ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ވެއްޓިއްޖެ

Loading

Facebook
Twitter
WhatsApp

ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ބޮޑުވެފައި ވަނިކޮށް ކުއްލިއަކަށް ވެއްޓިއްޖެ އެވެ.

ޑޮލައިގެ އަގު 20ރ. އިން މައްޗަށް އަރާފައި ވަނިކޮށް ކުއްލިއަކަށް މިވަނީ ވެއްޓިފައެވެ. މާލޭގައި ޑޮލަރު ގަނެ ވިއްކާ ތަންތަނުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑޮލަރު ގަންނަމުން ދިޔައީ އެންމެ ކުޑަކޮށް 19.80ރ. އަށެވެ. އެކަމަކު މިހާރު ޑޮލަރެއްގެ އަގު ވަނީ 18:80ރ. އަށް ވެއްޓިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ، އޭގެ އަގު ބްލެކް މާކެޓުގައި ދިޔައީ މަތިވަމުންނެވެ. ނަމަވެސް ޑޮލަރު ގަނެ ވިއްކާ ބައެއް މީހުން ބުނާ ގޮތުގައި، މިބަދަލު އައީ ޑޮލަރަށް މި ވަގުތު އޮތް ޑިމާންޑް ދަށްވުމުންނެވެ.

ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ހަތަރު މަހެއްހާ ދުވަހު ރާއްޖެއަށް އެއްވެސް ޓޫރިސްޓަކު ނާދެ އެވެ. ނަމަވެސް ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމާ އެކު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. ބައެއް ރިސޯޓްތަކުން ބުނާ ގޮތުގައި އަންނަ މަހާއި ނޮވެމްބަރު މަހުގެ ރިޒަވޭޝަން ދައްކަނީ ވަރަށް އުއްމީދީ ގޮތަކަށެވެ.

އެކަމަކު ކޮވިޑް-19ގެ ހާލަތު ބައެއް ގައުމުތަކާއި ރާއްޖޭގައި ބަދަލުވާ ގޮތަކުން، ބުކިންސްއަށް ނުބައި އަސަރުކުރުމުގެ ފުރުސަތު އޮވެ އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. އެވެ. ނަމަވެސް ޑޮލަރު ލިބުން ތާށިވުމުން މިދިއަ ދުވަސްތަކުގައި، ބައެއް ހަފްތާތަކުގައި، އެވްރެޖްކޮށް 30-50 ލާރިއަށް ޑޮލަރުގެ އަގު އުފުލެމުން ދިޔަ އެވެ.

Loading

2 Responses

  1. މާދަމާ ޑޮލަރުގެ އަގު ބޮޑުވާނެތާއެވެ. ހަބޭހަށް ޑޮލަރުގެ ކަޅުބާޒާއް އުފެދުމަށް މަގު މިއަދި މަޖުބޫރުކުރުވާނެއެވެ. ބީއެމްއެލް އިން ކޮންމަ ކޭޝްކާޑަކަށް މަހަކު 750 ޑޮލަރު ނެގޭގޮތަށް ލިމިޓް ކުރުމުން ގައުމުން ބޭރުގައި އުޅޭ ދިވެހިން އެމީހުންގެ ޒަރޫރީ ބޭނުންތަކަށް ކުރާ ޚަރަދަށް ކޮންމެހެންވެސް ފައިސާބޭނުންވާނެއެވެ. އެހެންވީއިރު މަހަކު 750 ޑޮލަރުގެ ލިމިޓެއްދިނުމުން ދެން އަފިހުން ވިޔާފާރިހެން ވަގުވަގަށް އެމީހާގެ ޢަމަލު ފުއްދަން އުޅުމުން ދެން ޑޮލަރުގެ އަގަށްވާނެގޮތް ޚިޔާލަށް ގެންނަވާށެވެ. ސަހަރޯ ނުވެދާނެތޯއެވެ؟ ޓުއަރިޒަމް ފެށި ގައުމަށް އިތުރު ޑޮލަރު ވަންނާނެކަމުގެ އުންމީދުގައި ތިބީމެވެ.

  2. އަގުވެއްޓުނީ ތަ… ނޫނީ ޑޮލަރ ނެތީތަ ؟ ހުރެއްޖިއްޔާ އަގުބޮޑުކޮށް ވަގަށް ވިއްކާނެ ފުރުސަތު ނުދެއްވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް