ބޭރު ގައުމު ތަކުން ސްރީލަންކާއަށް އެތެރެވާ ދަތުރުވެރިން އަމަލު ކުރަން ޖެހޭ ގޮތުގެ އުސޫލުތަކަށް ބޮޑު ބަދަލެއް.

ސްރީލަންކާގެ ޑައިރެކްޓާ އޮފް ޖެނެރަލް ހެލްތް ސާވިސަސްއިން ޑރ. އަސޭލާ ގުނަވަރުދަނާ ޖެނުއަރީ 27ވަނަ ދުވަހު ވަނީ ކޮވިޑްގެ ހާލަތުގައި އެގައުމަށް ޒިޔާރަތް ކުރާ ދަތުރުވެރިން އަމަލުކުރަންޖެހޭ ގޮތުގެ އައު ގަވާއިދުތަކެއް ނެރުއްވައި ކުރިން ޢަމަލުކުރަމުން ގެންދިޔަ ގަވާޢިދުތަކަށް ވަރަށް ބޮޑެތި ހަރުކަށި ބަދަލުތަކެއް ގެނެސްފައެވެ. މި ގަވާއިދު ތަކުގައިވާ ގޮތުން ވޯކްވިސާ ނުވަތަ ދާއިމީވިސާއެއް އޮންނަމީހުންފިޔަވައި އެހެން ފަރާތްތަކުން އެގައުމަށް ދަތުރުކުރުމުގެ ކުރިން ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ޤަބޫލުކުރާ ވިސާއެއް ހޯދަން ޖެހޭނެއެވެ. […]

ނެޓްފްލިކްސްއަށް އިންޑިޔާގައި ކާމިޔާބު ނުހޯދެނީ ކީއްވެގެން؟

ވީޑިއޯ އަދި ފިލްމް ސްޓްރީމް ކުރުމުގެ މަސައްކަތުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ”ނެޓް ފްލިކްސް“ އިން މީގެ ތިން އަހަރު ކުރިން އުންމީދު ކުރި ގޮތުގައި ތިން އަހަރުތެރޭ އިންޑިޔާ އިން އެމީހުންނަށް 100 މިލިއަން ސަބްސްކްރައިބާސް ލިބޭނެއެވެ. ނަމަވެސް މިއަދު ސީއީއޯ ރީޑް ހޭސްޓިންގްސް އަދިވެސް ހުރީ އޭރު އުންމީދުކުރި ލަނޑުދަނޑި ހާސިލު ނުވާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުމުގައެވެ. ދެން ސުވާލަކީ ނެޓްފްލިކްސްގެ ލަނޑުދަޑި އިންޑިޔާގައި ހާސިލު ނުވަނީ ކީއްވެ ހެއްޔެވެ؟ […]

ތުރުކީގެ ސްޓެޓިސްޓިކްސް ޑައިރެކްޓަރު މަގާމުން ދުރުކޮށްފި

ތުރުކީގެ ސްޓޭޓް ސްޓެޓިސްޓިކްސް ޗީފްގެ މަގާމުން ސައިތު އާރޑެލް ޑިންސާ ދުރުކޮށްފިއެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ ތުރުކީގެ އިންފްލޭޝަންގެ ނިސްބަތް 19 އަހަރު ތެރޭގައި އަރާފައިވާ އެންމެ މައްޗަށް އެރުމާ ގުޅިގެންނެވެ. 2019ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ތުރުކީގެ ރައީސް އުރްދުޣާން އަންނަނީ ގިނަ އަދަދެއްގެ މީހުން މަގާމުން ވަކިކުރަމުންނެވެ. މި ގޮތުން ސެންޓްރަލް ބޭންކުގެ ތިން ގަވަނަރުން ވެސް ވަނީ މީގެކުރިން މަގާމުން ވަކިކޮށްފައެވެ. އާރޑެލްއަކީ މިގޮތުން ވަކި ކުރެވުނު އެންމެ ފަހު […]

ބަންގްލާދޭޝްގެ ހޮސްޕިޓަލަކަށް އެންމެ ފުރިހަމަ އައު އިމާރާތުގެ އިނާމު ލިބިއްޖެ

    ބަންގްލާދޭޝްގެ ރަށްފުށުގެ ހިސާބެއްގައި އަލަށް އިމާރާތް ކުރި ހޮސްޕިޓަލަކަށް އެންމެ ފުރިހަމަ އައު އިމާރާތުގެ އިނާމު ލިބިއްޖެ އެވެ. ކަނޑުގެ ލޮނުގަޑު އުފުލުމުން ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އަދި ތޫފާންތައް ވެސް ގިނައިން އަރާ ސަރަހައްދެއްކަމަށްވާ ސަކައިރާ ޑިސްޓްރިކްޓްގައި ބިނާކޮށްފައިވާ ފްރެންޑްޝިޕް ހޮސްޕިޓަލަށް ޝަރަފްވެރި ”ރީބާ އިންޓަރނޭޝަނަލް ޕްރައިސް“ ލިބުނުކަން އިއުލާން ކޮށްފައި ވަނީ ނިމުނު ހަފުތާގައެވެ. އިނާމު އިންތިޒާމުކުރާ ފަރާތް، ރޯޔަލް އިންސްޓިޓިއުޓް އޮފް ބްރިޓިޝް އާކިޓެކްޓްސް އިން […]

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

    އަންނަ ހޮނިހިރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފިއެވެ. އިލެކްޝަން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު ކޮމަންޑޫގައި ބަހައްޓާ ދެ ފޮށްޓަށް 712  މީހުން ނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާއިރު  ފޯކައިދޫ ދެ ފޮށްޓަށް 930 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި މަރޮށީގެ ފޮށްޓަށް 367 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. […]

ޖަލަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި

  ޖަލަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހުޅުމާލެ ފޭސް ދެއަކުން އިއްޔެ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިހުން ހުޅުމާލެ ފޭސް ދޭއް ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށްވެއެވެ. ފުލުހުން ބުނީ  ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް […]

އިންޑިއާ އައުޓް ކެމްޕޭންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުމުން ގިނަ ފާޑުކިއުންތަކެއް

    އިނދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެންޕޭންގެ ޕޯސްޓަރުތަކެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅުން ކުރިއަށްގެންދާ އެ ކެމްޕެއިންގެ ޕޯސްޓަރުތަކެއް ޏ. ފުވައްމުލަކުގެ ބައެއް ގޭގޭގެ ފާރުގައި ހަރުކޮށްފައިވާއިރު އެ ޕޯސްޓަރު ތަކުގައި 3 ނޮވެމްބަރު 1988ގައި ގައުމުގެ ދިފާއުގައި ހަގުރާމަކުރަނިކޮށް ޝަހީދުވި ހުސައިން އާދަމްގެ ފޮޓޯ ޖަހާފައި ވެއެވެ. އެކަމާ ގުޅިގެން އާންމުންނާއި އަދި […]

އައިޖީއެމްއެޗްގެ ލެބޯޓްރީ ހިދުމަތް 4 ގަޑއިރަށް ކުރުކޮށްފި

  އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ހިދުމަތް ދޭ ވަގުތު މަދުކޮށް ދުވަހަކަށް 4 ގަޑިއިރަށް ހިދުމަތް ކުރުކޮށްފިއެވެ. އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުންދޭ ލެބޯޓްރީ ހިދުމަތް މާދަމައިން ފެށިގެން އަންނަ ހޮނިހިރު ދުވަހު ނިޔަލަށް ދޭނީ ދުވަހަކަށް ހަތަރު ގަޑިއިރަށް ކަމަށެވެ. އެގޮތުން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެނދުރު 12:00 އާހަމައަށްކަމަށެވެ. އަދި ދުވާލަކަށް ދޫކުރުމަށް ނިންމާފައިވަނީ 100 ނަންބަރުކަމަށާ އެ […]

އިންޑިއާ ސިފައިންގެ މަތިންދާ ބޯޓެއް ވެއްޓި ފުނޑުފުނޑު ވެއްޖެ

ބިހާރު ސްޓޭޓުގައި ތަމްރީނު ދަތުރެއްގައި ނައްޓާލި ވައިގެ ސިފައިންގެ އުދުހޭ ބޯޓެއް ވެއްޓެން ދިޔަ އިރު އޭގައި ދުއްވަން ތިބި ދެ ޕައިލެޓުން ވައިކުޑައިގައި ފުންމާލުމުގެ ސަބަބުން އެ ދެމީހުން މަރުނުވެ ސަލާމަތްވިއެވެ. އަދި އެ ދެމީހުންނަށް މާބޮޑު ހާނީއްކައެއްނުވެ ސަލާމަތްވިއެވެ. މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އިންޑިއާގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި ބޯޓު ވެއްޓުނީ ތަމްރީނު ދަތުރެއްގައި ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މަންޒަރުދުށް މީހުން ބުނި ގޮތުގައި އެމީހުންނަށް ފެނުނީ […]

އަދިވެސް އެންމެ މަގުބޫލު ތަރިއަކީ އަމީތާބު: އެހެން ތަރިން އަމީތާބުގެ ފަހަތުގައި

ހިންދީ ފިލްމީ ދުނިޔޭގެ ”ޝަހެންޝާހް“ އަމީތާބް ބައްޗަން މަޝްހޫރުކަމާއި މަގުބޫލުކަމުގެ ރޮނގުން އެހެން ހުރިހާ ތަރިން ފަހަތަށް ޖައްސައިފިއެވެ. މިއީ އަމީތާބަށް އައު ކަމެއް ނޫނެވެ. އޭނާ ވަނީ މިކަން އެތައް ފަހަރަކު ތަކުރާރުކޮށްފައެވެ. އިންޑިއާގެ ”އިންޑިއާ ޓްޑޭ“ މަޖައްލާއިން މަގުބޫލު ތަރިން ހޮވުމަށް ކުރި ދިރާސާއަކުން އަމީތާބަށް 30.6 ޕަސެންޓު ލިބުނު އިރު ދެވަނައަށް ދިޔަ އަކްޝޭއަށް ލިބުނީ އެންމެ 12 ޕަސެންޓު ވޯޓެވެ. ސާވޭއިން ދެއްކި ގޮތުގައި ތިންވަނަ އާއި ހަތަރު ވަނަ ލިބުނީ […]