ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އަންނަ ހޮނިހިރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު ކޮމަންޑޫގައި ބަހައްޓާ ދެ ފޮށްޓަށް 712  މީހުން ނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާއިރު  ފޯކައިދޫ ދެ ފޮށްޓަށް 930 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި މަރޮށީގެ ފޮށްޓަށް 367 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ އިތުރުން ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ވެސް އާންމުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް