ކުރިއަށް އޮތް ތިން ދުވަހުވެސް ވައި ނުސާފުވާނެތީ ސަމާލުވުމަށް އެދިއްޖެ

ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާނެ ކަމަށާއި، އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ނުސާފު ވައި ނުވަތަ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށާއި، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް، ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ދަށްވެފައި ވާކަމަށެވެ.
އެހެންކަމާއެކު، ބޭރުގައި ގިނަ ވަގުތު އުޅޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރަކުވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ވައި ތަޣައްޔަރުވުމުގެ މައްސަލަ ދިމާވެއެވެ. މިކަން ދިމާވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.