އިމްޕޯޓް ޑިއުޓީތަކަށް ގެނެވުނު ބަދަލާއި އެކީ އެމްޓީސީސީން ކެމްޕޭނެއް ފަށައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުން އިމްޕޯޓް ޑިއުޓީތަކަށް ގެނެވުނު ބަދަލާއި އެކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ”މާބޮޑަށްވެސް އަގުހެޔޮވެއްޖެ“ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، މި ކެމްޕޭން ހިންގަނީ، ސަރުކާރުން އިމްޕޯޓް ޑިއުޓީތަކަށް ގެނެވުނު ބަދަލާ ގުޅިގެން އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑް އިންޖީނުތަކުގެ އަގުތަކަށް ހެޔޮބަދަލު ތަކެއް ގެނެވުމާ ގުޅިގެން ކަމަށެވެ.

އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކޮންމެ އަހަރަކު ވެސް އެކި އެކި ތަކެތިން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުވުމުގެ ހަރަކާތްތައް އެ ކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދާ ކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

ދިވެހިރާއްޖޭގައި ގާއިމް ކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުނި ކަމަށް އެމްޓީސީސީން ދެކެއެވެ.

އެމްޓީސީސީ އަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓި ފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް