓެންހަމުންވެސް ކުޅުން ކުރިޔަށް ވުރެން ރަނގަޅުކޮށް ގޯލަށް ނުރައްކާކުރަމުން ގެންދިޔައެވެ. ޓޮޓެންހަމުން ކުރި މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ މެޗް ނިމެން އަށެއްކަ މިނެޓަށްވެފައި ވަނިކޮށް 83 ވަނަ މިނިޓުގައެވެ. މިގޯލް ރެގުއިލޮންގެ އެސިސްޓަކުން ކާމިޔާބު ކޮށްދިނީ ޓޮޓެންހަމްގެ ފޯވަރޑް ލަމެލާއެވެ.
    މިއީ ނޮކްއައުޓް ސްޓޭޖްގެ މެޗެއްކަމުން ނަތީޖާ ނެރެން ދެން ދިޔައީ ޕެނަލްޓީ ޖެހުމަށެވެ. ޓޮޓެންހަމުން ޕެނަލްޓީ ޖެހި ހުރިހާ ކުޅުންތެރިންވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް ރޭ ކުޅެވުނު މެޗްގައި ނަސީބު ނުހިފީ ޗެލްސީގެ މ.މައުންޓްގެ އަތުގައެވެ. އޭނާއަށް ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތް ނުވެ، ޗެލްސީ މެޗުން ބަލިވިއެވެ.
     ޗެލްސީ މިމެޗުގައި ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް މެޗުން ބަލިވުމުން އެޓީމު ވަނީ މުބާރާތާ އަލްވަދާޢު ކިޔައިފައެވެ. މިމެޗަކީ ދެޓީމުގެ ކުޅުންތެރިންނަށްވެސް ގިނަ އަދަދެއްގެ ރީނދޫ ކާޑް ދެއްކި މެޗެއްކަން ފާހަގަ ކޮށްލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް